ޔާމީނު ވިދާޅުވަނީ ސަރުކާރުން ކަނޑު ވިއްކާލާފައިވާ ކަމަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީނު ނ. ކެނދިކުޅުދޫގައި މިއަދު ވާހަކަދައްކަވަނީ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ރާއްޖޭގެ ކަނޑު ވިއްކާލާފައިވާ ކަމަށް.

ކުރީގެ ރައީސް އަބްދުﷲ ޔާމީނު ނ. ކެނދިކުޅުދޫގައި މިއަދު ވާހަކަދައްކަވަނީ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ރާއްޖޭގެ ކަނޑު ވިއްކާލާފައިވާ ކަމަށް.

ރާއްޖޭގެ ދެކުނުގައި އޮތް ފޯޅަވަހި ހިމެނޭ ގޮތުން، ޗާގޯސް ޖަޒީރާތަކަކީ މޮރިޝަސްގެ ސިޔާދަތީ ބާރު އޮންނަ ތަނަކަށް ހަދަން އެ ގައުމުން ކުރާ މަސައްކަތަށް ސަރުކާރުން ތާއީދުކުރި ކުރުމަކީ ރާއްޖޭގެ "ކަނޑުން ބައެއް ވިއްްކައިލުން" ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު އަބްދުލް ގައްޔޫމު މިއަދު ސިފަކުރައްވައިފި އެވެ.

ނ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެއަތޮޅު ކެނދިކުޅުދޫގައި ސަޕޯޓަރުންނާ ބައްދަލުކުރައްވައި ޔާމީނު ވިދާޅުވީ ފޯޅަވަހި މައްސަލައިގައި ސިޔާސަތު ބަދަލުުކުރުން އެއީ ބަޔަކު ހިލޭ ކުރާ ވަރުގެ ކަމެއް ނޫން ކަމަށެވެ. އެކަމުގައި "ލާރި ނެގި ބަޔަކު ވާނީ ލާރި ނަގާފައި" ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް އަޅުގަނޑު ދަންނަވާނީ ވިއްކާލާފައޭ އެ އޮތީ. އެ ލާރި ނެގި ބަޔަކު ލާރި ނަގާފައި ހުންނާނީ. އެ ގޮތަށް ގިނަ ބަޔަކު ގަބޫލުކުރަނީ. އެއީ ހިލޭ ކުރާ ވަރުކަންތައްކެއް ނޫން," ޔާމީނު ވިދާޅުވި އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ވިއްކައިލީ 96،000 އަކަކިލޯމީޓަރު ކަމަށް ތުހުމަތުކުރައްވައި، އެ އީ ކިހާ ބޮޑު ޖާގައެއްކަން ވެސް ސަޕޯޓަރުންނަށް އެމަނިކުފާނު ސިފަކޮށްދެއްވި އެވެ. އެއީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ކެނދިކުޅުދޫގެ އެންމެ ދިގުމަގުގެ 33 ގުނަ ދިގުމިނާއި ހަމަ އެވަރުގެ ފުޅާމިން ހުންނާނެ ސަރަހައްދެކެވެ.

އެ މައްސަލައިގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު "ރިއެކްޓް ނުކުރައްވާ" ކަމަށާއި އެހެން ނަމަވެސް މިއީ ރައްޔިތުންނަށް އޮޅުންފިލުވައިދޭން ޖެހޭ ކަމެއް ކަމަށް ވެސް ޔާމީނު ވިދާޅުވި އެވެ.

"ކީއްވެގެންތޯ އެސިޓީ [ޗާގޯސް މައްސަލައިގައި މޮރިޝަސްއަށް ތާއީދުކުރާނެ ކަމަށް ވިދާޅުވި ސިޓީ] ފޮނުވަން ޖެހުނީ އޮޅުން ފިލުވައިދޭން ޖެހޭ،" ޔާމީނު ވިދާޅުވި އެވެ.

ފޯޅަވަހި ހިމެނޭ ގޮތުން ޗާގޯސް ޖަޒީރާތަކަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދަކަށް ހަދަން ބައިނަލްއަގުވާމީ ކަނޑުތަކާ ބެހޭ ކޯޓުގައި އެގައުމުން ކުރާ ދައުވާގައި މޮރިޝަސްއާ އެއްކޮޅަށް ރާއްޖޭގެ ސިޔާސަތު ދީލައިނުލަން ގޮވާލައި އިދިކޮޅުން އިއްޔެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހެޅި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ ތެރެއިން 54 މެމްބަރުން ވޯޓުދެއްވައިގެންނެވެ.

އާދަމް ޝަރީފު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ ޗާގޯސްގެ ސިޔާދަތީ ބާރު ހޯދަން މޮރިޝަސް އިން ކުރާ ދައުވާ އެގައުމާ އެއްކޮޅަށް ނިމިއްޖެ ނަމަ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭނެ ކަމަށެވެ. އެ މައްސަލައިގައި މޮރިޝަސްއާ ދެކޮޅު ސިޔާސަތެއް ރާއްޖޭން މީގެ ކުރިން ދެމެހެއްޓީ އެ ސަބަބާ ހެދި ކަމަށް ވެސް ކުއްލި މައްސަލައިގައި އާދަމް ޝަރީފު ވިދާޅުވި އެވެ.

"...ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއް ކަމަށް އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ނިންމި މައްސަލައިގެ ގެއްލުން ލިބޭ އެއް ހަސްމަކީ ދިވެހިރާއްޖެކަމަށްވާއިރު، އެ ނިންމުމަކީ ރާއްޖެއަށް އިޔާދަ ނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ލިބޭގޮތަށް ނިންމާފައިވާ ނިންމުމަކަށް ވާތީވެ، ދިވެހިރައްޔިތުންގެ އެންމެ މަތީ މަސްލަހަތާ ގުޅުންހުރި އެފަދަ މައްސަލައެއްގައި ސަރުކާ ރުން ގޮތެއް ނިންމަންވާނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ ގެ (93) ވަނަ މާއްދާގެ (ހ) ގައިވާގޮތުގެމަތިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެމަޖިލީހުން ފާސްކުރުމަށްފަހު މަޖިލީހުން ނިންމާގޮތެއްގެމަތިން (ނެވެ)،" ކުއްލި މައްްސަލައިގައި އާދަމް ޝަރީފު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox