ބޯހިމެނުމުގެ މަސައްކަތް އެއް ހަފްތާއަށް އިތުރުކޮށްފި

Oct 12, 2022, 2:45 PM
ބޯހިމެނުމަށް ހަރަކާތްތެރިވާ އެނިއުމަރޭޓަރެއް--- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ބޯހިމެނުމަށް ހަރަކާތްތެރިވާ އެނިއުމަރޭޓަރެއް--- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މާލެ ސަރަހައްދުން އެކި ސަބަބުތަކާ ގުޅިގެން ބޯހިމެނުމުގައި ބައިވެރިނުވާ މީހުންގެ މައުލޫމާތު އެއް ކުރުމަށް ބޯހިމެނުމުގެ މަސައްކަތް އިތުރު އެއް ހަފްތާއަށް ދިގު ދަންމާލަން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ނިންމައިފި އެވެ.

ގެތަޅުލާފައި ހުރުމުގެ ސަބަބުން މައުލޫމާތު ނުލިބިވާ ގެތަކުގެ ތެރެއިން 41 ޕަސެންޓު ގޭގެ މައުލޫމާތު މިހާރު އެއް ކުރެވިފައިވާ ކަމަށާއި ބޯހިމެނުމުގައި ބައިވެރިނުވެވޭ ކަން އަންގަމުންދާ ފަރާތްތަކުން މައުލޫމާތު ވެސް މިހާރު އެއް ކުރަމުން އަންނަ ކަމަށް އެ ބިއުރޯއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފަައިވެ އެވެ.

އަދި، އަމާޒަކީ މި ހުރިހާ މަސައްކަތެއް މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ނިންމާލުން ކަމަށް ބުނެފައިވެ އެވެ.

ބޯހިމެނުމުގައި މިހާތަނަށް ބައިވެރިނުވެވޭ ފަރާތްތަކުން ބިއުރޯގެ ހޮޓްލައިން 1423 އަށް ގުޅައިގެން މައުލޫމާތު ދިނުމަށް އެދިފައިވެ އެވެ.

މި މަސައްކަތް އެއްކޮށް ނިންމާލައި، ބޯހިމެނުމުގެ ރަސްމީ ނަތީޖާ އިއުލާނު ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ގަ އެވެ.

ރާއްޖޭގައި އެންމެ ފަހުން ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ 2014 ވަނަ އަހަރު އެވެ. މިއީ އެފަހުން ބޯހިމެނި ފުރަތަމަ ފަހަރެވެ.

މިފަހަރުގެ ބޯހިމެނުމަށް މައުލޫމާތު އެއްކުރާއިރު ގޭބީސީތަކުގެ އިތުރުން ވިޔަފާރިތަކާއި އެކި މަސައްކަތްތަކާ ގުޅޭ މައުލޫމާތު ވެސް ވަނީ އެއްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑެތި ހުރިހާ މަޝްރޫއެއް ވަނީ މަޑުޖެހިފައި: މުއިއްޒު

ދަރަނި ދެއްކުމަށާއި ޒަރޫރީ ޚިދުމަތްތަކަށް އިސްކަންދިނުމުގެ ސަބަބުން، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް މަޑުޖެހިފައިވާ ކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންނެވި. މިކަން މިގޮތަށް ދިމާވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ފަތުރުވެރިން އަންނަ މިންވަރު މަދުވުމުން ފިސްކަލް މެނޭޖްމަންޓަށް ބަދަލު ގެނައުމުން ކަމަށް އެމަނިކުފާނު ވިދާޅުވި.

މިރޭގެ ޖަލްސާއަށް އެއްލައްކަ މެންބަރުން ހަމަނުކުރެވުނު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އިތުރުކުރުމަށް ހިފި އަމާޒަށް މިރޭގެ ޖަލްސާއާ ހަމައަށް ވާސިލުނުވެވުމުން، އެ އަމާޒު ހާސިލުކުރުމުގެ ވަގުތު މިރޭ މެންދަމު 12 އާ ހަމައަށް ވަނީ އިތުރުކޮށްފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި އެ ޕާޓީއަށް އެއްލައްކަ ހަމަވާން އަދި 1,992 މެންބަރުން އިތުރަށް ބޭނުންވޭ.

ހުޅުމާލޭގައި އަޅާ ކޯޓު ކޮމްޕްލެކްސްގެ ބިންގާ އަޅައިފި

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ޝަރުއީ ދާއިރާގެ ހިންގުން އެއް ފުރާޅެއްގެ ދަށަށް ގެނެސް، ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ފެށި 699.8 މިލިއަން ރުފިޔާގެ މަޝްރޫއެއް. މި އިމާރާތުގައި ހައިކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިތުރުން ޑީޖޭއޭގެ އޮފީސް ވެސް ހިންގުމަށް ވަނީ ހަމަޖެހިފަ.

ޕީއެންސީއަށް 100،000 މެންބަރުން މުވައްޒަފުންނަށް މަޖުބޫރުކުރަނީ

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް ހަމަކުރުމަށްޓަކައި، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށް ވަޒީފާގެ ބިރުދައްކަމުންދާކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ. މި އަމާޒަށް ވާސިލުވުމަށް އެހެން ޕާޓީތަކުގެ މެންބަރުން ޕީއެންސީއަށް ބަދަލުވުމަށް އަންގަމުންދާއިރު، މެންބަރުން އިތުރުކުރުމަށް ފައިސާ ބަހާކަމުގެ ތުހުމަތުތައްވެސް ވަނީ ފެންމަތިވެފައެވެ.

މުވައްޒަފުންނަށް ސިޔާސީ މަޖުބޫރުކުރުން ކުށަކަށް ހަދާ ބިލެއް

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ސިޔާސީ މަޖުބޫރުކުރުން ޖިނާއީ ކުށަކަށް ހަދަން ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި. މީކާއީލް ނަސީމް ހުށަހެޅުއްވި މި ބިލުގެ މަގްސަދަކީ މުވައްޒަފުންގެ ސިޔާސީ މިނިވަންކަން ހިމާޔަތްކޮށް، ވަކި ޕާޓީއަކަށް ވަނުމަށް ނުވަތަ ހަރަކާތްތަކުގައި ބައިވެރިވުމަށް ނުފޫޒު ފޯރުވުން ހުއްޓުވުން.

ސިޓިޒެންސް ޕޯޓަލް ދެވަނަ ފަހަރަށް އިފްތިތާހުކޮށްފި

ރައީސް މުއިއްޒަށް ރައްޔިތުންގެ ޝަކުވާތަކާއި ޚިޔާލުތައް ސީދާ ހުށަހެޅޭ ގޮތަށް "ސިޓިޒެންސް ވޮއިސް" ޕޯޓަލް ދެވަނަ ފަހަރަށް ވަނީ އިފްތިތާހުކޮށްފައި އީ-ފާސް މެދުވެރިކޮށް ވަދެވޭ މި ޕޯޓަލްގެ ހިދުމަތް މިވަގުތު ވެބްސައިޓުން ލިބުނު ނަމަވެސް، ކުރިއަށް އޮތްތަނުގައި މޯބައިލް އެޕްލިކޭޝަނެއް ތައާރަފުކުރުމަށް ވަނީ ނިންމާފައި.

"މިހާރު ފެށެން މި އުޅެނީ ރާއްޖޭގެ މިނިވަންކަން ނިމުމުގެ ފެށުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ފަރާތްތަކާއި ޒަޔަނިސްޓުން ރާއްޖޭގައި ވަޒަންވެރިކުރުވަން ފަށައިފިނަމަ، ގައުމުގެ މިނިވަންކަން ގެއްލިދާނެ ކަމަށާއި، މި މަޝްރޫއުގެ މާލީ ތަފްސީލުތައް ކަމާބެހޭ އިދާރާތަކަށް ނޭނގޭއިރު، މިއީ މަދު ބައެއްގެ މެދުގައި ސިއްރުވެފައިވާ ކަމެއްކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox