ލޭންޑް ޔޫސް ޕްލޭނު ހަދައިގެން ފާސްކުރާނެ ކަމެއް ނެތް: ޔާމީން

ކެލާގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ.

ކެލާގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލުތަކުން އެކުލަވާލައި ޕްލޭނިން މިނިސްޓްރީން ފާސްކުރަން ޖެހޭ ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން މައި ސަރުކާރުން ފާސްކުރަން ނުޖެހޭ ކަމަށާއި އެމަނިކުފާނުގެ ވެރިކަމެއްގައި އެކަން އެގޮތަށް ބަދަލު ކުރައްވާނެ ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ތިން މަސް ދުވަހުގެ ތެރޭގައި އެކުލަވާލަން ހަވާލުކުރި ޕްލޭނުތައް ހެދުމުގައި ދިމާވި ފަންނީ ދަތިތަކާއި ގުޅިގެން އަދިވެސް ގިނަ ކައުންސިލުތަކަށް އެ ޕްލޭނުތައް ހުށަހެޅިފައެއް ނުވެ އެވެ. އެކަމާއި ގުޅިގެން ސަރުކާރަށް ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފަ އެވެ.

"އަޅުގަނޑު ވެސް މި ލޯކަލް ކައުންސިލުތައް ހިނގާ ގޮތް ދެ ދައުރެއްގައި އިހުސާސްކޮށްފިން، ތަޖުރިބާކޮށްފިން. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މިހާރު އޮތް ގޮތަށް އޮވެގެން މިކަން ހިންގޭނެ ކަމަކަށް. މިހާރު އޮތް ގޮތަށް އޮވެގެން އެއްވެސް ރަށެއްގެ ރައްޔިތުން ބޭނުންވާ އަދި އިގްތިސާދި މަންފާއެއް ހޯދުމަށް ސިނާއީ މަސައްކަތް ކުރުމަށް ބިން ދެވޭނެ ގޮތެއް ނޯވޭ،" ލާމަރުކަޒީ ނިޒާމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިރޭ ހއ. ކެލާގައި ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވި އެވެ.

ލޭންޑް ޔޫސް ޕްލޭނު ހަދައިގެން ސަރުކާރާ ހަމައަށް ދިޔުމުން އެކަން ކޮށްދޭން ބޭނުން ނުވާނަމަ އެ ހިސާބުން ޕްލޭނު "ބޮޑު ފޮއްޓަށް ލެވި ނިމުނީ" ކަމަށް ޔާމީން ވިދާޅުވި އެވެ.

"ކީއްކުރަންތޯ ކޮންމެހެން ލޭންޑްޔޫސް ޕްލޭން ހަދަންވީ. ލޭންޑް ޔޫސް ޕްލޭން ހަދައިގެން ފާސްކުރާނެ ކަމެއް ނެތް. އަޅުގަނޑު ގަބޫލުކުރާ ގޮތަކީ މިއީ. އަޅުގަނޑުމެންގެ ސަރުކާރެއްގައި މިކަން ކައުންސިލުތަކަށް ނޫނިއްޔާ ރައްޔިތުން ބާރުވެރިކުރުވުމަށް އެ ޕްލޭނަކީ އެއްގޮތަކަށް ވެސް މައި ސަރުކާރުން ފާސްކުރަން ޖެހޭ އެއްޗެއްގެ ގޮތުގައި މިހާރު އޮތް އޮތުން ނައްތާލާނަން،" އެމަނިކުފާނު ވައުދުވެ ވަޑައިގަތެވެ.

ބިން ބޭނުންކުރަންވާ ގޮތް ނިންމާނީ އެ ރަށެއްގެ ރައްޔިތުން ކަމަށާއި އެމަނިކުފާނުގެ ވެރިކަމުގައި ލޭންޑް ޔޫސް ޕްލޭނުގެ ކަންކަން ފަސޭހަ ކުރުމަށް އެ ޕްލޭނުގެ ބައެއް ބައިތަކަށް އެކަނި ބެލުމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއަށް ދެންނެވި ކަމަށް ޔާމީން ވިދާޅުވި އެވެ.

"ލޭންޑް ޔޫސް ޕްލޭން ހައްދަވާނީ އެ ރަށެއްގެ ރައްޔިތުން. މާލެއާ ހަމައަށް ފޮނުއްވަން ނުޖެހޭނެ. ފާސްކުރައްވާކަށް ނުޖެހޭނެ. އެ ލޭންޑް ޔޫސް ޕްލޭން ހަދައިގެން ބުރަ ވެސް އުފުލާނީ އަދީ އޭގެއިން ފައިދާ ވެސް ލިބޭނީ އެ ރަށެއްގެ ރައްޔިތުންނަށް. އެއީ ދެއްތޯ ރައްޔިތުން ބާރުވެރިކުރުމަކީ،" އެމަނިކުފާނުގެ ސަރުކާރެއްގައި ކަންކަން އިންތިޒާމު ކުރައްވާނެ ގޮތްތަކާ ގުޅޭގޮތުން އެމަނިކުފާނު މިރޭ ވިދާޅުވި އެވެ.

ދެކެން ބޭނުންވާ ތަރައްގީ ދެކެން ބޭނުންވާ ބާރު މިނުގައި އަންނާނީ އެގޮތަށް ކަންކަން ބަދަލުވުމުން ކަމަށް ޔާމީން ވިދާޅުވި އެވެ.

އެންމެ ފަހުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ޕްލޭނިން މިނިސްޓްރީން މިހާތަނަށް ވަނީ 19 ރަށެއްގެ ލޭންޑް ޔޫސް ޕްލޭން ފާސްކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox