މާލޭގައި ހުންނަ ވިލާ މާޓުގެ ފިހާރަތަކުން 24 ގަޑިއިރު ހިދުމަތް ދޭން ފަށައިފި އެވެ.
ވިލާ މާޓު ހިންގާ ވިލާ ޓްރޭޑިން އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މާލޭގައި ހުންނަ ވިލާ މާޓުގެ ފިހާރަތަކުން ހަފުތާގެ ހުރިހާ ދުވަހެއްގެ ހުރިހާ ވަގުތެއްގައި ހިދުމަތް ލިބިގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނީ ހެޔޮ އަގުގައި ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު މުދާ ފޯރުކޮށްދިނުން," ވިލާ ޓްރޭޑިން އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
މާލޭގައި ވިލާ މާޓުގެ ތިން ފިހާރައެއް ހުރެ އެވެ. އެއީ ފަރީދީ މަގު، މަޖީދީ މަގު އަދި ރެހެންދި މަގުގައި ހުންނަ ތިން ފިހާރަ އެވެ.

ވިލާ ޓްރޭޑިން އިން އިތުރަށް ބުނީ އެ ފަރާތުގެ އެންމެ ބޮޑު ބޭނުމަކީ ކަސްޓަމަރުންގެ އެދޭ ގޮތަށް އެންމެ ފަސޭހަކަމާ އެކު ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.













