ރާ އެރުމުގައި 72 އަހަރު، އެންމެ ފަހުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު!

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ގދ. ތިނަދޫ އާރުޒޫ، އަބްދުﷲ، (ކަލޯބެއްޔާ) އާ ޝަރަފުގެ އިނާމު ހަވާލުކޮށްދެއްވަނީ. ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ގދ. ތިނަދޫ އާރުޒޫ، އަބްދުﷲ، (ކަލޯބެއްޔާ) އާ ޝަރަފުގެ އިނާމު ހަވާލުކޮށްދެއްވަނީ. ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ގަދީމީ މަސައްކަތެއް ކަމަށްވާ ރާ އެރުމުގައި 72 އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަކޮށްފައިވާ އަބްދުﷲ، 87، ގދ. ތިނަދޫ، އާރުޒޫ އަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމު ސަރުކާރުން މިރޭ ދީފި އެވެ.

އާއްމު ހިދުމަތުގެ ގައުމީ އިނާމާއި ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދޭން ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި އަބްދުﷲ އަށް ޝަރަފުވެރިކަމުގެ އިނާމު ހަވާލުކޮށް ދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. އޭނާއަށް އާއްމު ހިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު ދެއްވީ ދިވެހި ސަގާފަތާއި އާދަކާދައިގެ ދާއިރާއިންނެވެ.

އަބްދުﷲގެ ހާއްސަ ކަމަކީ މިހާ ދޮށީ އުމުރުގައި ވެސް ރާއެރުމުގެ މަސައްކަތް މެދުނުކެނޑި ކުރަމުން އައުމެވެ. އޭނާ މިހާރު ވެސް ފަސް ރުއް ރާކޮށްގެން ބަލަހައްޓަ އެވެ. އަދި އޭނާ އަންނަނީ ދިވެހި ރުކުރަލާއި ދިވެހި ހަކުރު ވިއްކައިގެން ރަނގަޅު އާމްދަނީއެއް ހޯދަމުންނެވެ.

މިދިޔަ އޭޕްރިލް މަހު، "އަދަދު" އަށް ދިން އިންޓަވިއުއެއްގައި އަބްދުﷲ ބުނެފައިވާ ގޮތުގައި އޭނާ ރާވެރިކަމުގެ މަސައްކަތް ފެށީ އުމުރުން އެންމެ 15 ވަރަަކަށް އަހަރުގަ އެވެ. އޭނާ އޭރު ބުނި ގޮތުގައި މިހާ ދިގު މުއްދަތެއްގައި މަސައްކަތް ކުރި އިރު ހަނދާނުން ނުފިލާނެ އެތައް ކަމެއް ދިމާވި އެވެ.

އެފަދަ އެއް ހާދިސާއަކީ ރާވެރިކަން ކުރަން ތިބި ފަޅުރަށަށް ބަޔަކު އަރައި ރުއްތަކުގައި ހުރިއްޔާ ހުރި އެއްޗެއް ކޮށާލައިގެން ގެންދިޔަ ފަހަރެކެވެ. އަނެއް ފަހަރަކީ ރުކުން ވެއްޓި ވަރަށް ބޮޑަށް ފައި ބިންދައިގެން ދިޔަ ފަހަރެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ގޮތުގައި ރާ އެރުމަކީ ގައުމިއްޔަތާ ގުޅިފައިވާ، އަދި އެކަން ކުރާ މީހުން ވަރަށް މަދުވެފައިވާ ހުނަރުވެރި މަސައްކަތެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox