ކޯޓު އަމުރާ ހިލާފަށް އަރުޝަދު ދޫކޮށްލި މައްސަލަ ޕީޖީން އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި

ޕީޖީ ޝަމީމާއި ސީޕީ ހަމީދާއެކު--

ޕީޖީ ޝަމީމާއި ސީޕީ ހަމީދާއެކު--

ފުޅާ ދާއިރާގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކުރާ ގދ. ހޯނޑެއްދޫ އަލޯރާ، އަރުޝަދު ހާލިދު ލަންކާއިން ރާއްޖެ ގެނެސް ކޯޓަށް ހާޒިރުކުރުމުގެ ކުރިން އޭނާ ދޫކޮށްލި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި އެވެ.

އަރުޝަދު ލަންކާގައި ހުއްޓައި ބަންދުގައި ބަހައްޓައިގެން ހާޒިރުކުރުމަށް ހައިކޯޓުން ވަނީ ފުލުހުންނަށް އަމުރެއް ދީފަ އެވެ. އޭނާ ލަންކާއިން މާލެ ގެނެސް، ބަންދާމެދު ގޮތެއް ނިންމަން ހައިކޯޓުގައި ތާވަލުކޮށްފައި އޮތީ ރޭ 7:45 އަށެވެ.

ނަމަވެސް، ފުލުހުންގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް އޮއްވައި، ރޭ ތާވަލުކުރި އަޑުއެހުމަށް އޭނާ ހާޒިރުވީ އަމިއްލައަށް ކަމަށް ކޯޓުން ބުނެ އެވެ.

މިކަމާ ގުޅިގެން ޕީޖީ އޮފީހުން މިއަދު ބުނީ އަރުޝަދު ހައްޔަރުކުރުމަށް ހައި ކޯޓުން އަމުރު ކުރުމުން އަމަލު ކުރަންވީ ގޮތުގެ އިރުޝާދު ޕީޖީ އޮފީހުން އައީ ފުލުހުންނަށް ދެމުން ކަމަށާއި އެހެންނަމަވެސް އެކަމުގައި ފުލުހުން އަމަލު ކޮށްފައިވަނީ އެ އަމުރާ ހިލާފަށް ކަމަށެވެ.

"އަރުޝަދު ހާލިދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު، އޭނާ ބަންދުން ދޫކޮށްލުމަށް މި އޮފީހުން އެއްވެސް އިރުޝާދެއް ދީފައި ނުވާނެ އެވެ. އަދި އޭނާ ބަންދުން ދޫކޮށްލުމާ ގުޅޭގޮތުން ފުލުހުން މި އޮފީހުގެ ލަފަޔަކަށް އެދިފައި ވެސް ނުވެ އެވެ." ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

އޭނާ ދޫކޮށްލާފައިވަނީ މައްސަލަ ތަހުގީގު ކުރާ ފަރާތާއި އެ ޑިޕާޓްމެންޓަށް ވެސް އެނގުމެއް ނެތި ކަން ފާހަގަކޮށް ޕީޖީން އިތުރަށް ބުނީ އޭނާ ހައްޔަރުން ދޫކޮށްލި ލިޔުން ތައްޔާރުކުރި ފުލުސް އޮފިސަރުންގެ މައްސަލަ ބެލުމަށް އިންޓެގްރިޓީ ކޮމިޝަނަށް އަންގައި، ޕޮލިސް ބޯޑުގެ ސަމާލުކަމަށް ވެސް ގެނެސްފައިވާ ކަމަށް ބުނެފައިވެ އެވެ.

މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފުލުހުން އަތުލި 119 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހުރީ އަރުޝަދު ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ. އޭނާ ރާއްޖޭން ފުރައިގެން ދިޔައީ އެ ޝިޕްމެންޓް ރާއްޖެ އެތެރެކުރި ޑިސެމްބަރު 12 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

އޭގެ ކުރިން ރާއްޖެ އެތެރެކުރި 9 ކިލޯއެއްގެ ޑްރަގު މައްސަލައިގައި ކްރިމިނަލް ކޯޓުގައި އޭނާގެ މައްޗަށް ދައުވާކުރި ނަމަވެސް، އެ މައްސަލަ ސާބިތުނުވީ އަރުޝަދު އާ ގުޅުންހުރި ތަނަކުން މަސްތުވާތަކެތި ފެނިފައިނުވުމާއި، ފެނުނު މަސްތުވާތަކެއްޗާއި އޭނާއާ ގުޅުމެއް އޮތްކަން ސާބިތުވެފައިނުވާތީ އެވެ. އެ މައްސަލަ ދައުލަތުން އޮތީ އިސްތިއުނާފުކޮށްފަ އެވެ.

އަރުޝަދުގެ ޕާސްޕޯޓު ހިފަހައްޓަން ހައިކޯޓުން ރޭ އަމުރުކޮށްފައިވާއިރު، އެއްވެސް ބޭނުމެއްގައި މާލޭން ބޭރަށް ދާންޖެހޭނީ ކޯޓުގެ ލިޔުމަކުން ހުއްދަ ލިބިގެން ކަމަށް ހައިކޯޓުގެ ނިންމުމުގައި ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox