ޗައިނާ ފަތުރުވެރިންނާ އެކު ރާއްޖޭގެ އިގްތިސާދީ ދުވެލި ހަލުވި ވެގެންދާނެ: ރައީސް

މިއަދުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ. ޗައިނާގެ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވި --- ފޮޓޯ: ރައީސް އޮފީސް

މިއަދުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ. ޗައިނާގެ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވި --- ފޮޓޯ: ރައީސް އޮފީސް

ކޮވިޑުގެ ދަތިކަމުން އަރައިގަނެ އިގްތިސާދު ކުރިއަރަމުން އަންނަ މި ދަނޑިވަޅުގައި ޗައިނާގެ ފަތުރުވެރިން ރާއްޖެ އަނަން ފެށުން ވެގެންދާނީ ރާއްޖޭގެ އިގްތިސާދީ ދުވެލި ހަލުވިވެގެންދާނެ ކަމަކަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދު ޑިޕްލޮމެޓިކް ގާއިމުކުރިތާ 50 އަހަރު ފުރުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވަނީ ޗައިނާ އިން ރާއްޖެއަށް އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑެތި ބަދަލުތަކެއް ގެނައުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވިދާޅުވެ އެކަންކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.

"ސިޔާސީ ގުޅުން ގާއިމުކުރުމުގެ މާ ކުރިންސުރެ ވެސް، އަޅުގަނޑުމެންގެ ދެގައުމުގެ ދެމެދުގައި ވަރަށް ގާތް ގުޅުމެއް އޮތް. ރާއްޖޭގެ ތަރައްގީގެ ދަތުރުގައި ކުރަމުންމިގެންދާ މަސައްކަތުގައި ޗައިނާގެ އެހީތެރިކަން އަބަދުވެސް ލިބެމުންދޭ. ހާއްސަކޮށް ވޭތުވެ ދިޔަ 30 އަހަރު ދުވަހުތެރޭ އަޅުގަނޑުމެންގެ ގުޅުން މިވަނީ އިތުރަށް ބަދަހިވެފަ،" ރަންޔޫބީލް ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދުގައި ޗައިނާ އިން މުހިންމު ދައުރެއް އަދާކުރަމުން އަންނައިރު އެގައުމުގެ އެތައް ސިޓީއަކުން ރާއްޖެއަށް ގިނަ ފްލައިޓުތަކެއް ދިޔައީ ބާއްވަމުންނެވެ. އަދި، ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ދަތުރުތައް ވެސް އެގައުމަށް ބޭއްވި އެވެ. ނަމަވެސް، ކޮވިޑު ފެނުނު ފަހުން އެ ގައުމާއި ރާއްޖެއާ ދެމެދު ކުރަމުންދިޔަ ސީދާ ދަތުރުތައް ވަނީ ހުއްޓާލާފަ އެވެ. ކޮވިޑު ފެނުނު ފަހުން އެ ގައުމާއި ރާއްޖެއާ ދެމެދު ކުރަމުންދިޔަ ސީދާ ދަތުރުތައް ވަނީ ހުއްޓާލާފަ އެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދު ސީދާ ދަތުރުތައް އަވަސް މުސްތަގުބަލެއްގައި ފެށިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަމުން އެމަނިކުފާނު ވިދާޅުވި އެވެ.

"އިގްތިސާދު އަމިއްލަ ފައިމައްޗަށް ތެދުވަމުން އަންނަ މިދަނޑިވަޅުގައި، އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނައިރު، ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދާއެކު، ރާއްޖޭގެ އިގްތިސާދީ ދުވެލި މިހާރަށްވުރެ ހަލުވިވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ބައިނަލްއަގްވާމީ މަޝްރަހުގައި ކަންކަން ބަދަލުވަމުންދާ ގޮތަށް ބަލާއިރު ޗައިނާގެ ދައުރު ބޮޑުވަމުންދާކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވަނީ ގިނަ ގައުމުތަކަކަށް ޗައިނާގެ އެހީތެރިކަން ލިބެމުންދާ ކަމަށް ވިދާޅުވެފަ އެވެ.

"ބައިނަލްއަގުވާމީ މުޖްތަމަޢުގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން މިއަންނަނީ ދޭދޭ ގައުމުތަކާ ދެމެދު ވަރަށް ގާތް ގުޅުމެއް އުފައްދަން. ބައިނަލްއަގުވާމީ މުޖްތަމަޢަށް ތަފާތު ބަދަލުތައް އަންނަ މިދަނޑިވަޅުގައި، އެކިއެކި މައިދާންތަކުގައި ޗައިނާގެ ދައުރު އަންނަނީ ކުރިއަށް ވުރެ ބޮޑަށް ފުޅާވަމުން،" ޗައިނާއާ ގުޅޭގޮތުން ރައީސް ސޯލިހުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

އަވަސް މުސްތަގުބަލެއްގައި ޗައިނާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް ފެށި ޗައިނާ ރައްޔިތުން ރާއްޖެއަށް ޒިޔާރަތްކުރުމުގެ މަގުފަހިވެގެންދާނެ ކަމުގެ ސިގްނަލެއް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވާން ލިޖިން ވެސް ވަނީ ދެއްވާފަ އެވެ.

ޗައިނާގައި މިހާރު ވެސް އަމަލުކުރަމުން އަންނަނީ ޒީރޯ ކޮވިޑްގެ ސިޔާސަތަށެވެ. އެއް ކޭސް ފެނިއްޖެނަމަ ވެސް ސިޓީތަކާއި ޓައުންތައް ލޮކްޑައުންކޮށް މާސް ޓެސްޓިން ކުރިއަށްގެންދެ އެވެ. އަދި، އެ ގައުމަށް އެތެރެވުމާއި ބޭރުވުމުގައި ވެސް ހަރުކަށި ޕްރޮޓޮކޯލްތަކެއް ވަނީ އެކުލަވާލަފަ އެވެ.

ކޮވިޑް ފެނުމުގެ ކުރިން 2019 ވަނަ އަހަރު ރާއްޖެއަށް 1.7 މިލިއަން ޓޫރިސްޓުން ދަތުރުކުރި އެވެ. އޭގެ ތެރެއިން 267،875 ޓޫރިސްޓުންނަކީ ޗައިނާ ރައްޔިތުންނެވެ. އެއީ، އެ އަހަރު ރާއްޖެ އައި ޓޫރިސްޓުން 17.5 އިންސައްތަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox