ޔާމީނުގެ ފާޑުކިއުން ސަރުކާރުގެ އިގުތިސާދީ ސިޔާސަތަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީނު، ޕީޕީއެމްގެ ޖަލްސާގައި ވާހަކަދައްކަވަނީ. ސަރުކާރުގެ އިގުތިސާދީ ސިޔާސަތަށް އެމަނިކުފާނު  މިރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވި.

ކުރީގެ ރައީސް އަބްދުﷲ ޔާމީނު، ޕީޕީއެމްގެ ޖަލްސާގައި ވާހަކަދައްކަވަނީ. ސަރުކާރުގެ އިގުތިސާދީ ސިޔާސަތަށް އެމަނިކުފާނު މިރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވި.

ސަރުކާރުގެ އިގުތިސާދީ ސިޔާސަތަށާއި، އިގުތިސާދާ ބެހޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ދައްކަވާ ވާހަކަތަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު މިރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އަންނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި ތާއީދު ހޯދަން، ޕީޕީއެމްޕީއެންސީން ތިލަދުންމަތީގެ ރަށްތަކަށް ކުރާ ދަތުރުގައި ހއ. ދިއްދޫގައި މިރޭ ބޭއްވި ޖަލްސާއެއްގައި ޔާމީން ވިދާޅުވީ އިގުތިސާދު ކުރިއަށް ދާ ކަމަށް ވިދާޅުވެ، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ދައްކަވާ ވާހަކަ ތަފާސް ހިސާބުން ދައްކަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. ރާއްޖޭގެ އިގުތިސާދު މިދިޔަ އަހަރު 46 ޕަސެންޓް ކުރިއަށް ދިޔަ ކަމަށް އަމީރު ވިދާޅުވި ނަމަވެސް ކުރިއަށް ދިޔައީ އަމީރު ދައްކަވާ ބޭކާރު ވާހަކަ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އަމީރު ދައްކާ ވާހަކަ ސަތޭކަ ސާޅީސް ހަ ޕަސެންޓް މިއުޅެނީ ކުރިއަށް ޖެހިގެން. މީނާއަކަށް ނޭނގޭ މީނާއަށް ދެއްކޭ ވާހަކައެއް. ކީއްވެގެންތޯ ތަފާސް ހިސާބުން މި ނުދެއްކިގެން މިއުޅެނީ؟" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ރައްޔިތުންގެ ބޮލުގައި އެޅުވިކަމަށް ބުނާ ވަރުގެ ދަރަންޏެއް ނާޅުއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވި ކަމަށެވެ. އެހެން ނަމަވެސް ސޯލިހުގެ ވެރިކަމުގެ އެންމެ ހަތަރު އަހަރުގެ ތެރޭގައި އެތައް ގުނައަކަށް އިތުރުވެފައިވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"އަދި މިއުޅެނީ ހަތަރު އަހަރު ނުވެގެން. ހަތަރު އަހަރުގެ ތެރޭގައި މި ދަރަނި، ރައީސް ޔާމީނުގެ ސަރުކާރުގައި 80،000.ރ ބޮލަކަށް ޖެހޭ ކަމަށް ވަންޏާ މިހާރުގެ ދަރަންޏަކީ [ބޮލަކަށް] 184،000،" ޔާމީން ވިދާޅުވި އެވެ.

ދިއްދޫގައި މިރޭ އެމަނިކުފާނު އެރަށު ރައްޔިތުންނަށް ވައުދުތަކެއް ވެސް ވެވަޑައިގެންނެވި އެވެ. ރަައީސްކަމަށް އަލުން ވަޑައިގެންނެވިއްޖެ ނަަމަ އެރަށުގެ ފަޅުން ބިން ހިއްކައިގެން އެއާޕޯޓެއް އަޅުއްވައިދެއްވާނެ ކަަމަށް އެގޮތުން ވިދާޅުވި އެވެ.

ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި ޔާމީން ވަނީ ބާރަށާއި ކެލަޔަށް ވެސް ވަޑައިގެންފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox