ޓީޗަރުންގެ ފަރާތުން ލިބޭ ހެޔޮ ތަސައްވަރު ދާއިމަށް ހަރުލާނެ: ރައީސް ސޯލިހު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: އެ މަނިކުފާނު ވިދާޅުވީ ޓީޗަރުންގެ ފަރާތުން ލިބޭ ހެޔޮ ތަސައްވަރުތައް ދާއިމަށް ހަރުލާނެ ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: އެ މަނިކުފާނު ވިދާޅުވީ ޓީޗަރުންގެ ފަރާތުން ލިބޭ ހެޔޮ ތަސައްވަރުތައް ދާއިމަށް ހަރުލާނެ ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ޓީޗަރުންގެ ފަރާތުން ލިބޭ ހެޔޮ ތަސައްވަރު ދާއިމަށް ހަރުލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެެއްޖެ އެވެ.

މިއަދު ފާހަގަ ކުރާ ޓީޗަރުންގެ ދުވަހުގެ ތަހުނިޔާ ދެންނެވުމަށް ކުރެއްވި ޓްވީޓެއްގައި ރައީސް ސޯލިހު އިތުރަށް ވިދާޅުވެފައިވަނީ ދަރިވަރުންނަށް ތައުލީމު އުނގަންނައިދިނުމަށް ޓީޗަރުން ކުރައްވަމުން ގެންދަވާ މިންނެތް ބުރަ މަސައްކަތަށް އެންމެން ވެސް އެ ބޭފުޅުންނަށް ދަރާފައިވާ ކަމަށެވެ.

"މި އަހަރުގެ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ހުރިހާ ޓީޗަރުންނަށް ޝުކުރު އަދާކޮށް އެ ބޭފުޅުންގެ މަސައްކަތް އަގުވަޒަން ކުރަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ޓީޗަރުންގެ ދުވަހަކީ އޮކްޓޯބަރު 5 ވަނަ ދުވަހެވެ. ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައި މި ދުވަސް އެކި ފެންވަރުގައި މިއަދު އަންނަނީ ފާހަގަ ކުރަމުންނެވެ.

މި އަހަރުގެ ކުރީކޮޅު ރައީސް ސޯލިހު ވަނީ އެމަނިކުފާނުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ޓީޗަރުންގެ މުސާރައަށް ހެޔޮބަދަލެއް ގެނައުމުގެ ވައުދު ފުއްދަވާފަ އެވެ.

މުސާރައަށް އައި ހެޔޮ ބަދަލު ވެގެން ގޮސްފައިވަނީ ޓިޗަރުންގެ ގިނަ ދުވަސްތަކެއް ވަންދެން ކުރަމުން އައި ދިގު އިންތިޒާރެއްގެ ނިމުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox