މޫސުން ތަންނުދޭތީ ޔާމީންގެ ތިލަދުންމަތި ދަތުރު ފަސްކޮށްފި

Oct 12, 2022, 12:08 PM
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް ޔާމީން-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް ޔާމީން-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މޫސުން ގޯސްވުމުގެ ސަބަބުން، އިދިކޮޅު ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތިލަދުންމައްޗަށް ކުރައްވަން ނިންމެވި ދަތުރު ފަސްކުރައްވައިފި އެވެ.

ހއ. އަތޮޅުގެ ފަސް ރަށަކަށް ޔާމީން ކުރައްވާ ދަތުރު ފަށަން ހަމަޖެހިފައި އޮތީ މިއަދު އެވެ. ނަމަވެސް ޕީޕީއެމް އިން މިއަދު ބުނީ މޫސުން ގޯސްވުމުގެ ސަބަބުން، އެމަނިކުފާނު ފުރާވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު އެ އަތޮޅުގެ ކެލާ، ބާރަށް، އިހަވަންދޫ، ދިއްދޫ އަދި ތުރާކުނަށް ވަޑައިގަންނަވާނެ އެވެ.

މި ދަތުރުގެ ތެރެއިން ޕީޕީއެމްގެ މެނިފެސްޓޯއަށް މައުލޫމާތު އެއްކުރުމާއި، ރައްޔިތުން ބޭނުންވާ ކަންކަން ދެނެގަތުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ޕީޕީއެމުން ބުނެ އެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ޔާމީން ވަނީ މިދިޔަ މަހު ދ. ކުޑަހުވަދޫއަށް ވެސް ވަޑައިގެންފަ އެވެ.

ޔާމީން ލީޑު ކުރައްވާ އިދިކޮޅު ކޯލިޝަނުން އެންމެ ބޮޑަށް ވަކާލާތު ކުރަމުން ދަނީ މިހާރު އޮތް ސަރުކާރުން އިންޑިއާއާއެކު ބާއްވާ ގުޅުންތަކާއި ޚާރިޖީ ސިޔާސަތު ގައުމުގެ މިނިވަންކަމަށް އަސަރުކުރާ ކަމަށެވެ.

"އިންޑިއާ މިލިޓަރީ އައުޓް" ގެ ނަމުގައި ކެމްޕޭން ހަރަކާތެއް ވެސް ހިންގި އެވެ. ނަމަވެސް އެ ހަރަކާތް ހުއްޓުވަން ވެގެން ސަރުކާރުން ދަތި ކުރަމުން ދާތީ މި ވަގުތަށް މަޑުޖައްސާލާފައިވާ ކަމަށް ޔާމީން މި ފަހުން ޓީވީ ޕްރޮގްރާމެއްގައި ވިދާޅުވެފައިވެ އެވެ.

ޔާމީންގެ އިތުރުން ރިޔާސީ އިންތިހާބަށް ދެން ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއި، އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި، ކުރީގެ ހޯމް މިިނިސްޓަރު އުމަރު ނަސީރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox