ހޮރައިޒަންގެ މައްސަލަ ބަލާ ކޮމިޓީގައި ގާސިމް، ބައްދަލުވުން ސިއްރުކޮށްފި

މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް-- ފޮޓޯ: މަޖިލިސް

މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް-- ފޮޓޯ: މަޖިލިސް

ގދ. ހޯޑެއްދޫގައި މަސް ފެކްޓްރީއެެއް އަޅަން ހޮރައިޒަން ފިޝަރީޒްއާ އެކު މީގެ 17 އަހަރު ކުރިން ވެފައިވާ އެއްބަސްވުން ސަރުކާރުން ދަމަހައްޓަނީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ، މަޑަވެލި ދާއިރާގެ އެމްޑީޕީ މެމްބަރު ހުސައިން ފިރުޝާން ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭ ކޮމިޓީ ބައްދަލުވުންތައް ސިއްރުކުރަން ނިންމައިފި އެވެ.

މި މައްސަލައާ ގުޅިގެން މިއަދު މެންދުރު 12:30ގައި އޮތީ ފިޝަރީޒް މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކުރުމެވެ. އިގްތިސޯދީ ކޮމިޓީގެ މި ބައްދަލުވުން ސިއްރުކުރުމަށް އެދުނީ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އެވެ.

"މައްސަލައިގެ ބާވަތުން އަޅުގަނޑުމެން ކޮމިޓީގެ ބައްދަލުވުމަކީ ސިއްރު ބައްދަލުވުމަކަށް ހަދައިދެއްވުމަށް، އަދި މި ކޮމިޓީގައި އަޅުގަނޑުމެން މި ދައްކާ ވާހަކައާ ގުޅިގެން އެކުލަވާލާ ރިޕޯޓަކީ ވެސް ސިއްރު ރިޕޯޓަކަށް ހައްދަވައި ދެއްވުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ބައްދަލުވުން ސިއްރު ކުރަން މިނިސްޓަރު ބޭނުންވާ ސަބަބެއްގެ ގޮތުގައި ވިދާޅުވީ "ފަހުން މައްސަލަތަކެއް ދިމާވެދާނެ ކަމަށް" ފާހަގަކުރެވޭތީ ކަމަށެވެ.

"އަދަދު"އަށް އެނގިފައިވާ ގޮތުގައި އިގްތިސޯދީ ކޮމިޓީގައި ހޮރައިޒަންގެ ކުންފުނީގެ ވެރިޔާ އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވެސް ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ހޮރައިޒަންއަކީ ގާސިމްގެ ވިލާ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެކެވެ. ވީއިރު މި މައްސަލައަކީ ގާސިމްގެ މަސްލަހަތު ހިމެނޭ ބޮޑު މައްސަލައެކެވެ.

އިގްތިސޯދީ ކޮމިޓީގެ މިއަދުގެ ދެވަނަ ބައްދަލުވުން އޮތީ މި މައްސަލައިގައި ހޮރައިޒަން ފިޝަރީޒްގެ ބޭފުޅުން ހާޒިރުކުރުމަށެވެ. މި ބައްދަލުވުން މިހާތަނަށް އަދި ފަށާފައި ނުވެ އެވެ.

ހޯޑެއްދޫގައި މަސްފެކްޓްރީއެއް އަޅަން ހޮރައިޒަންއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށް ބިން ހަވާލުކުރީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގައި 2005 ވަނަ އަހަރު އެވެ. އޭގެ ފަހުން މިއަދާ ހަމައަށް ވެސް އެ ފެކްޓްރީ އަޅައިފާ ނުވާއިރު ހޮރައިޒަން އިން ގެންދަނީ އެކި ފަހަރު އެކި ބަހަނާ ދައްކަމުންވެ.

އެކަމާ ބެހޭ ގޮތުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނާ, ފިރުޝާން ދެފަހަރެއްގެ މަތިން މަޖިލީހުގަައި ސުވާލުކުރެއްވި އެވެ.

މި މައްސަލައިގައި ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި ހޮރައިޒަން އިން ހޯޑެއްދޫގައި މަސްފެކްޓްރީ އެޅުމުގެ މަސައްކަތް ފުރަތަމަ ފަހަރު ލަސްކުރީ މިނިސްޓަރު ހުސައިން މިއަދު ކޮންސްޓްރަކްޝަން މަސައްކަތް ކުރާ މީހުން ތިބޭނެ ވަގުތީ ތަނެއް އަޅަން އިތުރު ވަގުތު ބޭނުންވާތީ އާއި ދަގަނޑާއި ތެލުގެ އަގު ބޮޑުވުމުން މަސައްކަތުގެ ޖުމްލަ އަގު 30 ޕަސެންޓުން ބޮޑުވުމުންނެވެ. އެހެންވެ ހޮރައިޒަން އިން އިތުރު ވަގުތު ދޭން އެދުމުން، 2006 ގައި ނިންމަން ޖެހޭ އެ މަސައްކަތް 2007 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިލަށް އިތުރުކޮށްދީފައިވާ ކަމަށް މިނިސްޓްރީގެ ރެކޯޑްތަކުން ދައްކާ ކަަމަށް އޭނާ ވިދާޅުވި އެވެ.

ހުސައިން ވިދާޅުވި ގޮތުގައި ދެވަނަ ފަހަރަށް މަސައްކަތް ލަސްވި ސަބަބެއް ކަމަށް ހޮރައިޒަން އިން ސަރުކާރަށް މައުލޫމާތު ދީފައި އޮތީ ހޯޑެއްދޫ ބަނދަރު ފުންކުރި އިރު ނެގި ވެލި ކޯލްޑް ސްޓޯރޭޖް އަޅަން ދީފައިވާ ސަރަހައްދުގައި ބަހައްޓާފައި ހުރުމެވެ. އެފަހަރު ހޮރައިޒަން އިން ބުނި ކަމަށް މިނިސްޓަރު ވިދާޅުވީ ވެލިފުނި ނުނެގޭތީ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ނިމޭނެ ތާރީހެއް ލަފާކުރަން ދަތި ކަަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox