މުދާ ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ ދޯންޏެއް ކ. ރިހިވެލި ރިސޯޓު ކައިރިން ބަނޑުން ޖަހާލައިފި އެވެ.
"އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާ ހިނގީ މިއަދުގެ ހެދުނުގެ ވަގުތެއްގަ އެވެ. އެ ހާދިސާ ހިނގި އިރު ދޯނީގައި ތިން ފަޅުވެރިއަކު ތިއްބެވެ.
އެ ހާދިސާގެ ރިޕޯޓު އެންމްއެންޑީއެފްއަށް ލިބުނީ މިއަދު ހެދުނު 8:43 ގައި ކަމަށް އެ އިދާރާއިން މިހޫނަށް މައުލޫމާތު ދިނެވެ. ނަމަވެސް އެ ހާދިސާއާ ގުޅިގެން މިހާތަނަށް އެ ސަރަހައްދަށް ކޯސްޓް ގާޑުން ގޮސްފައިނުވާ ކަމަށް ވެސް މައުލޫމާތު ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި ތިން ފަޅުވެރިން މިހާރު ވަނީ ރިހިވެލި ރިސޯޓުގެ ދޯންޏެއްގައި އެ ރިސޯޓަށް ގެންގޮސްފަ އެވެ.
ތިން ފަޅުވެރިންގެ ހާލު ރަނގަޅުކަމަށާއި އެއީ ދެ ބިދޭސީންނާއި ދިވެއްސެއް ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވެ އެވެ.

މި ދޯނީގައި ހުރީ ކޮންކަހަލަ މުދަލެއް ކަމެއް އަދި ދަތުރުކުރަމުން ދިޔައީ ކޮން ތަނަކަށް ކަމެއް އަދި ވަނީ އެނގޭގޮތް ނުވެފަ އެވެ.












