އެކައުންޓުން ގިނަ ފަހަރު ފައިސާ ގެއްލެނީ އީމެއިލް ކޮމްޕްރޮމައިޒް ވެގެން: ބީއެމްއެލް

ބީއެމްއެލް އިންޓަނެޓް ބޭންކިން ލޮގިން ޕޭޖް : ފަހަކަށް އައިސް ބީއެމްއެލް އެކައުންޓު ތަކުން ފައިސާ ގެއްލޭ މިންވަރު ވަނީ އިތުރުވެފައި -- ފޮޓޯ: ބީއެމްއެލް

ބީއެމްއެލް އިންޓަނެޓް ބޭންކިން ލޮގިން ޕޭޖް : ފަހަކަށް އައިސް ބީއެމްއެލް އެކައުންޓު ތަކުން ފައިސާ ގެއްލޭ މިންވަރު ވަނީ އިތުރުވެފައި -- ފޮޓޯ: ބީއެމްއެލް

ފަހަކަށް އައިސް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެކައުންޓުތަކުން ފައިސާ ގެއްލިގެން އެ ޝަކުވާ ކުރާ މިންވަރު ވަނީ އިތުރުވެފަ އެވެ. ޓުވިޓާ އަދި ފޭސްބުުކްގައި އެކަމުގެ ޝަކުވާކޮށް އާންމުންގެ މީހަކު ޕޯސްޓު ނުކުރާ ދުވަހެއް މަދުވާނެއޭ ވެސް ބުނެވިދާނެ އެވެ.

މިކަމާ ގުޅިގެން "އަދަދު" އަށް މައުލޫމާތު ދެއްވަމުން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަން މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ ފަހަކަށް އައިސް މިހެން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ އީމެއިލްގެ ޑޭޓާ ކޮމްޕްރޮމައިޒް ވެފައިވުން ކަމަށެވެ.

"އަޅުގަނޑުމެނަށް އެބަ ގުޅާ އެކައުންޓުން ފައިސާ ގެއްލިގެން.. މިފަދަ މައްސަލަތަކަށް ބަލާއިރު މި އޮންނަނީ އީމެއިލް ކޮންމްޕޮރޮމައިޒްވެގެން ނުވަތަ ބްރައުޒާގައި ނުވަތަ އީމެއިލްގައި ޕާސްވޯޑް ސޭވްކޮށްފައި އޮތުމުގެ ސަބަބުން އެހެން ފަރާތަކަށް އިންޓަނެޓް ބޭންކިން އަށް ވަދެ އޯޓީޕީ ބޭނުންކޮށްގެން މުއާމަލާތްކުރުމުގެ ފުރުސަތުދެވިފައި" ސައީދު ވިދާޅުވި އެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ އެފަދަ މައްސަލަތައް ދެން ބެލޭނީ ތަހުގީގީ އިދާރާތަކަށް ކަމަށާއި ބެންކުން އެދެނީ އެފަދަ މައްސަލަތައް ފުލުހުންނަށް ހުށަހެޅުމަށް ކަމަށެވެ. އަދި މި ކަމުގައި ކަސްޓަމަރުންގެ ހިތްހަމަނުޖެހުން އެބަހުރި ކަމަށާއި އެހެން ނަމަވެސް މިކަމުގައި ބޭންކުން އަމަލުކުރަމުން ދަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށްވެސް ސައީދު ވިދާޅުވި އެވެ. އަދި ފުލުހުންގެ ފަރާތުން ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް ބެންކުން ދަނީ ފޯރުކޮށްދެމުން ކަމަށްވެސް ވިދާޅުވި އެވެ.

މިދިޔަ އަހަރު އަދި އޭގެ ކުރިންވެސް މައިކްރޮސޮފްޓް އަދި ފޭސްބުކް ފަދަ ކުންފުނިތަކުގެ ކަސްޓަމަރުންގެ ޑޭޓާ ލީކުވެފައިވާކަން ސައީދު ފާހަގަކުރެއްވި އެވެ.

މިދިޔަ ދެތިން އަހަރު މައިކްރޮސޮފްޓަށް ގިނަ އަދަދެއްގެ ސައިބާ އެޓޭކުތަކެއް ކުރިމަތިވެ އެތައް ބައެއްގެ ޒާތީ މައުލޫމާތު އާންމުވެގެން ގޮސްފައިވެ އެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ 2019 ވަނަ އަހަރު ޑިސެމްބަރު މަހު 250 މިލިއަން މީހުންގެ މައުލޫމާތު އާންމުވެގެންދިޔަ ދިޔުމެވެ. އެފަހަރު އެ ފަރާތްތަކުގެ އީމެއިލް، އައިޕީ އެޑްރެސް، ޖިއޮގްރަފިކް އަދި ޑެމޮގްރަފިކް ޑޭޓާ އާންމުވެގެންދިޔަ އެވެ.

ބީއެމްއެލްގެ ކާޑުތައް ބޭނުންކޮށްގެން ކުރާ މިފަދަ ޓްރާންސެކްޝަން ތަކާ ގުޅިގެން "އަދަދު" އިން ސުވާލު ކުރުމުން ސައީދު ވިދާޅުވީ ބީއެމްއެލްއާ ގުޅިފައިވާ ކާޑު ނެޓްވޯކްތަކަކީ މުޅި ދުނިޔެއަށް ބަލާއިރު ވެސް އެންމެ މަގުބޫލު އަދި ރައްކާތެރި ކާޑު ނެޓްވޯކްތަކެއް ކަމަށެވެ. އަދި ބޭންކުތަކުން ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތު ރައްކާތެރިކުރަން އަޅާ ފިޔަވަޅުތަކާއި އެ ކަސްޓަމަރުންނަށް މާލީ ގެއްލުން ނުވާނޭހެން ގާއިމުކުރާ ނިޒާމުތައް އަބަދުވެސް އެ ނެޓްވޯކުތަކުން މޮނީޓާ ކުރަމުންދާނެ ކަމަށެވެ.

"އޮންލައިން އަދި އޮފްލައިންކޮށް އީ-ކޮމާސް މާޗެންޓުންގެ ފަރާތުން ކާޑުގެ މައުލޫމާތު ހާމަވާ ހާލަތްތަކުގައި ކަސްޓަމަރުންނަށް ފުރިހަމަ ރައްކާތެރިކަން ލިބޭނެ ކަމަށާއި އެފަދަ ކަމަކުން މާލީ އެއްވެސް ގެއްލުމެއް ނުލިބޭނެ" ސައީދު ވިދާޅުވި އެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ ބެންކުގެ ނަމުގައި ގޮތް ނޭނގޭ ލިންކުތަކަށް ނުފިއްތުމަށް ކަސްޓަމަރުންނަށް ތަކުރާރުކޮށް އިލްތިމާސްކުރަމުންދާއިރު އަދިވެސް އެކަން އެގޮތަށް ހިނގާ ކަމަށެވެ. އަދި އެ ލިންކުތަކުގެ ސަބަބުން ކަސްޓަމަރުންގެ ޑޭޓާ ބްރީޗުވެ، އެ ޑޭޓާ ބޭނުންކޮށްގެން އިންޓަނެޓް ބޭންކިން އަށް ވަންނަ ކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު އިތުރަށް ވިދާޅުވީ ކަސްޓަމަރުންގެ އީމެއިލް ބްރީޗުވެފައި ވޭތޯ ބެލޭނެ ގޮތްގޮތް އެބަހުރި ކަމަށެވެ. އެގޮތުން މި ލިންކަށް ގޮސް އީމެއިލް އެންޓާ ކޮށްލުމުން މިހާތަނަށް އީމެއިލްގެ ޑޭޓާ ބްރީޗްވެފައި ވޭތޯ ބެލޭނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox