ޔާމީން އިހަވަންދޫއަށް ވައުދުވިއިރު އައިސް ޕްލާންޓެއް އެބަހުރި، ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ނިމެނީ

ޕީޕީއެމްގެ ކެންޑިޑޭޓް ޔާމީން އިހަވަންދޫގައި ވާހަކަދައްކަވަނީ: އެރަށަށް ވައުދުވި އައިސް ޕްލާންޓު އެބަހުރި،  ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ނިމެނީ -- ފޮޓޯ: ޕީޕީއެމް

ޕީޕީއެމްގެ ކެންޑިޑޭޓް ޔާމީން އިހަވަންދޫގައި ވާހަކަދައްކަވަނީ: އެރަށަށް ވައުދުވި އައިސް ޕްލާންޓު އެބަހުރި، ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ނިމެނީ -- ފޮޓޯ: ޕީޕީއެމް

ހއ. އިހަވަންދޫގައި ހިންގަމުންދާ އައިސް ޕްލާންޓެއް ހުރިއިރު، އަދި ރަށުގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު ކުރިއަށް ދާއިރު، އެ މަނިކުފާނަށް ވެރިކަމުގެ ދެ ވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ އެ ރަށުގައި އައިސް ޕްލާންޓެއް އަޅައި، ބަނދަރު ބޮޑުކުރުން ކުރިއަށް ގެންދަވާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޔާމީން އިހަވަންދޫގައި ޖަލްސާއެއް ބޭއްވީ މިދިޔަ ހޮނިހިރު ދުވަހުގެ ރެ އެވެ. އައިސް ޕްލާންޓާއި ބަނދަރު ބޮޑުކުރުމުގެ ޕްރޮޖެކްޓުގެ ވާހަކަ ޔާމީން ދެއްކެވީ އެ މަނިކުފާނުގެ ވެރިކަމެއްގައި އިހަވަންދޫ އަށް ކޮށްދެއްވާނެ ހާއްސަ ކަންތައްތަކުގެ ތެރޭގަ އެވެ.

އިހަވަންދުއަށް ހާއްސަ ކަންތައްތަކުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ ދެން އަޅުގަނޑުމެންގެ ސަރުކާރަކުން އެންމެ ފުރަތަމަ އައިސް ޕްލާންޓު އަޅާ އަދި ތެޔޮ ލިބޭނެ ގޮތް ހަދާނެ އެއް ރަށަކަށް ވާނެ އިހަވަންދޫ. އިހަވަންދޫގެ މަސްވެރިންނަށް އައިސް ލިބޭނީ ހަމަ އިހަވަންދޫ އިން، އިހަވަންދޫ މަސްވެރިން ނުޖެހޭނެ ފެލިވަރަށް ދާކަށް،" ޔާމީން ވިދާޅުވި އެވެ.
އިހަވަންދޫގައި ބޭނުންކުރާ އައިސް ޕްލާންޓް: އެއީ 2011 ވަނަ އަހަރުން ފެށިގެން ބޭނުން ކުރަމުން އަންނަ ތަނެއް -- ފޮޓޯ: ފައިލް
އިހަވަންދޫގައި ބޭނުންކުރާ އައިސް ޕްލާންޓް: އެއީ 2011 ވަނަ އަހަރުން ފެށިގެން ބޭނުން ކުރަމުން އަންނަ ތަނެއް -- ފޮޓޯ: ފައިލް

އިހަވަންދޫގައި ބޭނުންކުރާ އައިސް ޕްލާންޓް: އެއީ 2011 ވަނަ އަހަރުން ފެށިގެން ބޭނުން ކުރަމުން އަންނަ ތަނެއް -- ފޮޓޯ: ފައިލް

އިހަވަންދޫގެ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ވެސް ކޮށްދެއްވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"ހަމަ އެއާއެކީ ދަންނަވާލަން ބޭނުންވަނީ އިހަވަންދޫ މަސްވެރިންގެ ފަރާތުން އައި ޝަކުވާއެއް ބަނދަރުގެ ޝަކުވާ، އިރާދަ ކުރެއްވިއްޔާ އިހަވަންދޫގެ ބަނދަރުގެ މައްސަލަ އަޅުގަނޑު ހައްލުކޮށްދޭނަން، ބަނދަރު ބޮޑުކުރުމާއެކީ،" އިހަވަންދޫގެ ރައްޔިތުންނަށް ހާއްސަކޮށް ވެދެއްވި ރިޔާސީ ވައުދުތައް ތަފުސީލުކޮށްދެއްވަމުން ޔާމީން ވިދާޅުވި އެވެ.

އިހަވަންދޫގައި އައިސް ޕްލާންޓެއް ގާއިމް ކުރީ 2011 ވަނަ އަހަރެވެ. އެއީ ދުވާލަކު 50 ޓަނުގެ އައިސް އުފައްދާ ޕްލާންޓެއް ކަމަށް ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހުމަދު ސައީދު މުހައްމަދު "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

ކުރިން އެ އައިސް ޕްލާންޓް ހިންގީ މިފްކޯއިންނެވެ. މިހާރު ހިންގަމުންދަނީ ފެނަކަ ކޯޕަރޭޝަނުންނެވެ.

"މަސައްކަތް މި ކުރަނީ އައިސް ޕްލާންޓްގެ ސްޓޯރޭޖް ކެޕޭސިޓީ ބޮޑުކޮށް ދުވާލަކު 75 ޓަނުގެ އައިސް އުފެއްދޭ ވަރުކުރަން. އަދި ދޯނި ފަހަރާ ހަމައަށް އައިސް ގެންދެވޭ ގޮތް ހަދަން،" ސައީދު ވިދާޅުވި އެވެ.

އިހަވަންދޫގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު ވެސް ދަނީ ކުރިއަށެވެ. އެ ޕްރޮޖެކްޓުގެ މަސައްކަތް އޮތީ ނިންމެން ކައިރިވެފަ އެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެ ރަށުގެ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ.

"އަޅުގަނޑުމެން ތަރައްގީ ކުރަމުންދާ ބަނދަރުތަކުގެ ތެރެއިން އެންމެ ގިނަ ދުވަސްވީ އެއް ބަނދަރަކީ އިހަވަންދޫ ބަނދަރު. އެއީ އެ ބަނދަރަށް ރައްޔިތުން ބޭނުންވާ ބަދަލުތައް އެކި ފަހަރު މަތިން ނެނައުމަށް،" އާޒިމް ވިދާޅުވި އެވެ.

އިހަވަންދޫގެ ބަނދަރު: މި ބަނދަރު މިހާރު މިވަނީ ބޮޑުކޮށް ޒަމާނީ ފެންވަރަކަށް ތަރައްގީކޮށްފައި. --ފޮޓޯ: އެމްޓީސީސީ
އިހަވަންދޫގެ ބަނދަރު: މި ބަނދަރު މިހާރު މިވަނީ ބޮޑުކޮށް ޒަމާނީ ފެންވަރަކަށް ތަރައްގީކޮށްފައި. --ފޮޓޯ: އެމްޓީސީސީ

އިހަވަންދޫގެ ބަނދަރު: މި ބަނދަރު މިހާރު މިވަނީ ބޮޑުކޮށް ޒަމާނީ ފެންވަރަކަށް ތަރައްގީކޮށްފައި. --ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީން ކުރިން ބުނެފައިވާ ގޮތުގައި އިހަވަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގައި 284 މީޓަރު ބޭރުތޮށި ހެދުމާއި، 178 މީޓަރު ރިވެޓްމަންޓް ޖެހުމާއި، 120 މީޓަރ ގްރޯއިން ޖެހުމާއި، 95 މީޓަރ އެއްގަމު ތޮށި ހެދުމާއި، ޕޭވްމަންޓް ހެދުމާއި، 2 ނެރު ބައްތި ޖެހުމާއި، ބަނދަރުގައި 27 ބައްތި ޖެހުމާއި، ރޭމްޕެއް ހެދުމާއި 2 މޫރިންގ ބްލޮކްސް ބެހެއްޓުމުގެ އިތުރުން އެއްގަމު ތޮށިން ބޭރުތޮށްޓަށް އެރުމަށް ވޯކްވޭއެއް ހެދުން ހިމެނެއެވެ.

މިއީ 51 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ.

ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ އިތުރުން އިހަވަންދޫގެ ބިން ހިއްކުން ވެސް ކުރިއަށް ދާ ކަމަށާއި އެ ރަށަށް 25 ހެކްޓަރުގެ ބިން ބޮޑުވެގެން ދާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox