ޔާމީން ދެން ވަޑައިގަންނަވަނީ ނ. އަތޮޅު އަދި އައްޑޫ ސިޓީ އަށް

އިދިކޮޅު ކެންޑިޑޭޓް ޔާމީން : ދެން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ނ. އަތޮޅާއި އައްޑޫ ސީޓީއަށް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އިދިކޮޅު ކެންޑިޑޭޓް ޔާމީން : ދެން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ނ. އަތޮޅާއި އައްޑޫ ސީޓީއަށް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ނ. އަތޮޅުގެ ބައެއް ރައްތަކަށް އަދި އައްޑޫ ސިޓީއަށް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

މިދިޔަ ހަފުތާ ހއ. އަތޮޅަށް ކުރެއްވި ދަތުރައްފަހު އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޔާމީން ދެން ކުރައްވަން ހަމަޖެހިފައިވާ ދަތުރުތަކުގެ ތަފުސީލު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްވީ އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު އެވެ.

ހއ. އަތޮޅަށް ޔާމީން ކުރެއްވި ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއް ކަމަށާއި އެ ދަތުރުފުޅުން ރިޔާސީ މެނިފެސްޓޯ ތައްޔާރުކުރުމަށް ގިނަ މައުލޫމާތުތަކެއް ލިބިގެން ދިޔަ ކަމަށްވެސް ހީނާ ވިދާޅުވި އެވެ.

ހީނާ އިތުރަށް ވިދާޅުވީ ޔާމީން ނ. އަތޮޅަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 އިން 28 އަށް ކަމަށެވެ. އެގޮތުން، އެ ދަތުރުފުޅުގައި ޔާމީން ނ. އަތޮޅުގެ 6 ރަށަކަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ. އެ ރަށްތަކަކީ ކެނދިކުޅުދޫ، މަނަދޫ، ހޮޅުދޫ، ވެލިދޫ، މިލަދޫ އަދި މަގޫދޫ އެވެ.

މި ދަތުރުފުޅުގައި ނ، މަގޫދޫ ޑަބްލިުޑީސީ ބައި އިލެކްޝަންގައި ވާދަކުރާ ޕީޕީއެމްގެ ކެންޑިޑޭޓުގެ ކެމްޕޭން ހަރަކާތްތަކުގައިވެސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ހީނާ ވިދާޅުވި އެވެ.

އައްޑޫ ސިޓީއަށް ޔާމީން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތެރޭގަ އެވެ. މިވަގުތު އެ ދަތުރުފުޅުގެ ތާރީހެއްގެ ގޮތުގައި އޮތީ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަސް ކަމަށާއި ނަމަވެސް އެ ތާރީހަށް ބަދަލެއް އައުން އެކަށީގެންވާ ކަމަށް ހީނާ ވިދާޅުވި އެވެ.

މީގެ އިތުރުންވެސް އަންނަ މަހުގެ ތެރޭގައި ގދ. އަތޮޅު އަދި ފުވައްމުލަކަށް ޔާމީން ވަޑައިގަތުމަށް ރާވަމުންދާ ކަމަށްވެސް ހީނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox