ކެރަމް ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖެ އަށް ދެ ލޯ މެޑަލް

Oct 9, 2022, 8:39 AM
ރާއްޖޭގެ ގައުމީ ކެރަމް ޓީމު މެޑަލް ހިފައިގެން.--- ފޮޓޯ: ތީރު މީޑިއާ

ރާއްޖޭގެ ގައުމީ ކެރަމް ޓީމު މެޑަލް ހިފައިގެން.--- ފޮޓޯ: ތީރު މީޑިއާ

މެލޭޝިއާގެ ލަންކާވީގައި މި މަހު ކުރިއަށްދިިޔަ ކެރަމް ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖެ އަށް ދެ ލޯ މެޑަލް ހޯދައިފި އެވެ.

މި މަހު 3-7 އަށް ކުރިއަށްދިޔަ މުބާރާތުގައި ރާއްޖޭން މެޑަލް ހޯދީ ފިރިހެން ޓީމު އިވެންޓާއި އަންހެން ޑަަބަލްސް އިވެންޓުންނެވެ.

އަންހެން ޑަބަލްސް އިވެންޓުން ލޯ މެޑަލް ހޯދީ ރާއްޖޭގެ އައިޝަތު ފައިނާޒު އާއި އައިމިނަތު ވިދާދުގެ ޕެއާ އިންނެވެ. ސެމީގައި ވާދަކޮށް ފައިނާޒާއި ވިދާދުގެ ޕެއާ ބަލިވީ އިންޑިއާގެ ރަޝްމީ ކުމާރީ އާއި ނީލަމް ޖީ އަތުން 1-25 އާއި 13-25 އިންނެވެ. އެހެންވެ، ޖެހުނީ ތިން ވަނަ ހޮވާ މެޗުގައި ސްރީ ލަންކާގެ ޕެއާ އަކާ ދެކޮޅަށް ކުޅޭށެވެ.

ތިން ވަނަ ހޮވާ މެޗުގައި ލަންކާގެ ރިބެކާ ޑީ އާއި މަދުވަންތީ ޖީ އަތުން ފައިނާޒާއި ވިދާދުގެ ޕެއާ މޮޅުވީ ތިން ގޭމް ކުޅެގެންނެވެ. ރާއްޖޭގެ ޕެއާ މޮޅުވީ 2-1 އިންނެވެ. މި މެޗުގެ ފުރަތަމަ ގޭމް ރިބެކާ އާއި މަދުވަންތީ ޕެއާ އިން ކާމިޔާބު ކުރި އެވެ. ވިދާދާއި ފައިނާޒުގެ ޕެއާ މޮޅުވީ ފަހަތުން އަރައި ދެން ކުޅުނު ދެ ގޭމް ގެންގޮސްގެންނެވެ.

އަންހެން ޑަބަލްސް އިވެންޓުން ލޯ މެޑަލް ހޯދި ރާއްޖޭގެ ވިދާދު އާއި ފައިނާޒްގެ ޕެއާ.-- ފޮޓޯ: ތީރު މީޑިއާ

ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ފިރިހެން ޓީމު ސެމީ ފައިނަލުން ޖާގަ ހޯދީ، ސިންގަޕޫރު އަތުން 2-1 އިން މޮޅުވީ، އަނެއް ދެ މެޗުގައި އިޓަލީ އާއި ނޭޕާލު އަތުން ތިން ޓައި އިން ވެސް މޮޅުވެ، ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ.

އެހެން ނަމަވެސް ރާއްޖޭގެ ފިރިހެން ޓީމު ވަނީ ސެމީ ފައިނަލުގައި އިންޑިއާ އަތުން 3-0 އިން ބަލިވެފަ އެވެ. ތިން ވަނަ ހޮވި މެޗުގައި ބަންގްލަދޭޝާ ދެކޮޅަށް ވަރަށް ފޯރިގަދަކޮށް ދިޔައިރު، ރާއްޖެ މޮޅުވީ މޮޅުވީ، 2-1 އިންނެވެ.

ޓީމު އިވެންޓް ތިން ވަނަ ހޮވާ މެޗުގައި ސިންގަލްސް އިވެންޓަށް ބަލާއިރު، ބަންގްލަދޭޝްގެ މޮއްލާ ހެއްމަތު އަތުން ރާއްޖޭގެ އާދަމް އަދީލް ބަލިވީ ސީދާ ދެ ގޭމުންނެވެ. ޑަބަލްސް މެޗުގައި ރާއްޖޭގެ ޕެއާ ކަމަށްވާ އިބްރާހިމް ހުޖާން އާއި މުހައްމަދު މުންތަސިރު ވަނީ ސީދާ ދެ ގޭމުން ބަންގްލަދޭޝްގެ އަބްދުލް ކަލާކް އާއި އެމްޑީ އަލީ ރޮބިންގެ ޕެއާ ބަލިކޮށްފަ އެވެ.

ނަތީޖާ 1-1 ގައި އޮއްވައި، ފަހު ސިންގަލްސްގައި އިސްމާއިލް އަޒުމީނު ވަނީ ބަންގްލަދޭޝްގެ އެއް ވަަނަ ކުޅުންތެރިޔާ ހަފީޒުއްރަހުމާނު ސީދާ ދެ ގޭމުން ބަލިކޮށްފަ އެވެ.

ލޯ މެޑަލް ހޯދި ރާއްޖޭގެ ފިރިހެން ކެރަމް ޓީމު.-- ފޮޓޯ: ތީރު މީޑިއާ

މި އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގެ ފިރިހެނުންގެ ޓީމު އިވެންޓުގެ ފައިނަލްގައި ސްރީ ލަންކާ ބަލިކޮށް ޗެމްޕިއަންކަން އިންޑިއާ އިން ހޯދިއިރު. އަންހެނުންގެ ފައިނަލްގައި އެމެރިކާގެ މައްޗަށް ކުރިހޯދީވެސް އިންޑިއާގެ އަންހެން ކެރަމް ޓީމެވެ.

އެންމެ ފަހުން 2016 ވަނަ އަހަރު ބޭއްވުނު ވޯލްޑް ޗެމްޕިއަންޝިޕްގައި ވެސް ރާއްޖޭގެ ފިރިހެން ޓީމުން ވަނީ ތިން ވަނަ ހޯދައިފަ އެވެ. އަދި އޭގެކުރިން، 2005 ވަނަ އަހަރުގެ މުބާރާތުގައި ވެސް ފިރިހެން ޓީމުން ވަނީ ޓީމް އިވެންޓްގެ ތިން ވަނަ މަގާމް ހާސިލްކޮށްފަ އެވެ.

އަންހެން ޓީމު އިވެންޓުން ރާއްްޖޭގެ އަންހެން ޓީމް ގްރޫޕް ސްޓޭޖުގައި އެމެރިކާ އަދި ލަންކާ އަތުން ބަލިވެ، ވަނީ ކަޓައިފަ އެވެ. މީގެ ކުރިން ރާއްޖޭގެ އަންހެން ޓީމު ވެސް ވަނީ ބައިނަލްއަގުވާމީ އިވެންޓްތަކުގައި މެޑަލް ހޯދައިފަ އެވެ.

މިފަހަރު ދުނިޔޭގެ ފިރިހެން ޗެމްޕިއަންކަން ހޯދީ އިންޑިއާގެ ސަންދީޕް ދީވޭ އެވެ. އަންހެން ޗެމްޕިއަންކަން ހޯދީ އިންޑިއާގެ ރަޝްމީ ކުމާރީ އެވެ. މިއީ ރަޝްމީ ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ތިން ވަނަ ފަހަރު އެވެ. މި ފަހަރުގެ މުބާރާތުގައި 19 ގައުމެއްގެ 130 ކުޅުންތެރިން ވާދަކުރި އެވެ.

ފިރިހެން ސިންގަލްސްގައި ރޭންކިން އަށް ބަލާއިރު، ހަތް ވަނަ އަކީ އިބްރާހިމް ހުޖާން އަލީ އެވެ. އަށް ވަނައިގައި މުހައްމަދު މުންތަސިރު އޮތްއިރު، 12 ވަނަ އަކީ އިސްމާއިލް އަޒްމީން އެވެ. އަދި 14 ވަނަ އަކީ އާދަމް އަދީލް އެވެ.

އަންހެން ސިންގަލްސްގެ ރޭންކިން އަށް ބަލާއިރު، ހަ ވަނަ އަކީ އައިމިނަތު ވިޝާމާ އެވެ. ހަތް ވަނައިގައި އައިމިނަތު ވިދާދު އޮތްއިރު، އަށް ވަނަ އަކީ އައިޝަތު ނަހުފާ އެވެ. އަދި 10 ވަނަ އަކީ އައިޝަތު ފައިނާޒް އެވެ.

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox