ޗާގޮސް މައްސަލައިގައި ގާސިމްގެ ކަންބޮޑުވުން: އެންމެ އިންޗިއެއްވެސް ގެއްލޭކަން ދިވެހިން ނޭދޭ

ގާސިމް އިބްރާހިމް : ވިދާޅުވީ ރާއްޖޭގެ ސަރަހައްދުގެ އެންމެ އިންޗިއެއްވެސް ގެއްލެން ބޭނުންނުވާ ކަމަށް -- ފޮޓޯ: މަޖިލިސް އިދާރާ

ގާސިމް އިބްރާހިމް : ވިދާޅުވީ ރާއްޖޭގެ ސަރަހައްދުގެ އެންމެ އިންޗިއެއްވެސް ގެއްލެން ބޭނުންނުވާ ކަމަށް -- ފޮޓޯ: މަޖިލިސް އިދާރާ

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ މެދު އުފެދިފައިވާ މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ގެއްލުމުގެ ބިރު ބޮޑުވެ ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މި މައްސަލައިގައި ގާސިމް ވިދާޅުވީ ރާއްޖޭގެ ބިމުގެ އިތުރުން ރާއްޖޭގެ ޖައްވާއި ކަނޑުގެ ސަރަހައްދުން އެންމެ އިންޗިއެއް ވެސް ގެއްލޭކަށް ނުވަތަ ބަޔަކަށް ދޭކަށް އެއްވެސް ދިވެއްސަކު ބޭނުންނުވާނެ ކަމަށެވެ. އަދި ބައިނަލްއަގްވާމީ ގާނޫނުން ރާއްޖެއަށް ލިބިދޭ އެއްވެސް ހައްގަކުން ނެގެން އޮތް ފައިދާއެއް އެއްވެސް އިމްތިޔާޒެއް ނެތި ރައްޔިތުންގެ ރުހުމަކާ ނުލާ ދޫކޮށްލުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި ރާއްޖޭގެ ގާނޫނުއަސާސީގެ ރޫހަކީ ވެސް އެއީ ކަމަށް ގާސިމް ވިދާޅުވި އެވެ.

"ދިވެހި ރާއްޖެ އާއި ޗާގޮސް (ފޯޅަވަހި) ފުށުއަރާ ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި، އޮތް ހަމައެކަނި ހައްލަކީ 'އިކުޑިސްޓޭންސް' (އެއްވަރަކަށް ދެ ގައުމަށް ކަނޑުގެ ސަރަހައްދު ބަހާލުން) ގެ އުސޫލު ކަމުގައި ދެކި، ބަޔަކު ހަމަ އެދޭއިރަށް ފަސޭހަކަމާއެކު އެގޮތަކަށް ދީލައިލުމަކީ ރާއްޖެއަށް އެންމެ މަސްލަހަތު ހުރި ގޮތްކަމަށް ނުފެނެ," ސަރުކާރު ކޯލިޝަންގައި ވެސް ހިމެނިވަޑައިގަންވާ ގާސިމް ވިދާޅުވި އެވެ.

ގާސިމް އިތުރަށް ވިދާޅުވެފައިވަނީ ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ޒަމާނުއްސުރެ ކަނޑު ރޯއްޖަށް ބަރޯސާވާއިރު މިހާތަނަށް ވެސް އަދި ކުރިއަށް އޮތްތާ ވެސް އަސްކަރީ ބަނދަރެއްގެ ގޮތުގައި ފޯޅަވަހި އޮތުމުގެ ސަބަބުން އދ. ގެ ގާނޫނީ ހަމައިން ރާއްޖެއަށް އައްސޭރިން ފެށިގެން 200 މޭލު ކްލެއިމްކުރެވޭނެ ކަމަށެވެ.

"ދިވެހިން އެދެނީ ދިވެހި ސަރުކާރުން، ރާއްޖޭގެ އަންނަން އޮތް ޖީލްތަކުގެ މަސްލަހަތުގެ ހިމާޔަތުގައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ވެސް އިހްލާސްތެރިކަމާއެކު ކުރާތަން ފެނުން. ފީނެން އޮތް އެންމެ ފުނަކަށް ފީނާތަން ދެކުން. ތިމާގެ އަމިއްލަ މުދަލެކޭ ހިތައި އެހެން ބައެއްގެ މިލްކެއް 'ބޮޑުބޭބެ' ގެ އެދުމަކަށް ދޫކޮށްނުލާކަން ސާބިތުވުން," މިއަދު ކުރެއްވި ޓުވީޓެއްގައި ގާސިމް ވިދާޅުވި އެވެ.

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޮސް އައިލެންޑްސްއަކީ މޮރިޝަސްގެ ބައެއް ކަމަށް ބުނެ އެ ގައުމުން 2019 ވަނަ އަހަރު ކަނޑުގެ ގާނޫނާ ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ޗާގޮސް އައިލެންޑްގެ ކަނޑުގެ ސަރަހައްދާ ފުށޫ އަރާ ކަމަށެވެ.

ނަމަވެސް ރާއްޖޭން ކުރިން ގަބޫލުކުރި ގޮތުގައި ޗާގޮސް އައިލެންޑްސްއަކީ އިނގިރޭސިވިލާތުގެ ބައެކެވެ. މިހާރު ވެސް އިނގިރޭސިން އެމެރިކާއަށް ކުއްޔަށް ދޫކޮށްފައިވާ ޗާގޮސް އައިލެންޑްސްގެ ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ހުރެ އެވެ. ނަމަވެސް މި މައްސަލަ ރާއްޖެ އާއި ދެކޮޅަށް ނިމިއްޖެނަމަ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެންދާނެ ކަމުގެ ބިރު އެބަ އޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox