ރަސޫލާގެ ސީރަތުން ފިލާވަޅު ލިބި، ތަފާތު ހިޔާލުތަކުގެ މީހުންނާއެކު ދިރިއުޅެން ޖެހޭ: ރައީސް

ރަސޫލާގެ ސީރަތުން ފިލާވަޅު ލިބި، ތަފާތު ހިޔާލުތަކުގެ މީހުންނާއެކު ދިރިއުޅެން ޖެހޭ: ރައީސް

ކީރިތި ރަސޫލާގެ ސީރަތުން ލިބިގަންނަންވީ އެންމެ އަގުހުރި ފިލާވަޅަކީ، ތަފާތު ވިސްނުންތަކާއި ތަފާތު ހިޔާލުތަކުގެ މީހުނާ އެކުގައި، އެއްބަނޑުއެއްބަފާ ގުޅުމެއްގެ ތެރޭގައި ދިރިއުޅުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ކީރިތި ރަސޫލާގެ އީދު މީލާދުގެ މުނާސަބަތުގައި ފޮނުއްވި ހިތޯބުގައި ރައީސް ވިދާޅުވީ މައުލިދުއް ނަބަވީގެ ވަސްމީރު ޒިކުރާ އާކުރަނީ، އެކަލޭގެފާނުގެ ނަބަވީ ސީރަތުން ލިބިދޭ އިބުރަތްތެރި ފިލާވަޅުތަކުން، ދެދުނިޔެ ބާއްޖަވެރި ކުރުމުގެ މަތިވެރި މަގުސަދުގައި ކަމަށެވެ.

ތަފާތު ހިޔާލުތަކުގެ މީހުނާއެކު އެއްބަނޑުއެއްބަފާ ގުޅުމެއްގެ ތެރެއިން ދިރިއުޅެން ޖެހޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވި އިސްލާމީ އުންމަތް އުފެދި ބިނާވެގެން އައީ، އަދި އޭރު ދުނިޔޭގައި އޮތް ބާރުތަކާއި ހަޟާރަތްތަކުގެ މައްޗަށް އިސްލާމީ އުންމަތް ކާމިޔާބު ހޯދީ، އެ ވަރުގަދަ ގުޅުމުގެ ސަބަބުން ކަމަށެވެ.

ރައީސްގެ ހިތޯބުގައި ވިދާޅުވީ އެކަލޭގެފާނުގެ ނަބަވީ ރިސާލަތުގެ މައިގަނޑު ފަލްސަފާއަކީ، ހުކްމަތްތެރިކަމާއި މަޑުމައިތިރިކަމާއެކު މީސްތަކުންނާ ގުޅުން ބަދަހިކުރައްވައިގެން އެބައިމީހުންގެ ހިތްތައް ފަތަހަ ކުރެއްވުން ކަމަށެވެ. އަދި ދެކޮޅުވެރިންނާއި އަދާވާތްތެރިންނާ ވެސް އެކަލޭގެފާނު މުއާމަލާތުކުރެއްވީ، އޯގާތެރިކަމާއެކު ރިވެތި ބަސްތަކުން ކަމަށެވެ.

"ބަދަލު ހިއްޕެވުމުގެ މައްޗަށް އިސް ކުރެއްވީ އަފޫކުރެއްވުން. ރުޅިވެރިކަމުގެ މައްޗަށް އިސްކުރެއްވީ އެކުވެރިކަމާއި ސުލްހަވެރިކަން. ގުޅުން ކެނޑުއްވުމުގެ ބަދަލުގައި ކޮންމެ ބަޔަކާ އެކުގައިވެސް ގުޅުން ބަދަހިކުރެއްވުމަށް އިސްކަން ދެއްވި" އޭގެ ސަބަބުން، ދުނިޔޭގެ ތާރީހު ބަދަލުކޮށްލި ހެޔޮލަފާ އުންމަތެއް އުފަންވެގެން ދިޔަކަން ފާހަގަކުރައްވާ ރައީސް ވިދާޅުވި އެވެ.

އަޅުގަނޑުމެންނަކީ ވެސް، އެ މަތިވެރި އުންމަތުގެ ފަރުދުން ކަމަށްވާއިރު، އެ މަތިވެރި ސިފަތަކުން ޒީނަތްތެރިވުމަށް މަސައްކަތްކުރުމަކީ، އެ މާތް ޒިކުރާ އާކުރުމުގެ އެންމެ މުހިންމު ބޭނުން

ރައީސް ވިދާޅުވީ ދިވެހިންގެ ތެރެއަށް އިސްލާހީ އެތައް ބަދަލުތަކެއް މިއަދު ބޭނުންވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އަދަބު އަހުލާހުގެ ރޮނގުން އުޅުމަށް އިންގިލާބީ ބަދަލުތަކެއް ގެންނަންޖެހޭ ކަމަށާއި އިޖްތިމާއީ ހަމަތަކާއި އުސޫލުތަކަށް އިހުތިރާމުކުރުމުގެ އާދަ އަށަގަންނުވަން ޖެހޭ ކަމަށެވެ. އަދި އަނެކުންނަށް އިހުތިރާމު ކުރުމާއި އޯގާތެރިވެ އެހީތެރިވުމުގެ މަތިވެރި ސިފަ ހަރުލައްވަންޖެހޭ ކަމަށެވެ. ރައީސް ވިދާޅުވީ އެއިން ކޮންމެ ކަމަކަށް ހުރި އެންމެ މަތިވެރި ނަމޫނާއަކީ ނަބަވީ ސީރަތް ކަމަށެވެ.

ހިތޯބުގައި ރައީސް އިތުރަށް ވިދާޅުވީ އަހަރަކު އެއްފަހަރު، މައުލިދުއް ނަބަވީ ފާހަގަކުރާ އިރު، ދިވެހިންގެ ދިރިއުޅުމުން ހެޔޮ ބަދަލުތަކެއް ފެންނަންޖެހޭ ކަމަށެވެ. މުޖްތަމައުގައި ހަމަޖެހުމާއި އުފާވެރިކަން ގާއިމުވެ އޮންނާނީ އެފަދަ ބަދަލުތަކެއް ގެނެވިގެންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ހަސަދަވެރިކަމާއި ދެކޮޅުވެރިކަން ދޫކޮށް، ހިތްހެޔޮކަމާއި ހިތްތިރިކަމާއެކު އަނެކުންނާ މުއާމަލާތު ކުރުމަކީ، އިޖުތިމާއީ ހަމަޖެހުން ގާއިމުވުމުގެ އިތުރުން، ނަފްސާނީ ދުޅަހެޔޮކަމަށް ވެސް ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ.

ހަމައެއާއެކު ކޮންމެ މީހަކާ ވެސް ހިނިތުންވުމާއި އުފާވެރި މޫނަކާއެކު ބައްދަލުކުރުމަށް އަޒުމު ކަނޑައަޅަން ޖެހޭ ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox