ރާއްޖެ-ޗައިނާ ގުޅުން ބިނާވެފައި ވަނީ ސިޔާދަތީ ހަމަހަމަކަމާއި އިސްތިގުލާލަށް ކުރާ އިހުތިރާމުގެ މައްޗަށް: ރައީސް

ޗައިނާގެ ސްޓޭޓް ކައުންސިލަރު އަދި ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް

ޗައިނާގެ ސްޓޭޓް ކައުންސިލަރު އަދި ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގާތް ގުޅުން ބިނާވެފައި ވަނީ ސިޔާދަތީ ހަމަހަމަކަމާއި، ދެ ގައުމުގެ މެދުގައި އޮތް އިހުތިރާމުގެ ބިންގަލުގެ މައްޗަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ޗައިނާ އާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި، ރައީސް ސޯލިހު ވަނީ އެ ގައުމުގެ ރައީސް ޝީ ޖިންޕިން އާއި. އެގައުމުގެ ބޮޑުވަޒީރު ލީ ކީކުޔާންއަށް ތަހުނިޔާ ވިދާޅުވެފަ އެވެ.

އެމަނިކުފާނު ޗައިނާގެ ރައީސަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ދެ ގައުމުގެ މެދުގައި އޮތް އެކުވެރި ގާތްގުޅުމަކީ، ދިގު ތާރީހެއް އޮތް ގުޅުމެއް ކަމަށާއި އަދި ފާއިތުވި ވިހި އަހަރުގެ ތެރޭގައި، ރާއްޖޭގެ އިޖުތިމާއީ، ސަގާފީ އަދި އިގްތިސާދީ ތަރައްގީގައި ޗައިނާއިން ނުހަނު ބޮޑު ހިއްސާއެއް ވެފައިވާ ކަމަށެވެ.

އެގޮތުން، ދެ ގައުމުން މިއަހަރުގެ ކުރީކޮޅު ސޮއިކުރި ފަސް އެއްބަސްވުމަށް އަލިއަޅުއްވާލައއްވައި އެމަނިކުފާނު ވަނީ އޭގެ ސަބަބުން ދެގައުމުގެ ގުޅުން މުސްތަގުބަލުގައި އިތުރަށް ބަދަހިވެގެން ދިޔުމަށް މަގުފަހިވެގެންދާނޭ ކަމަށް ޔަގީންކުރައްވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

"ދިވެހިރާއްޖެއާ ޗައިނާގެ ގުޅުން ބިނާވެފައި ވަނީ، ތާރީހީ ގުޅުންތަކާއި، ސިޔާދަތީ ހަމަހަމަކަމާއި، ދެގައުމުގެ މެދުގައި އޮތް އިހުތިރާމުގެ ބިންގަލުގެ މައްޗަށް ކަމަށެވެ. އަދި، ދިވެހިރާއްޖެއާ ޗައިނާގެ މިގުޅުން ކުރިއަރައި ދެމިގެންދާނޭ ކަމަށްވެސް ޔަގީން ކުރައްވަން،" އެމަނިކުފާނުގެ ސިޓީފުޅުގައި ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އިޖުތިމާއީ ތަރައްގީ އާއި އިގްތިސާދީ ތަރައްގީގެ އާ އުސްމިންތަކަށް ރާއްޖެ ވާސިލުވުމުގައި، ޗައިނާއިން ދެމުން އަންނަ އެއްބާރުލުމާއި ވެދޭ އެހީއާ އެކު، ޗައިނާއަކީ ރާއްޖެއަށް ވަރަށް މުހިންމު ބައިވެރިއެއް ކަމަށް ބޮޑުވަޒީރަށް ވަކިން ފޮނުއްވި ސިޓީއެއްގައި ރައީސް ސޯލިހު ވިދާޅުވި ކަމަށް އެމަނިކުފާނުގެ އޮފީހުން ބުނެ އެވެ.

ރާއްޖެ-ޗައިނާ ޑިޕްލޮމެޓިކް ގުޅުމަށް 50 އަހަރު ފުރިފައިވާއިރު ޗައިނާ ސަރުކާރުގެ އެހީގެ ދަށުން ރާއްޖޭގައި ބިޔަ ޕްރޮޖެކްޓުތައް ހިންގާފައި އެބަހުއްޓެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ބަދަހިވެގެންދިޔަ އެވެ. އެގޮތުން، ޗައިނާގެ ރައީސް ޝީ ޖިންޕިން ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ވެސް ކުރެއްވި އެވެ. އަދި، ރައީސް ޔާމީން ވެސް ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި އެވެ.

ރާއްޖޭގެ ހާރިޖީ ސިޔާތުގައި އެންމެ ނުފޫޒު ގަދަ ގައުމަކަށް އޭރު ވެފައި އޮތީ ޗައިނާ އެވެ. އަވަށްޓެރި އިންޑިއާ އާ ދެމެދު އޮތް ގުޅުން ހީނަރުވެގެންދިޔަ އެވެ. ނަމަވެސް، މި ސަރުކާރު އައިސް އަލުން އަނބުރާ އިންޑިއާ އާއެކު އޮތް ގުޅުން ވަނީ އިޔާދަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox