ބޯހިމެނުން؛ އަށް އަހަރު ތެރޭ އިތުރުވީ 16،897 ދިވެހިން، 33،527 ބިދޭސީން

ބޯހިމެނުން 2022ގެ ތެރެއިން؛ މިހާތަނަށް ގުނުނު އަދަދުން ރާއްޖޭގެ އާބާދީއަކީ 450،000 މީހުން

ބޯހިމެނުން 2022ގެ ތެރެއިން؛ މިހާތަނަށް ގުނުނު އަދަދުން ރާއްޖޭގެ އާބާދީއަކީ 450،000 މީހުން

މިއަހަރު ކުރިއަށްގެންދާ ބޯހިމެނުމުގައި މިހާތަނަށް ރާއްޖޭގައި ދިރިއުޅޭ އާބާދީގެ ގޮތުގައި 452،495 މީހުން ގުނިއްޖެ އެވެ.

ގައުމީ ތަފާސްހިސާބު ދުވަހުގެ މުނާސަބާގައި މޯލްޑިވްސް ސްޓެޓިސްޓިކަލް ބިއުރޯއިން ބުނީ، އިއްޔެގެ ނިޔަލަށް ބޯހިމެނުމުގެ ތެރެއިން ރާއްޖޭގައި ދިރިއުޅޭ 335،331 ދިވެހިންނާއި، 97،164 ބިދޭސީން ގުނިފައިވާ ކަމަށެވެ. މިއީ 2014 ވަނަ އަހަރުގެ ބޯހިމެނުމާ އަޅާކިޔާނަމަ 50،424 މީހުންގެ އިތުރުވުމެކެވެ.

ދިވެހިންގެ އަދަދަށް ބަލާއިރު އެއީ 16،897 މީހުންގެ އިތުރުވުމެކެވެ. އަދި ބިދޭސީނަށް ބަލާއިރު 33،527 ބިދޭސީން ވަނީ އަށް އަހަރު ތެރޭ އިތުރުވެފަ އެވެ.

ސްޓެޓިސްޓިކަލް ބިއުރޯއިން ބުނީ މިހާތަނަށް ގުނިފައިވާ އާބަދީއަކީ އިދާރީ ރިކޯޑުތަކުންބަލާއިރު ރާއްޖޭގެ ރެޖިސްޓާޑް އާބާދީގެ 89 ޕަސަންޓު ކަމަށެވެ. ރާއްޖޭގެ ރެޖިސްޓާޑް އާބާދީގެ ތެރޭގައި ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހުން ވެސް ހިމެނެ އެވެ. ރާއްޖޭގެ ރެޖިސްޓާޑް އާބާދީއަކީ 397،372 މީހުންނެވެ.

ބޯހިމެނުމުގައި މިހާތަނަށް 97،000 ބިދޭސީން ގުނިފައިވާއިރު، މިއީ 2014 ވަނަ އަހަރުގެ ބޯހިމެނުމުގައި ގުނުނު އަދަދަށްވުރެ 33،527 މީހުން އިތުރު އަދަދެކެވެ. ހަމައެއާއެކު މިއީ އިމިގްރޭޝަނުގެ ރިކޯޑްތަކުން ދައްކާ ބިދޭސީންގެ އާބާދީގެ 65 ޕަސަންޓު ކަމަށް ވެސް ސްޓެޓިސްޓިކަލް ބިއުރޯއިން ބުނެ އެވެ. އިމިގްރޭޝަނުގެ ރިކޯޑުތަކުން ދައްކާ ގޮތުން ރާއްޖޭގައި 150،313 ބިދޭސީން އުޅެ އެވެ.

އެ އިދާރާއިން ބުނީ ބިދޭސީންގެ އަދަދު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ވަޒީފާތަކަށް ބިދޭސީން ގެނެސްފައިވާ އެމްޕްލޯޔަރުންނާއި ގުޅިގެން އިތުރު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑެތި ހުރިހާ މަޝްރޫއެއް ވަނީ މަޑުޖެހިފައި: މުއިއްޒު

ދަރަނި ދެއްކުމަށާއި ޒަރޫރީ ޚިދުމަތްތަކަށް އިސްކަންދިނުމުގެ ސަބަބުން، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް މަޑުޖެހިފައިވާ ކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންނެވި. މިކަން މިގޮތަށް ދިމާވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ފަތުރުވެރިން އަންނަ މިންވަރު މަދުވުމުން ފިސްކަލް މެނޭޖްމަންޓަށް ބަދަލު ގެނައުމުން ކަމަށް އެމަނިކުފާނު ވިދާޅުވި.

މިރޭގެ ޖަލްސާއަށް އެއްލައްކަ މެންބަރުން ހަމަނުކުރެވުނު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އިތުރުކުރުމަށް ހިފި އަމާޒަށް މިރޭގެ ޖަލްސާއާ ހަމައަށް ވާސިލުނުވެވުމުން، އެ އަމާޒު ހާސިލުކުރުމުގެ ވަގުތު މިރޭ މެންދަމު 12 އާ ހަމައަށް ވަނީ އިތުރުކޮށްފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި އެ ޕާޓީއަށް އެއްލައްކަ ހަމަވާން އަދި 1,992 މެންބަރުން އިތުރަށް ބޭނުންވޭ.

ހުޅުމާލޭގައި އަޅާ ކޯޓު ކޮމްޕްލެކްސްގެ ބިންގާ އަޅައިފި

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ޝަރުއީ ދާއިރާގެ ހިންގުން އެއް ފުރާޅެއްގެ ދަށަށް ގެނެސް، ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ފެށި 699.8 މިލިއަން ރުފިޔާގެ މަޝްރޫއެއް. މި އިމާރާތުގައި ހައިކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިތުރުން ޑީޖޭއޭގެ އޮފީސް ވެސް ހިންގުމަށް ވަނީ ހަމަޖެހިފަ.

ޕީއެންސީއަށް 100،000 މެންބަރުން މުވައްޒަފުންނަށް މަޖުބޫރުކުރަނީ

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް ހަމަކުރުމަށްޓަކައި، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށް ވަޒީފާގެ ބިރުދައްކަމުންދާކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ. މި އަމާޒަށް ވާސިލުވުމަށް އެހެން ޕާޓީތަކުގެ މެންބަރުން ޕީއެންސީއަށް ބަދަލުވުމަށް އަންގަމުންދާއިރު، މެންބަރުން އިތުރުކުރުމަށް ފައިސާ ބަހާކަމުގެ ތުހުމަތުތައްވެސް ވަނީ ފެންމަތިވެފައެވެ.

މުވައްޒަފުންނަށް ސިޔާސީ މަޖުބޫރުކުރުން ކުށަކަށް ހަދާ ބިލެއް

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ސިޔާސީ މަޖުބޫރުކުރުން ޖިނާއީ ކުށަކަށް ހަދަން ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި. މީކާއީލް ނަސީމް ހުށަހެޅުއްވި މި ބިލުގެ މަގްސަދަކީ މުވައްޒަފުންގެ ސިޔާސީ މިނިވަންކަން ހިމާޔަތްކޮށް، ވަކި ޕާޓީއަކަށް ވަނުމަށް ނުވަތަ ހަރަކާތްތަކުގައި ބައިވެރިވުމަށް ނުފޫޒު ފޯރުވުން ހުއްޓުވުން.

ސިޓިޒެންސް ޕޯޓަލް ދެވަނަ ފަހަރަށް އިފްތިތާހުކޮށްފި

ރައީސް މުއިއްޒަށް ރައްޔިތުންގެ ޝަކުވާތަކާއި ޚިޔާލުތައް ސީދާ ހުށަހެޅޭ ގޮތަށް "ސިޓިޒެންސް ވޮއިސް" ޕޯޓަލް ދެވަނަ ފަހަރަށް ވަނީ އިފްތިތާހުކޮށްފައި އީ-ފާސް މެދުވެރިކޮށް ވަދެވޭ މި ޕޯޓަލްގެ ހިދުމަތް މިވަގުތު ވެބްސައިޓުން ލިބުނު ނަމަވެސް، ކުރިއަށް އޮތްތަނުގައި މޯބައިލް އެޕްލިކޭޝަނެއް ތައާރަފުކުރުމަށް ވަނީ ނިންމާފައި.

"މިހާރު ފެށެން މި އުޅެނީ ރާއްޖޭގެ މިނިވަންކަން ނިމުމުގެ ފެށުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ފަރާތްތަކާއި ޒަޔަނިސްޓުން ރާއްޖޭގައި ވަޒަންވެރިކުރުވަން ފަށައިފިނަމަ، ގައުމުގެ މިނިވަންކަން ގެއްލިދާނެ ކަމަށާއި، މި މަޝްރޫއުގެ މާލީ ތަފްސީލުތައް ކަމާބެހޭ އިދާރާތަކަށް ނޭނގޭއިރު، މިއީ މަދު ބައެއްގެ މެދުގައި ސިއްރުވެފައިވާ ކަމެއްކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox