ވާނުވާ ޖެހުމުގެ ކުޅިގަނޑު ހުއްޓުވައި، ބަންދުގައި ތިބި މީހުން މިނިވަން ކުރާނަން: ޔާމީން

Oct 16, 2022, 2:54 AM
އިހަވަންދޫގައި ރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ޔާމީން ވާހަކަ ދައްކަވަނީ. -- ފޮޓޯ: ޕީޕީއެމް

އިހަވަންދޫގައި ރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ޔާމީން ވާހަކަ ދައްކަވަނީ. -- ފޮޓޯ: ޕީޕީއެމް

ވާނުވާ ޖެހުމުގެ ކުޅިގަނޑު ހުއްޓުވާނެ ކަމަށާއި އެފަދަ ބަންދެއްގައި ތިބި މީހުން އެ މަނިކުފާނުގެ ވެރިކަމެއްގެ ފުރަތަމަ 10 ދުވަސްތެރޭގައި މިނިވަން ކުރާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު، ކުރީ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ހއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އިހަވަންދޫގައި ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދު ޖަހަން ޖެހޭނީ ބޮޑެތި މުޖުރިމުން ކަމަށާއި، އެ ނޫން ފަރާތްތައް އެފަދަ ގޮތަށް ބަންދު ކުރުމަކީ އިންސާފެއް ނޫން ކަމަށެވެ. އެކަން ހުއްޓުވުމަށްޓަކައި ގާނޫނަށް ގެންނާންޖެހޭ ބަދަލުތައް ގެންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ފަނޑިޔާރުން ތިކުރާ ކަންތައް އަޅުގަނޑުމެން ދެން ގާނޫނުން ރެގިއުލޭޓް ކުރާނަން،" ޔާމީން ވިދާޅުވި އެވެ.

Advertisement

ވާނުވާ ޖަހާފައިވާ އެތައް ބަޔަކު ޖަލުގައި އެބަ ތިބި ކަމަށާއި އެކަންކަމާ މެދު އަޅާލާނެ ބަޔަކު ވެސް ނެތް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ ސަރުކާރުގައި ފުރަތަމަ 10 ދުވަހުގެ ތެރޭގައި، ވާނުވާ ޖަހާފައި ތިބި ހުރިހާ އެންމެން އިރާދަކުރެއްވިއްޔާ ދޫކޮށްލާނަން. އެ މީހުން އެތާ ތިބޭކަށް ނުޖެހޭ،" އެ މަނިކުފާނު ވިދާޅުވި އެެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުން ދެ ހާލަތެއްގައި ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އަމުރު ފަނޑިޔާރަށް ނެރެވިދާނެ އެވެ. އެއީ، ތުހުމަތުގައި ހައްޔަރު ކުރެވޭ މީހާއަށް "ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެނަމަ" އަދި އެމީހާ ދޫކޮށްލައިފިނަމަ ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ހަތަރު ހާލަތުންކުރެ ހާލަތެއް އޮވެއްޖެނަމަ އެވެ. އެ ހަތަރު ހާލަތަކީ، ހެއްކަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކޮށްފާނެތީ، ނުވަތަ ކޯޓަށް ހާޒިރުނުވެދާނެތީ ނުވަތަ ފިލައިފާނެތީ ނުވަތަ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އެވެ.

މި ހާލަތްތަކުން ހާލަތެއް މެދުވެރިވެދާނެ ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވިއްޖެ ހާލަތެއްގައި އޭނާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ފަނޑިޔާރު އަމުރުކުރަންވާނެ ކަމަށް ގާނޫނުގައި ލިޔެފައިވެ އެވެ.

ރައީސްކަން ކުރައްވަން ދެ ވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ ވާނުވާ ޖެހުން ނިމުމަކަށް ގެންނާނެ ގޮތުގެ ތަސައްވުރެއް ޔާމީން ހިއްސާ ކުރެއްވެވި އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި ތުހުމަތެއްގައި ހައްޔަރު ކުރެވޭ މީހަކު އެންމެ ގިނަ ވެގެން ބަންދުގައި ބަހައްޓަން ވާނީ 10 ދުވަހަށެވެ. އިތުރަށް މުއްދަތު ޖަހަށް ކޯޓަށް ދިއުމުގެ ބަދަލުގައި ދާން ޖެހޭނީ ކުރާ ދައުވާއާއެކު ކަމަށް ވިދާޅުވި އެވެ.

ވާނުވާ ޖެހުން ނިމުމަކަށް ގެނައުމުގެ ވާހަކަ ދައްކަނީ އެ މަނިކުފާނަށް ޖަލު ބަންދު ތަޖުރިބާ ކުރެވިގެން ނޫން ކަމަށް އެއް ފަހަރު ވިދާޅުވިއިރު، އަނެއް ފަހަރު ވިދާޅުވީ އެ ވާހަކަ ދައްކަވަނީ ޖަލު ބަންދު ތަޖުރިބާ ކުރެވުމުން އެނގިގެން ދިޔަ ކަންކަމުން ކަމަށެވެ.

"ތެދެއްވެސްމެ، މި ޝުއޫރުތަކާއި މި ޖަޒުބާތު މި އަންނަނީ މިކަންތަކުގައި އުޅެލަން ޖެހުނީމަ،" ޖަލު ތަޖުރިބާ އާއި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހުރުމަށް އިޝާރަތް ކުރައްވައި ޔާމީން ވިދާޅުވި އެވެ.

މިހާރު ރާއްޖޭގައި މިއޮތް އަދުލްއިންސާފުގެ ނިޒާމު ދިވެހި ރައްޔިތުން ގަބޫލު ނުކުރާ ކަމަށާއި ހަމައެކަނި އިތުބާރު ކުރެވޭ ތަނެއްގެ ގޮތުގައި އޮތީ ސުޕްރީމް ކޯޓު ކަމަށް ޔާމީން ވިދާޅުވި އެވެ.

ޔާމީންގެ މައްޗަށް ކުރިން ކުރި މަނީލޯންޑްރިންގެ ދައުވާ ސާބިތު ނުވާ ކަމަށް ކަނޑައަޅައި, ދަށު ކޯޓުން އިއްވާފައި އޮތް ހުކުމް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ބާތިލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެއާއެކު އެ މަނިކުފާނު މިނިވަންވެ، ރިޔާސީ ޓިކެޓް ލިބުމަށް މަގު ފަހިވި އެވެ.

ސުޕްރީމް ކޯޓަށް އިތުބާރު އޮތް ނަމަވެސް އެ ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ޖަވާބުދާރީ ވެވަޑައިގަންނަވަންޖެހޭ ބޭފުޅުން ތިއްބެވި ކަމަށް ޔާމީން ފާހަގަ ކުރެއްވެވި އެވެ. ނަމަވެސް ފަނޑިޔާރެއްގެ ނަމެއް، އަދި ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭ ސަބަބެއް ވިދާޅެއް ނުވެ އެވެ.

އެއްވުންތަކުން ހައްޔަރުކުރާތީ ނުރުން

ދިވެހިރާއްޖެ އދ. ގެ ހިއުމަން ރައިޓްސް ކައުންސިލަށް ހޮވުނު ނަމަވެސް، ރާއްޖޭގައި އިންސާނީ ހައްގެއް ނެތް ކަމަށާއި އިންސާނީ ހައްގު އޮންނަ ނަމަ، ހިޔާލު ފާޅުކުރަން އެއްވާ މީހުންނަށް ލާއިންސާނީ ގޮތަށް އަމަލުކުރުން ހުއްޓާލަންޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި އެއްވުމުން ހައްޔަރުކޮށްގެން ގެންދާ މީހުން ބަންދުގެ މުއްދަތު ޖެހުން ވެސް ހުއްޓާލަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ޑިމޮކްރަސީއެއް ރާއްޖޭގައި އޮންނަންޖެހޭ. ކޮންމެ ސަރުކާރެއް އޮތަސް އަޑުއުފުލުމުގެ ޖާގަ އޮންނަންޖެހޭ،" ޔާމީން ވިދާޅުވި އެވެ.

އެކަން ފަނޑިޔާރުން ވެސް ގަބޫލުކުރައްވަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ދާދި ފަހުން މަސް މާރުކޭޓް ކައިރީގައި ޕީޕީއެމްއިން ކުރި މުޒާހަރާގެ ބައިވެރިޔަކު ހައްޔަރުކުރަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ދާދި ފަހުން މަސް މާރުކޭޓް ކައިރީގައި ޕީޕީއެމްއިން ކުރި މުޒާހަރާގެ ބައިވެރިޔަކު ހައްޔަރުކުރަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ދާދި ފަހުން މަސް މާރުކޭޓް ކައިރީގައި ޕީޕީއެމްއިން ކުރި މުޒާހަރާގެ ބައިވެރިޔަކު ހައްޔަރުކުރަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ސަރުކާރާ ދެކޮޅަށް އަޑު އުފުލާ މީހުން ބަންދު ކުރަނީ އިންޓެލިޖެންސްގެ ރިޕޯޓެއްގެ މައްޗަށްކަން ފާހަގަ ކުރައްވައި އެކަމާ މެދު ޔާމީން ނުރުހުން ފާޅުކުރެއްވެވި އެވެ. އިންޓެލިޖެންސް ލިބޭ ނަމަ މުޒާހަރާ ކުރާ މީހުންގެ ފަހަތުން ދިއުމުގެ ބަދަލުގައި ދާންވީ މަސްތުވާ ތަކެއްޗާއި ޓެރަރިޒަމްގެ އަމަލުތައް ހިންގާ މީހުންގެ ފަހަތުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެއްވެ އުޅުމުގެ މިނިވަންކަން އޮންނަންވާނެ. މިހާ އަވަހަށް ފުލުހުން ނުކުމެ، ހިނގާ ކަމަކާ ނުބައްދަލު ބާރު ބޭނުން ކޮށްގެން، ޓިޔަ ގޭސް ބޭނުންކޮށްގެން އެހެން ކަންތައް ކޮށްގެނެއް މީހުން ހައްޔަރެއް ނުކުރެވޭނެ. މިއީ އަޅުގަނޑުމެންގެ ސަރުކާރެއް ﷲ ގެ ރަހުމަތުން އަޅުގަނޑުމެންގެ ސަރުކާރެއް އައިސްފި ކަމަށް ވަންޏާ މިއީ އަޅުގަނޑު ދޭ އިންޒާރެއް. ފުލުހުންނަކަށް އެ ޖާގައެއް ދެން ކުރިޔަށް އޮތްތަނުގައި ނޯންނާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

މިހާރު މަގާމުތަކުގައި ތިއްބެވި ފަރާތްތައް، އެ މަނިކުފާނުގެ ވެރިކަމެއްގައި ޖަވާބުދާރީ ކުރުވާނެ ކަމަށް ވިދާޅުވި އެވެ.

"މޭޒުގެ އަނެއް ފަރާތުގައި ތިބެންޖެހޭ ދުވަހު ޒިންމާ ތަކެއް އުފުލަންޖެހޭނެ ބަޔަކު އެ ތިބީ. އެ ޒިންމާ އުފުލަން ޖެހޭނެ. އެ ޒިންމާ އުފުލަން ޖެހޭނެ. އެ މީހުން ޒިންމާ ކުރުވަން އަޅުގަނޑަށް ކެރޭނެ،" ފަނޑިޔާރުންނާއި ސިޔާސި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ސިފައިންނާއި ފުލުހުންނަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވި އެވެ.

ކުރިން ހުއްދަ ހޯދުމަކާ ނުލައި މާލޭގެ ކާނިވާ ނޫން ސަރަހައްދަކަށް އެއްވުން މަނާ ކުރީ އޯގަސްޓް 17، 2016 ގައި ޔާމީނުގެ ވެރިކަމުގަ އެވެ. އެ ގާނޫނު ފާސްވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އެއީ އަމަލު ކުރަންޖެހޭ އިސްލާހެއް ނޫން ކަމަށާއި އެމްޑީޕީގެ ވެރިކަމެއްގައި އެ ގާނޫނު އުވާލާނެ ކަމަށެވެ. ނަމަވެސް، މިއަދާ ހަމައަށް ވެސް ގާނޫނު އުވާ ނުލަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox