ފޯޅަވަހީގެ މައްސަލައިގައި ނިންމުން ބަދަލުކުރީ އިންޑިއާގެ ނުފޫޒުން ކަމަށް ތުހުމަތުކޮށްފި

ކުރީގެ ބަންޑާރަ ނައިބު ޑރ. މުނައްވަރު--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކުރީގެ ބަންޑާރަ ނައިބު ޑރ. މުނައްވަރު--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ފޯޅަވަހި ހިމެނޭ ގޮތުން ޗާގޯސް ޖަޒީރާތަކަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދަކަށް ހަދަން އެ ގައުމުން ކުރާ މަސައްކަތަށް ތާއީދުކުރާ ގޮތަށް ރާއްޖޭގެ ސިޔާސަތު ބަދަލުކުރުމުގައި އިންޑިއާގެ ނުފޫޒު ހިމެނޭ ކަމަށް ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރު މިއަދު ތުހުމަތު ކުރައްވައިފި އެވެ.

ފޯޅަވަހި މައްސަލައިގައި ރާއްޖެއިން ޒަމާނުއްސުރެ ގެންގުޅެމުން އައި ސްޓޭންޑު ބަދަލުކުރުމާ ގުޅިގެން އުފެދިފައިވާ ހިޔާލުތަފާތުންތަކާ ގުޅިގެން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުނައްވަރު ވަނީ ސަރުކާރުން ގެންގުޅުނު ނިންމުން ބަދަލުކުރި ސަބަބާމެދު ގިނަ ސުވާލުތަކެއް އުފައްދަވާފަ އެވެ.

"އެއް ދުވަހު ފެނުނީ މި މީހުންނަށް [ރާއްޖެއިން] މީގެ ކުރިން މައްސަލަ ނުބެލޭނެ ކަމަށް ވާހަކަ ދެއްކި ތަން، އެއީ ސިޔާދަތުގެ މައްސަލައެއް ކަމަށް ބުނެ، އެކަމަކު އަނެއް ދުވަހު ގޮސް މި ބުނަނީ ނޫނޭ [މޮރިޝަސްގެ] ސިޔާދަތު މިހާރު ގަބޫލުކޮށްފީމޭ، އެހެންވީމާ ހަމަނުޖެހޭ ވާހަކަ،" މުނައްވަރު ވިދާޅުވި އެވެ.

ރާއްޖެ އާއި ޗާގޯސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެރެއިން ފުށުއަރާ ސަރަހައްދާ ގުޅޭ މައްސަލަ މޮރިޝަސްއިން، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (ޓްރައިބިއުނަލް) އަށް ހުށަހެޅީ އޮގަސްޓު 23، 2019 ގަ އެވެ. މޮރިޝަސް އިން ހުށަހެޅި އެ މައްސަލަ ބަލައި ކަނޑުގެ ސަރަހައްދުގެ އިން ކަނޑައެޅުމުގެ އިހުތިސޯސް ޓްރައިބިއުނަލަށް ލިބިގެންނުވާ ކަމަށް ރާއްޖޭން ފާހަގަކުރި އެވެ. އެހެން ނަމަވެސް ޖަނަވަރީ 28، 2021 ގައި ނިންމާފައިވަނީ މައްސަލަ ބެލުމަށެވެ.

ޓްރައިބިއުނަލުން އެގޮތަށް ނިންމުމާ ގުޅިގެން ރާއްޖޭން ލިޔުމުން ޖަވާބު ހުށަހަޅާފައިވަނީ ކަމާގުޅޭ ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ހޯދައި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށް، ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމަށް އިސްކަންދީގެން ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ބުނެފަ އެވެ.

އެހެންނަމަވެސް ޑރ. މުނައްވަރު މިއަދު ވަނީ އެކަމާމެދު ވެސް ސުވާލު އުފައްދަވާފަ އެވެ. އެގޮތުން ކެބިނެޓުގައި ވެސް އެފަދަ އެއްވެސް މަޝްވަރާއެއް ހިނގިކަން، މިހާތަނަށް ނޫސްތަކަށް ވެސް ތިލަވެފައިނުވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެފަދަ މަޝްވަރާއެއް ކެބިނެޓުގައި ހިނގިކަމުގެ މައުލޫމާތެއް ނުލިބޭ، މިފަދަ ރައްޔިތުންނާ ސީދާ ގުޅުންހުރި މައްސަލައެއްގައި އެ ވާހަކަ އަޅުގަނޑުމެންނަށް ހަބަރުން ވެސް އެނގިފައި އޮންނަންވާނީ، އެކަން ހިނގަމުންދާ ކަން ވެސް އެނގިފައި އޮންނަން ވާނީ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ކުރީގެ ނިންމުން ބަދަލުކޮށް، މޮރިޝަސްއާ އެއްކޮށް ވޯޓުލާން ނިންމައި އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިޓީފުޅަކުން މޮރިޝަސްގެ ބޮޑުވަޒީރަށް އަންގަވާފައިވާކަން، ޓްރައިބިއުނަލްގައި ހިނގަމުންދާ އަޑުއެހުމުގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

މިކަމަށް ފާޑުވިދާޅުވަމުން ޑރ. މުނައްވަރު ވަނީ މިއީ "ތަންދޮރު ނުދަންނަ" ނިންމުމެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ.

"މޮރިޝަސްގެ ސިޔާދަތު ގަބޫލުކުރާ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީއެއް ފޮނުވުމަކީ އަޖައިބެއް، އެހެން ނޫނިއްޔާ ދުނިޔެ ހިނގާ ގޮތް ނޭނގެނީ، އެހެން ނޫނިއްޔާ ތަން ދޮރު ނުފިލަނީ، ބޮޑަށް ބުރަ ވެވެނީ އެގޮތަށް،" އޭނާ ވިދާޅުވި އެވެ.

މި ސިޓީ ނުފޮނުވިނަމަވެސް ރާއްޖެއަކީ އިސްތިއުމާރުކުރުމާ ދެކޮޅު، ގައުމުތަކުގެ ސިޔާދަތީ ބާރު އޮތުމަށް ތާއިދުކުރާ ގައުމެއް ކަން މުޅި ދުނިޔެއަށް ވެސް އެނގޭނެ ކަމަށާއި އެ ބޭނުމުގައި މި ސިޓީ ފޮނުވުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސޯދީ ސަރަހައްދު ކަނޑައެޅުމުގައި ވެސް އިސްކޮށް އުޅުއްވި މުނައްވަރު އިތުރަށް ވިދާޅުވީ ސިޔާދަތާ ގުޅުންހުރި މިފަދަ މައްސަލަތަކަކީ "ފުޓުބޯޅައެއްހެން ކުޅޭކުޅޭ އެއްޗަކަށް" ހަދައިގެން ނުވާނެ ކަމަށެވެ. އަދި، އެ ވާހަކަތައް މަޖިލީހުގައި ވެސް ދެއްކެން ވާނެ ކަމަށާއި އެއީ އެހެން ސަރަހައްދެއްގެ މިލްކެއްތޯ ބަލަން ނުޖެހޭނެ ކަމަށެވެ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް ނިންމާފައި ވަނީ ޗާގޯސް އިސްތިއުމާރު ކޮށްފައިވާ ކުރުން ނިމުމަކަށް ގެނެސް ވީ އެންމެ އަވަހަކަށް މޮރިޝަސްއާ އެތަން ހަވާލުކުރުމަށެވެ. އެ ނިންމުން ހަ މަސް ދުވަހުގެ ތެރޭގައި ތަންފީޒުކޮށް ޗާގޯސް މޮރިޝްސްއާ ހަވާލުކުރަން ވަނީ ފާސްކޮށްފަ އެވެ.

މިކަން ފާހަގަކުރައްވައި މުނައްވަރު ވިދާޅުވީ މިއީ ބައިންޑިން ނުވަތަ އަމަލު ކުރުން ލާޒިމް ރިސޮލިއުޝަން އެއް ނޫން ކަމަށާއި އެ ތަނުގައި މޮރިޝަސްގެ ފުރިހަމަ ސިޔާދަތު އޮތް ކަމަށް ދުނިޔޭގެ އެއްވެސް ތަނަކުން ނިންމާފައިނުވާ ކަމަށެވެ.

މޮރިޝަސްގެ ސިޔާދަތު ގަބޫލުކުރި ނިންމުމަށް ފާޑުވިދާޅުވަމުުން މުނައްވަރު އިތުރަށް ވިދާޅުވީ އެކަމުގައި ސުވާލު އުފެދޭ ގިނަ ކަންކަން އެބަހުރި ކަމަށެވެ.

"ބިރުގަނޭ އެ ނުފޫޒާ ދޭތެރޭގައި، ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މޮރިޝަސް އަކީ ކޮބައިކަން، މޮރިޝަސްގެ މައްޗަށް ނުފޫޒު ހިންގަނީ ކޮން ގައުމަކުން ކަން، އެހެންވީމާ މޮރިޝަސް ކޮޅަށް ސިޔާދަތު ބަދަލުކުރަން ނުވަގުތެއްގައި ސިޓީއެއް ފޮނުވަން ޖެހުނީ ކީއްވެތޯ، އެ ވިދާޅުވާ ގައުމަކުން ދެންނެވީ ނޫންބާއޭ،" އޭނާ ސުވާލު އުފެއްދެވި އެވެ.

އެކަން އިތުރަށް ތަފްސީލު ކޮށްދެއްވަމުން އޭނާ ވިދާޅުވީ މޮރިޝަސްއަކީ އިންޑިއާއާ ވަރަށް ގާތްގުޅުން އޮންނަ ގައުމެއް ކަމަށާއި އެ ގައުމުގެ އާބާދީގެ ބޮޑުބަޔަކީ ވެސް އިންޑިއާ ނަސްލުގެ މީހުން ކަމަށެވެ.

"މޮރިޝަސްއާއި އިންޑިއާ އޮންނަ ގާތްގުޅުމުގެ ތެރެއިން މޮރިޝަސްއަށް އެތަން ލިބުމަކީ އިންޑިއާއިން ބުރަވާނެ ގޮތް،" އޭނާ ތަފްސީލު ކޮށްދެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންޑިއާއިން އެ ގޮތް ބޭނުންވާ ދެވަނަ ސަބަބަކީ އިންޑިއާއަކީ މި ސަރަހައްދުގެ ބޮޑު ބާރަކަށް ވާއިރު، މޮރިޝަސްއަށް ފޯޅަވަހި ލިބުމުން މުޅި ސަރަހައްދުގެ ކޮންޓްރޯލް އިންޑިއާއަށް ލިބޭނެ އެވެ.

"މިހާރު އެ މީހުން ބަނޑަހަ ޖެހީ ހަނިމާދޫގަޔާއި އުތުރުތިލަފަޅުގަޔާއި އައްޑޫ އަތޮޅުގައި، ރާއްޖޭގެ އުތުރާއި ދެކުނާއި މެދުގައި، ޖަހާފައި އެ މީހުންނަށް ދެން ބޭނުންވަނީ އައްޑޫ އަތޮޅުގެ ދެކުނު، ދެކުނުގަ އޮންނާނީ ފޯޅަވަހި،" މުނައްވަރު ވިދާޅުވި އެވެ.

އެ ހާލަތުގައި އެ މީހުންގެ ހުއްދަ ނެތި، އިންޑިއާ ކަނޑުގެ އެއް ފަރާތުން އަނެއް ފަރާތަށް ނުދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި، އެކަން އެގޮތަށް ކުރުމުން އިންޑިއާއަށް ސްޓްރެޓީޖިކް ގޮތުން ވެސް ގިނަ ފައިދާތަކެއް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އެ މީހުން އެގޮތަށް ބާރު އެޅުމަކީ ހަމަ ވަރަށް ގާތް ކަމެއް، އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ އެކަން އެގޮތަށް ހިނގި ކަމަށް،" އިންޑިއާއެކު މި ސަރުކާރުން އޮންނަ ގުޅުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އޭނާ ވިދާޅުވި އެވެ.

މުނައްވަރު އިތުރަށް ވިދާޅުވި ގޮތުގައި އިންޑިއާއާއެކު ވެފައިވާ ބައެއް އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ސިޔާސަދަތަށް ވެސް އަސަރު ކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox