ޒުވާނުންނަށް ފުރުސަތުތައް ހުޅުވާނެ ކަމުގެ ޔަގީންކަމާއެކު ރައީސް އެދުނީ ނުތަނަވަސްކަން ދޫކޮށްލުމަށް

ރައީސް ސޯލިހު މިރޭގެ ހަފުލާއަށް ވަޑައިގަންނަވަނީ: ވިދާޅުވީ ކިތަންމެ ކުޑަ އާމްދަނީއެއް ލިބޭ ވަޒީފާއަކުން ވިޔަސް އަމިއްލަ ފުދުންތެރިކަމުގެ ހިތްހަމަޖެހުން ހޯދޭތޯ ބަލަންޖެހޭ ކަމަށް -- ފޮޓޯ: ޔޫތު މިނިސްޓްރީ

ރައީސް ސޯލިހު މިރޭގެ ހަފުލާއަށް ވަޑައިގަންނަވަނީ: ވިދާޅުވީ ކިތަންމެ ކުޑަ އާމްދަނީއެއް ލިބޭ ވަޒީފާއަކުން ވިޔަސް އަމިއްލަ ފުދުންތެރިކަމުގެ ހިތްހަމަޖެހުން ހޯދޭތޯ ބަލަންޖެހޭ ކަމަށް -- ފޮޓޯ: ޔޫތު މިނިސްޓްރީ

ޒުވާނުން ވަޒީފާއެއް ނެތި ތިބުމުން ލިބޭ ނުތަނަވަސްކަން ދޫކޮށްލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާއްލައިފި އެވެ.

މި އަހަރުގެ ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު މިފަދައިން ވިދާޅުވީ މި ސަރުކާރުން ޒުވާނުންނަށް އުފައްދަމުންދާ ވަޒީފާތަކަށް އިޝާރާތް ކުރައްވަމުންނެވެ.

"ކިތަންމެ ކުޑަ އާމްދަނީއެއް ލިބޭ ވަޒީފާއަކުން ވިޔަސް، އަމިއްލަ ފުދުންތެރިކަމުގެ ހިތްހަމަޖެހުން ހޯދޭތޯ ބަލަމާ ހިނގާށޭ. އެއީ ތިޔަ ޒުވާނުންނަށް ވެސް، އަދި މުޅި މުޖްތަމައަށް ވެސް ލިބޭނެ ވަރަށް ބޮޑު ފައިދާއަކަށް ވާނެ," ރައީސް ވިދާޅުވި އެވެ.

ވަޒީފާ އަދާކުރާ ޒުވާނުން އިތުރުވުމުގެ ސަބަބުން މުޖުތަމައަށް އެތައް ފައިދާއެއް ކުރާނެކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން މިހާރު ހުރި ވަރަށް ގިނަ އިޖްތިމާއީ މައްސަލަތަކަށް ކޮންމެ ވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށާއި އޭގެ ތެރޭގައި މުޖްތަމައުން ޒުވާނުން ހަވާސާވުން ހުއްޓުވުމާއި ކުށުގެ ވެއްޓާ ދުރުކޮށްދީ, މާލީ ގޮތުން އެހެން ފަރާތްތަކަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވުން ހިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ހުށަހެޅި ގައުމީ ޔުނިވަސިޓީގެ ދިރާސާއަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ އެ ދިރާސާއިން ފެނުނު އެއް ކަމަކީ ރައްރަށުގައި ވަޒީފާގެ ފުުރުސަތު މަދުވުން ކަމަށާއި އެކަން އެގޮތައް ދިމާވުމަނީ އެކި ސަބަބުތަކާއި ހުރެ ކަމަށެވެ. އެގޮތުން މިކަމުގެ މައިގަނޑު ސަބަބުތަކަކީ އެ ރަށްރަށަށް ބޭނުންވާ ހަގީގީ ތަރައްގީ ގެނެވިފައި ނެތުމާއި އެކަހެރިކޮށް ހުރި ރަށްރަށަށް ފަސޭހައިން ދަތުރުކުރެވޭނެ އިތުބާރު ހުރި ނިޒާމެއް ނެތުން ކަމަށެވެ.

"ވަޒީފާތައް އުފެދިގެން އަންނަނީ ވިޔަފާރިތަކާއި ސިނާއަތްތަކުން. އެކަމަށްޓަކައި މުހިންމު އަސާސީ ތިން ހިދުމަތެއް ކޮންމެހެން އެބަ ބޭނުންވޭ. އެއް ކަމަކީ ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް. އަނެއް ކަމަކީ، ދަތުރުފަތުރުގެ އިތުބާރު ހުރި ނިޒާމެއް. ތިން ވަނަ ކަމެއްގެ ގޮތުގައި ގުނަންޖެހެނީ، މުވާސަލާތީ ނިޒާމެއް. މިޒަމާނަށް ބަލާއިރު އެއީ އިންޓަނެޓްގެ ލުއިފަސޭހަކަން," ރައީސް އިތުރަށް ވިދާޅުވި އެވެ.

މި ސަރުކާރުން މި ކަންކަން ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އެޅުމަށް ހިންގޭ މަޝްރޫއު އާއި މިހާރު ތަރައްގީކުރަމުން އަންނަ އާރްޓީއެލް ފެރީ ނިޒާމާ އެކު ވަޒީފާ ނެތުމަށް މެދުވެރިވާ ސަބަބުތައް ނެތެމުންދާ ކަމަށެވެ.

"މިހާތަނަށް އާރްޓީއެލް ފެރީގެ ނިޒާމުން ހއ، ހދ އަދި ށ. އަތޮޅުގެ ރަށްތައް މިއޮތީ ގުޅިފައި. އެ ތިން އަތޮޅުތަކުގެ ފެރީ ހިދުމަތާއި މާލެ އާއި ލާމު އަދި އައްޑު އާއި ފުވައްމުލަކުގައި ދެމުން އަންނަ ބަހުގެ ހިދުމަތުން ވެސް، 300 އަށް ވުރެ ގިނަ ވަޒީފާ މިހާތަނަށް އުފެދިއްޖެ." ރައީސް ވިދާޅުވި އެވެ.

އާރްޓީއެލް ފެރީގެ ނިޒާމު ހުރިހާ އަތޮޅަކަށް ފުޅާވުމުން އިތުރު އިދާރީ އަދި ފަންނީ ވަޒީފާތައް ހިމެނޭހެން ޖުމްލަ 1000 ވަޒީފާ އުފެދިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން ސަރުކާރުން ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް ހިންގާ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން އެލަވަންސް ލިބޭ ގޮތަށް މިހާރު ވެސް ތަފާތު 14 ކުންފުންޏެއްގައި 321 ޒުވާނަކު ތަމްރީނުވަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox