އިންޓަނެޓު ބޭނުން ކުރުމުގައި ކުޑަކުދިން ރައްކާތެރިކުރުމުގެ ސެޝަންތަކެއް ބާއްވަނީ

މީގެ ކުރިން ޓެކްނޮލަޖީ މިނިސްޓްރީއިން ކުރިއަށް ގެންދިޔަ އިންޓަނެޓް އެވެއާނެސް ސެޝަންއެއްގެ ތެރެއިން -- ފޮޓޯ: އެންވަޔަރަމަންޓު މިނިސްޓްރީ

މީގެ ކުރިން ޓެކްނޮލަޖީ މިނިސްޓްރީއިން ކުރިއަށް ގެންދިޔަ އިންޓަނެޓް އެވެއާނެސް ސެޝަންއެއްގެ ތެރެއިން -- ފޮޓޯ: އެންވަޔަރަމަންޓު މިނިސްޓްރީ

މި މަހު ފާހަގަ ކުރަމުންދާ ސައިބާ ސޭފްޓީ އެވެއާނެސް މަހުގެ ޕްރޮގްރާމްތަކުގެ ދަށުން ޓެކްނޮލަޖީ މިނިސްޓްރީ އާއި އެންސީއައިޓީ ގުޅިގެން އިންޓަނެޓުގައި ކުޑަކުދިން ރައްކާތެރި ކުރުމުގެ ސެޝަންތަކެއް އަންނަ ހަފުތާގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

މި މަހުގެ 17، 18 އަދި 19 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ސެޝަންތަކުގައި ދުނިޔޭގެ ޓެކްނޮލަޖީގެ ދާއިރާއިން އެންމެ އުހުގައި ގުނާލެވޭ އެއް ކުންފުނި ކަމަށްވާ މައިކްރޮސޮފްޓުގެ މާހިރުން ބައިވެރިވާނެ އެވެ.

އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުުރުސަތު ދިނުމުގެ ގޮތުން މި ސެޝަންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށްވެސް ޓެކްނޮލަޖީ މިނިސްޓްރީއިން ބުނެފައިވެ އެވެ.

ސެޝަންތަކުގެ ތަފްސީލު ދެމުން އެ މިނިސްޓްރީއިން ބުނެފައިވަނީ 17 ވަނަ ދުވަހު "އޮންލައިން އިންޓަރެކްޝަންސް އެންޑް ރެޑް ފްލޭގްސް" ގެ ނަމުގައި ބޭއްވޭ ފުރަތަމަ ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެވޭނީ އޮންލައިންކޮށް އެކިއެކި ޕްލެޓްފޯމްތަކުގައި މެސެޖުކޮށް މުއާސަލާތު ކުރުމުގައި ދިމާވެދާނެ ނުރައްކާތަކާއި، ސަމާލު ވާންޖެހޭ ކަންތައްތަކާއި، ނުދަންނަ މީހުނާ އޮންލައިންކޮށް މުއާމަލާތް ކުރުމުގައި ގެންގުޅެންޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ކަމަށެވެ.

"ބީން އެވެއާ އޮފް ވަޓް ޔޫ ޝެއާ އޮންލައިން" ގެ ނަމުގައި 18 ވަނަ ދުވަހު ބޭއްވޭ ދެވަނަ ސެޝަންގައި ކުދިންގެ ޑިޖިޓަލް ފުޓްޕްރިންޓްތަކާ ބެހޭ ގޮތުންނާއި، އެކުދިންނާ ބެހޭ ގޮތުން އެހެން މީހުންނަށް ހޯދައި ފެންނާނެ މައުލޫމާތާއި، އެއިން ކޮށްފާނެ ނޭދެވޭ އަސަރުތައް ކިޔައިދެވިގެންދާނެ ކަމަށްވެސް ޓެކްނޮލަޖީ މިނިސްޓްރީއިން ބުނެފައިވެ އެވެ.

އެންމެ ފަހު ސެޝަންގެ ގޮތުގައި 19 ވަނަ ދުވަހު "ޕްރޮޓެކްޓިން ކިޑްސް އޮންލައިން" ގެ ނަމުގައި ބޭއްވޭ ސެޝަންއަކީ އޮންލައިން ޕްލެޓްފޯމް ތަކުގައި ކުޑަ ކުދިންގެ ރައްކާތެރިކަމަށް ބޭނުންވާ ހުނަރާއި ވަސީލަތްތައް ދެނެގަތުމަށް މުދައްރިސުންނާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން ބޭއްވޭ ހާއްސަ ސެޝަން އެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox