100 މިލިއަނުގެ ޖޫރިމަނާ ނުދައްކާ އޮތް ބާޖެއް ތިންވަނަ ފަހަރަށް ފަރަށް އަރައިފި

100 މިލިއަނުގެ ޖޫރިމަނާ ނުދައްކާ އޮތް ބާޖެއް ތިންވަނަ ފަހަރަށް ފަރަށް އަރައިފި

މީގެކުރިން ދެ ފަހަރެއްގެ މަތިން ފަރަށް އަރާފައިވާ ބާޖެއް 100 މިލިއަނުން ޖޫރިމަނާ ކުރިތާ ދެ މަސް ދުވަސް ނުވަނީސް އަނެއްކާ ވެސް ފަރަށް އަރައިފި އެވެ.

ކ. ތިލަފުށީ ކައިރީގައި އޮންނަ ފަރަކަށް އަރާފައި ވަނީ އިންޑިއާ އިން ރާއްޖެއަށް ހިލަ ގެންނަ "އޭއެމް އަލްޕިޓް" ޓަގާ އެކު ދަތުރުކުރާ "އާގަމް" ނަމަކަށް ކިޔާ ބާޖެކެވެ. ތިލަފުށީ ފަރަށް ރޭ މި ބާޖު އެރުމުން މިހާތަނަށް ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް ނޭނގެ އެވެ.

މި މައްސަލައިގެ މައުލޫމާތު އެ ސަރަހައްދުން ދަތުކުރާ އުޅަނދުތައް މެދުވެރިކޮށް ލިބިފައިވާ ކަމަށާއި އަދި އެކަން ބަލަމުންދާ ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން "އަދަދު" އަށް ކަށަވަރުކޮށްދިނެވެ. ނަމަވެސް، އެފަދަ މައުލޫމާތެއް އެމްއެންޑީއެފްއިން ހާމަކޮށްފައެއް ނުވެ އެވެ.

މީގެކުރިން، މި ބާޖު ވަނީ ވ. ރަކީދޫ ކައިރީގައި އޮންނަ ފަރަކަށް ވެސް އަރާފަ އެވެ. އެ މައްސަލައިގައި 152،569،800ރ. އިން އެ އުޅަނދުގެ ރާއްޖޭގެ އޭޖެންޓު، މެއިންލޭންޑު ޝިޕިން ޖޫރިމަނާކުރީ އޮގަސްޓު މަހުގެ ތެރޭގަ އެވެ. މިހާތަނަށް އައި އިރު އެ ޖޫރިމަނާ އީޕީއޭއަށް ދައްކާފައިނުވާކަން ވަނީ އެނގިފަ އެވެ.

އެކަމަކު، ގާނޫނުގެ ދަށުން ޖޫރިމަނާ ކުރެވެނީ ގިނަވެގެން 100 މިލިއަން ރުފިޔާ ކަމަށްވާތީ އެ އަދަދު 100 މިލިއަނަށް ކުޑަކޮށް އެ ފަރުގެ 6،054 އަކަމީޓަރުގެ ސަރަހައްދަށް ލިބުނު ގެއްލުމުގެ ބަދަލު ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހާ އެކު އީޕީއޭ އިން ދަނީ ކުރަމުންނެވެ.

މި ނޫހަށް އިތުބާރު ހުރި މަސްދަރަކުން ކަށަވަރުކޮށްދިން ގޮތުގައި ކ. ވާގިލި ފަރަށް ވެސް މިއަހަރުގެ ތެރޭ މި ބާޖު އެރި އެވެ. އަދި، އެފަހަރު ފަރަށް ލިބުނު ގެއްލުން ނުހޯދެނީސް އެ ބާޖު އީޕީއޭއަށް "ފިލީ" ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. ނަމަވެސް، މިހާރު އެ ފަރަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދައި ޖޫރިމަނާ ކުރުމުގެ މަސައްކަތްތައް އީޕީއޭ އިން ދަނީ ކުރަމުންނެވެ.

މި ބާޖު ތިން ފަހަރު ފަރަށް އެރި އިރު ވެސް ޓަގު ބޯޓު ދުއްވަން ހުރީ އެއް ކެޕްޓަނެއް ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އަދި، މި މައްސަލަތަކާ ގުޅިގެން އެ ބާޖަށް ރާއްޖޭގައި ދަތުރުކުރުމުގެ ކްލިއަރެންސް ދީފައި ނުވާކަން ވެސް ވަނީ އެނގިފަ އެވެ.

މި މައްސަލަ ވެސް ބަލައި ގާނޫނުގެ ދަށުން އަޅަން ޖެހޭ ފިޔަވަޅުތައް އީޕީއޭ އިން އަޅާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox