ބްލެޓާ އާއި ޕްލެޓިނީގެ މައްސަލަ އިސްތިއުނާފަށް

Oct 21, 2022, 2:33 AM
ބްލެޓާ އާއި ޕްލެޓިނީގެ މައްސަލަ އިސްތިއުނާފަށް

ޖެނީވާ (އޮކްޓޫބަރު 21) - ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ އާއި ޔުއޭފާގެ ކުރީގެ ރައީސް މިޝޭލް ޕްލެޓިނީގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކޮރަޕްޝަނާއި މަކަރާއި ހީލަތުގެ މައްސަލައިގަައި ކުރި ހުކުމް އިސްތިނުއާފް ކުރަން ސްވިޓްޒަލޭންޑް އެޓާނީ ޖެނެރަލް އޮފީހުން ނިންމައިފި އެވެ.

ބްލެޓާ، 86، އާއި ޕްލެޓިނީ، 66، އާ ދެކޮޅަށް ކުރި މަކަރާއި ހީލަތުގެ މައްސަލައިގައި ކުށް ސާބިތުނުވާ ކަމަށް ސްވިޓްޒަލޭންޑްގެ ބެލިންޒޯނާ ފެޑެރަލް ކްރިމިނަލް ކޯޓުން ނިންމީ މި އަހަރުގެ ޖުލައި މަހު އެވެ.

އެޓާނީ ޖެނަރަލް އޮފީސް އޮފް ސްވިޓްޒަލޭންޑް (އޯއޭޖީ) އިން ބުނީ ބްލެޓާ އާއި ޕްލެޓިނީގެ މައްސަލައިގެ އިސްތިއުނާފު ހުށަހެޅުމަށް އޮތް މުއްދަތު ބުދަ ދުވަހުގެރޭ ހަމަވުމުގެ ކުރިން، އެ މައްސަލައިގެ އިސްތިއުނާފަށް ހުށަހަޅާފައިވާ ކަމަށެވެ.

ކުރިން ފުޓްބޯޅައިގައި ނުފޫޒު ގަދަ ދެ ފަރާތް ކަމަށްވާ ބްލެޓާ އާއި ޕްލެޓިނީއާ ދެކޮޅަށް ދައުވާ ކުރަނީ 2011 ވަނަ އަހަރު، އޭރު ޔުއެފާގެ ރައީސްގެ މަގާމުގައި ހުރި ޕްލެޓިނީ އަށް، އޭރު ފީފާގެ ރައީސްގެ މަގާމުގައި ހުރި ބްލެޓާ ދިން ދެ މިލިއަން ޑޮލަރުގެ މައްސަލައިގަ އެވެ.

އޯއޭޖީ އިން އުފުލި ދައުވާގައި ބުނެފައިވާ ގޮތުގައި، މި ޕޭމަންޓް، ޕްލެޓިނީ އަށް ދީފައިވަނީ ގަވައިދާ ހިލާފަށް، ފީފާ އަށް ގެއްލުންވާ ގޮތަށެވެ. މި ތުހުމަތުތައް ބްލެޓާ އާއި ޕްލެޓިނީ ވަނީ ދޮގުކޮށްފަ އެވެ.

ޕްލެޓިނީ އަށް ދިން ފައިސާ އަކީ، އޭނާ ފީފާގެ އެޑްވައިޒަރެއްގެ ގޮތުގައި ކޮށްދީފައިވާ މަސައްކަތަށް ދިން ޕޭމަންޓެއް ކަމަށް ބްލެޓާ ވަނީ ބުނެފަ އެވެ. ފީފާގެ އެޑްވައިޒަރެއްގެ ގޮތުގައި 1998 އިން 2002 ވަނަ އަހަރާ ހަމައަށް، ކޮށްފައިވާ މަސައްކަތަށް ފީފާ އިން ދޭންޖެހޭ ފައިސާގެ އިންވޮއިސްއެއް ޕްލެޓިނީ ވަނީ 2011 ވަނަ އަހަރު ހުށަހަޅައިފަ އެވެ.

އެކަމަކު، އެއީ ފޯޖްކޮށްފައިވާ (އޮޅުވާލައިގެން އަމިއްލަ އަށް ތައްޔާރުކޮށްފައިވާ) އިންވޮއިސެއް ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

ޕްލެޓިނީ އާއި ބްލެޓާ، 2015 ވަނަ އަހަރު ފުޓްބޯޅައިން ސަސްޕެންޑް ކުރުމުން އެ މައްސަލަ ހިފައިގެން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އަށް ދިއުމުން ވެސް އޭރު މާ ބޮޑު އަލިމަގެއް ނުފެނުނެވެ. ސަސްޕެންޝަނަށް ލިބުނީ ކުޑަ ލުޔެކެވެ.

ބްލެޓާ އެންމެ ފުރަތަމަ ފީފާގައި މަސައްކަތް ފެށީ 1975 ވަނަ އަހަރު އެވެ. އޭގެ ފަހުން 1981 ވަނަ އަހަރު ޖެނެރަލް ސެކްރެޓަރީއެއްގެ މަގާމުގަ އެވެ. ފީފާގެ ރައީސްގެ މަގާމަށް ބްލެޓާ، އެންމެ ފުރަތަމަ އިންތިހާބުވީ 1998 ވަނަ އަހަރު އެވެ. ފީފާގެ ރައީސްގެ މަގާމު ބްލެޓާ 2015 ވަނަ އަހަރާ ހަމައަށް ފުރިއިރު، އޭގެ ފަހުން އޭނާގެ މައްޗަށް އެކި ކަހަލަ ކޮރަޕްޝަނުގެ ދައުވާތަކެއް އަންނަނީ ކުރަމުންނެވެ.

ފްރާންސަށް 1984 ވަނަ އަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕް ހޯދައިދިން ޕްލެޓިނީ ވަނީ ތިން ފަހަރު ބެލޮންޑިއޯ އެވޯޑް ވެސް ހޯދައިފަ އެވެ.

ކާމިޔާބު ފުޓްބޯޅަ ކެރިއަރަކަށް ފަހު ޕްލެޓިނީ، ފުޓްބޯޅައިގެ އެޑްމިނިސްޓްރޭޝަން ދާއިރާ އަށް ނުކުމެ، ހޯދަމުން އައި ކުރިއެރުންތަކުގެ ތެރެއިން ވަނީ 2007 ވަނަ އަހަރު ޔުއެފާގެ ރައީސްގެ މަގާމަށް އިންތިހާބުވެފަ އެވެ. ބްލެޓާ އެކޭ އެއްގޮތަށް ޕްލެޓިނީ އަށް ވެސް މަގާމުން ދާން ޖެހުނީ 2015 ވަނަ އަހަރުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox