ނޭކުރެންދޫ ޖަލު ހެދުމުގެ މަސައްކަތް ހަވާލުކޮށްފި

ނޭކުރަންދޫ ޖަލުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ހަފުލާގެ ތެރެއިން މިނިސްޓަރު އިމްރާން އަބްދުﷲ އަދި ޔުނިކް ޗޮއިސްގެ އެމްޑީ ރިޔާޒް އަލީ -- ފޮޓޯ: ހޯމް މިނިސްޓްރީ

ނޭކުރަންދޫ ޖަލުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ހަފުލާގެ ތެރެއިން މިނިސްޓަރު އިމްރާން އަބްދުﷲ އަދި ޔުނިކް ޗޮއިސްގެ އެމްޑީ ރިޔާޒް އަލީ -- ފޮޓޯ: ހޯމް މިނިސްޓްރީ

ހދ. ނޭކުރެންދޫގައި ސަރުކާރުން އެޅުމަށް ހަމަޖެހިފައިވާ ޖަލުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ހޯމް މިނިސްޓްރީއިން މި މަސައްކަތް ހަވާލުކޮށްފައިވަނީ ޔުނިކް ޗޮއިސް ޕްރައިވެޓު ލިމިޓެޑާ އެވެ.

މިއަދު ހޯމް މިނިސްޓްރީގައި ބޭއްވި ހަފުލާއެއްގައި މި އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓު ސެކްރެޓަރީ އަބްދުއްރަހްމާން ސަލާހް އެވެ. ޔުނިކް ޗޮއިސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ރިޔާޒް އަލީ އެވެ.

ރާއްޖޭގައި މިވަގުތު ގޭންގުތަކާއި ޑްރަގް ނެޓްވޯކް ތަކުގައި ޖެހިފައިވާ ޒުވާނުންނަށް ވަރަށް ބޮޑަށް އަޅާލުންތެރިކަން ބޭނުންވާ ކަމަށް މި ހަފުލާގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވި އެވެ.

"އެކަމަށް އޮތް އެންމެ ބޮޑު ހައްލެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ.. މިއަދު ދުނިޔޭގެ ގައުމުތަކުގައި ކާމިޔާބުކަމާއި އެކު ތަންފީޒުކުރަމުން ގެންދާ އިންޑަސްޓްރިއަލް ނުވަތަ އޯޕަން ޕްރިޒަން އެއް ރާއްޖޭގައި ގާއިމުވެގެން ދިއުން" މިނިސްޓަރު ވިދާޅުވި އެވެ.

އަދި، ނޭކުރަންދޫގައި އެޅޭ ޖަލަކީ އިންޑަސްޓްރިއަލް ޕްރިޒަން އެއް ކަމަށާއި އެ ޖަލު ހިންގޭނީ އޯޕަން ޕްރިޒަން ސިސްޓަމްގެ ދަށުން ކަމަށްވެސް ވިދާޅުވި އެވެ.

މީގެ ކުރިން މި ދައުރުގެ ތެރޭގައި ނިމޭނެ ކަމަށް ލަފާކުރެވުނު ނޭކުރެންދޫ ޖަލުގެ މަސައްކަތް ނުފެށި ގިނަ ދުވަސްތަކެއް ވެގެން ދިއުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފޮނުއްވި ސިޓީ އެއްގައި މިނިސްޓަރު އިމްރާން ވަނީ މިހާރު ހަމަޖެހިފައިވާ ބަޖެޓާއި އެކު މި ދައުރުގެ ތެރޭގައި މި ޖަލުގެ މަސައްކަތް އެކީ ނުނިންމޭނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox