ކެރަމް ވޯލްޑް ކަޕުން ރާއްޖެ އިސްތިހާރުކުރުމާއި ކާމިޔާބު ހޯދުމުގެ އަމާޒެއް

Sep 2, 2025, 2:00 PM
ކެރަމްގެ ދުނިޔޭގެ ޖަމިއްޔާ، އިންޓަނޭޝަނަލް ކެރަމް ފެޑެރޭޝަން (އައިސީއެފް)ގެ ނައިބު ރައީސްގެ މަގާމަށް ރާއްޖޭގެ ކެރަމް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ، ހުސެއިން ރައުޝާން ވާހަކަ ދައްކަަވަނީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

ކެރަމްގެ ދުނިޔޭގެ ޖަމިއްޔާ، އިންޓަނޭޝަނަލް ކެރަމް ފެޑެރޭޝަން (އައިސީއެފް)ގެ ނައިބު ރައީސްގެ މަގާމަށް ރާއްޖޭގެ ކެރަމް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ، ހުސެއިން ރައުޝާން ވާހަކަ ދައްކަަވަނީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

އަންނަ ޑިސެމްބަރު މަހު ރާއްޖޭގައި ބާއްވާ، ހަތް ވަނަ ކެރަމް ވޯލްޑް ކަޕުން ހާސިލްކުރަން ބޭނުންވާ ކަންތައްތަކުގެ ތެރޭގައި ސްޕޯޓްސް ޓޫރިޒަމްގެ ތެރެއިން ރާއްޖެ އިސްތިހާރު ކުރުމާއި ފަހުރުވެރި ކާމިޔާބެއް ހޯދުންފަދަ މުހިންމު ކަންތައްތަކެއް ހިމެނޭ ކަމަށް ކެރަމްގެ ދުނިޔޭގެ ޖަމިއްޔާ، އިންޓަނޭޝަނަލް ކެރަމް ފެޑެރޭޝަން (އައިސީއެފް)ގެ ނައިބު ރައީސްގެ މަގާމަށް ރާއްޖޭގެ ކެރަމް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ، ހުސެއިން ރައުޝާން ވިދާޅުވެއްޖެ އެވެ.

ޑިސެމްބަރު މަހު، 2-6 އަށް ބާސެލޯ މޯލްޑިވްސް ނަސަންދުރަގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކެރަމް ވޯލްޑް ކަޕް ލޯންޗްކުރީ އިއްޔެ ބޭއްވި އިވެންޓެއްގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) އެވެ. މި އިވެންޓްގައި، ކެރަމް އެސޯސިއޭޝަންގެ ރައީސް، އިބްރާހިމް ރަޝީދު ވާހަކަ ދެއްކެވިއިރު، މި މުބާރާތުގެ ތެރެއިން ހާސިލްކުރެވޭނެ މުހިންމު ކަންތައްތަކަށް އަލިއަޅުވާލެއްވި އެެވެ. އަދި، ރައުޝާން ވެސް ވަނީ މި މުބާރާތުގެ މުހިންމުކަން ހިއްސާކޮށްދެއްވައިފަ އެވެ.

ރާއްޖޭގައި 2014 ވަނަ އަހަރު ސަން އައިލެންޑް ރިސޯޓްގައި ކެރަމް ވޯލްޑް ކަޕް ހޯސްޓްކުރިތާ 11 އަހަރު ފަހުން މި ފަހަރުގެ ވޯލްޑް ކަޕް ބާއްވަން ފުރުސަތު ލިބި، ކުރު މުއްދަތެއްގެ ތެރޭގައި މި ކަންކަން ހަމަޖައްސަން ސްޕޯޓްސް މިނިސްޓްރީން އިން އެއްބާރުލުން ކެރަމް އެސޯސިއޭޝަން އިން ފާހަގަކުރެ އެވެ.

ރައުޝާން ވިދާޅުވީ އެންމެ ފުރަތަމަ ބެލީ ރާއްޖޭގެ ރަށެއްގައި މުބާރާތް ކުޅެވޭތޯ ކަމަށާއި އެކަމަކު، މުބާރާތާ ގުޅޭ މުހިންމު ކަންތައްތަކެއް ހަމަޖެހިފައި ހުންނަން ލާޒިމްކުރާތީވެ، ރަށެއްގައި މިކަން މި ވަގުތު ކުރެވެން ނެތް ކަމަށެވެ.

"މިިނިސްޓަރު ވެސް ދެންނެވިހެން، 200 ވުރެ ގިނަ އެތުލީޓުން އަންނައިރު އަޅުގަނޑުމެންނަށް ދަތިކަމަކަށްވީ، އެތުލީޓުންގެ އެކޮމަޑޭޝަން އަދި އެހެނިހެން ކަންތައްތައް އަތޮޅު ތެރޭ ރަށަކުން ހަމަޖެއްސުމަށް، ދެން، އަދި ލޮޖިސްޓިކްސް ވެސް ކޮންސިޑާ ކޮށްފައި ވިސްނީ އެންމެ ފަސޭހައިން އެންމެ ފީސިބަލް ގޮތަކަށް މިކަން ވާން އޮތީ މާލެ ސިޓީގައި މުބާރާތް ބާއްވައިގެން ކަމަށް،" ރައުޝާން ވިދާޅުވި އެވެ.

މުބާރާތުގެ މެޗުތައް ބާސެލޯސް ނަސަންދުރަގައި ބާއްވަން ނިންމި ސަބަބު ރައުޝާން ވަނީ ތަފްސީލަކުން ވެސް ހާމަކޮށްދެއްވައިފަ އެވެ،

"ވޯލްޑް ކަޕެއްގެ ވާހަކަ އަޅުގަނޑުމެން ދައްކާއިރު، ގާތްގަނޑަކަށް މާލޭގައި ކުޅޭ ކެރަމް ހޯލެއްގައި 12 ވަރަކަށް ބޯޑު އިނަސް، ކެރަމް ވޯލްޑް ކަޕެއްގައި އަޅުގަނޑުމެން ކުޅޭ ހޯލެއްގައި، ޖުމްލަ އެބަޖަހަން 80 ނޫނީ 90 ބޯޑު ފުދޭ ވަރަކަށް ޖާގަ ވެސް ލައިފައި،" ރައުޝާން ވިދާޅުވި އެވެ.

ކެރަމް ވޯލްޑް ކަޕެއް ރާއްޖޭގައި ބޭއްވުމުގެ ހަމައެކަނި ބޭނުމަކީ އެތުލީޓުން ގެނެސް މި ލެވަލްގެ މުބާރާތެއްގައި ކެރަމް ކުޅުން އެކަނި ނޫން ކަމަށާއި މުބާރާތުގެ ތެރެއިން، ސްޕޯޓްސް ޓޫރިޒަމް ވެސް ތައާރަފްކޮށް، މަތީ ލެވަލްގެ އެތުލީޓުންނަށް ރާއްޖޭގެ ރީތިކަން ވެސް ދައްކާލުން ވެސް ހިމެނޭ ކަމަށް ކެރަމް އެސޯސިއޭޝަނުން ވަޏީ ބުނެފަ އެވެ. އެކަމަށް ބާރު އެޅުމަށް، ކެރަމް ވޯލްޑް ކަޕްގެ ލޯގޯ އިން ވެސް ކަންތައްތަކެއް ކުރެވިފައިވެ އެވެ.

ރައުޝާން ވިދާޅުވީ، ރާއްޖޭގައި ކެރަމް ވޯލްޑް ކަޕް ބާއްވަން ނިންމުމުގައި އެ ކުޅިވަރުގެ މުސްތަގުބަލަށްޓަކައި ވެސް ވިސްނި ކަމަށެވެ.

"ރާއްޖޭގައި މުބާރާތް ބާއްވަން ގަސްދުކުރި އަނެއް ސަބަަބަކީ، ފާއިތުވި ދޮޅު އަހަރެއްހާ ދުވަސް ތެރޭ ކެރަމްގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެކަޑަމީތަކެއް އުފެދިގެން އައިސް ޖޫނިއާ އެތުލީޓުންތަކެއް މި އަންނަނީ ތަމްރީންވަމުން، ގާތްގަނޑަކަށް 300 ނޫނީ 400 އާ ގާތްކުރާ އަދަދަކަށް ޖޫނިއާ އެތުލީޓުން ތަމްރީންވަމުން އަންނައިރު، އަޅުގަނޑުމެން ބޭނުން މި އެތުލީޓުންނަށް ދައްކައިދޭން މި ސީނިއާ ޕްލޭޔަރުން ކުޅޭތަނާއި ކެރަމްގައި ފިއުޗާ އޮތީ ކިހާ ހިސާބެއްގައިކަން، އިންޓަނޭޝަނަލް ޕްލެޓްފޯމެއްގައި ވާދަކުރުން، މިއީ ކިހާވަރެއްގެ ކަމެއްކަން ދައްކައިދޭން ބޭނުން،" އޭނާ ވިދާޅުވި އެވެ.

ކެރަމް އަކީ ބައިނަލްއަގުވާމީ ލެވަލްގައި ރާއްޖެ އަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ ކުޅިވަރެކެވެ. އަދި، އެ ކުޅިވަރު ކުރިއަރުވަން މިހާރު ހިންގާ ކޮމިޓީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން، ގައުމީ ލެވަލްގެ ގިނަ ކުޅުންތެރިންތައް އުފައްދައި، އެ ކުޅިވަރުގެ މުސްތަގުބަލަށް މަސައްކަތް ކުރުމުގެ އިތުރުން، މި ވަގުތު އޮތް ގައުމީ ޓީމަށް ބައިނަލްއަގުވާމީ ރަނގަޅު ފުރުސަތުތައް ހޯދައިދިނުން ހިމެނެ އެވެ.

މިދިޔަ އަހަރު، އެެމެރިކާގެ ކެލަފޯނިއާގައި ކުރިއަށްދިޔަ، ހަ ވަނަ ކެރަމް ވޯލްޑް ކަޕުން ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުން ލޯ މެޑަލް ހޯދި އެވެ. ފިރިހެން ގައުމީ ޓީމުން ޓީމް އިވެންޓްގައި ފުރަތަމަ ފަހަރަށް ކެރަމް ވޯލްޑް ކަޕެއްގައި މެޑަލެއް ހޯދިއިރު، އެ ޓީމުން ތިން ވަނަ ހޮވި މެޗުގައި ބައްދަލުކުރީ ސިންގަޕޫރާ އެވެ. އަންހެން ގައުމީ ޓީމުން ތިން ވަނަ ހޯދީ އެމެރިކާ ބަލިކޮށްފަ އެވެ.

ރައުޝާން ވިދާޅުވީ މި ފަހަރުގެ މުބާރާތުގައި ރާއްޖެ އަށް ރަނގަޅު މެޑަލެއް ގެނެސްދޭން ބޭނުންވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެ އަމާޒަަށް ވާސިލްވާން ގިނަ މަސައްކަތްތަކެއް ގައުމީ ޓީމުން ކުރާނެ ކަމަށް އޭނާ ވިދާޅުވިި އެވެ. އޭގެ ތެރޭގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޭމްޕް ޖެހުން ވެސް ހިމެނެ އެވެ.

"އެންމެ ފަހުން ވޯލްޑް ކަޕްގައި އަންހެން އަދި ފިިރިހެން ޓީމު ވެސް ވަނީ ތިން ވަނަ ގެނެސްފައި. އެ އަށް ވުރެ ރަނގަޅު ނަތީޖާއެއް އަމިއްލަ ފަސްގަނޑުގައި ކުޅޭއިރު ހޯދުން އެއީ އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް އަމާޒު،" އޭނާ ވިދާޅުވި އެވެ.

ކެރަމް ވޯލްޑް ކަޕްގެ ހައިބަތު ބޮޑުކަން ފާހަގަކޮށް، ރައުޝާން ވިދާޅުވީ، ކުރީގެ ދުނިޔޭގެ ޗެމްޕިއަނުންގެ ގޮތުގައި ހިމެނޭ ހައެއް ނޫނީ ހަތެއް އެތުލީޓުން މި ފަހަރުގެ މުބާރާތުގައި ފެނިގެންދާނެ ކަމަށެވެ. އަދި، މި މުބާރާތުގެ ތެރޭގައި، ކެރަމްގެ އިންޓަނޭޝަނަލް ފެޑެރޭޝަންގެ އެގްޒެކްޓިވް ކޮމިޓީ ވެސް ރާއްޖޭގައި ހަރަކާތްތެރިވާނެ އެވެ.

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox