މިދިޔަ މަހު ނިމޭނެ ކަމަށް ބުނި އޮލިމްޕަސްގައި މުށި ޖަހަން ހުޅުވާލައިފި

އޮލިމްޕަސް: އެތަނުގެ މަރާމާތާއި ތަރައްގީގެ މަޝްރޫއަށް އިންޑިއާއިން 8 މިލިއަން ރުފިޔާ ދޭ. ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

އޮލިމްޕަސް: އެތަނުގެ މަރާމާތާއި ތަރައްގީގެ މަޝްރޫއަށް އިންޑިއާއިން 8 މިލިއަން ރުފިޔާ ދޭ. ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ކުރަމުން އަންނަ އޮލިމްޕްސް ހުޅުވުމުގެ މަސައްކަތް ކުރަމުން ދާއިރު، އޮލިމްޕަހުގެ ކޮރިޑޯތަކުގައި މުށިޖެހުމުގެ މަސައްކަތް ކުރަން މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް އިން އިއުލާން ކޮށްފި އެވެ.

ރާއްޖޭގެ ފިލްމް އިންޑަސްޓްރީގެ މަސައްކަތްތަކާ ގުޅިލާމެހިފައިވާ އޮލިމްޕަހުގައި ކުރިއަށްދާ މަސައްކަތްތަކާއި، އޮލިމްޕަސް އަލުން ހުޅުވޭނެ ތާރީހަކާއި ދޭތެރޭ އެ އިންޑަސްޓްރީގެ ބައެއް ފަރާތްތަކުން ވަނީ މިފަހުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެންމެ ފުރަތަމަ އެންސީއޭއިން ވަނީ އެ މަސައްކަތް ޖޫން މަހުގެ ފަހުކޮޅަށް ނިމި، އޮލިމްޕަސް އަލުން ހުޅުވާލެވޭނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ޖޫން މަސް ފަހަނައަޅާ ގޮސް އެ ފަހުން ވަނީ ސެޕްޓެމްބަރަށް ހުޅުވަން މަސައްކަތް ކުރާ ކަމަށް ބުނެފަ އެވެ.

ސެޕްޓެމްބަރު މަސް ނިމިފައި ވާއިރު، މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެ މިނިސްޓްރީން ދޭ މައުލޫމާތާ އެއްގޮތަށް އޮލިމްޕަހުގެ ހުޅަނގު ކޮރިޑޯ އާއި ދެކުނުކޮރިޑޯގައި މުށިޖެހުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

އެންސީއޭއިން މީގެ ކުރިން ބުނެފައި ވަނީ އެތަން ހުޅުވުން ލަސްވެފައި ވަނީ ކޮވިޑް-19 އާއި ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން މުދާ އުފުލާ ބޯޓު ފަހަރުގެ ދަތުރުތަކަށާއި ތެލުގެ އަގަށް އައި ބަދަލުތަކުގެ ސަބަބުންނާއި ތަކެތީގެ އަގު އުފުލި، މަޝްރޫއުގެ ބަޖެޓުގެ ތެރެއިން ގެނެވޭ ވަރަށް ވުރެ ތަކެތީގެ އަގުބޮޑުވުމާ ގުޅިގެން ކަމަށެވެ.

އެ ސަބަބަށްޓަކައި ލަސްތަކެއް ވީނަމަވެސް، ވީހާވެސް އަވަހަށް އޮލިމްޕަހުގެ މަސައްކަތް ނިންމުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަމަށް ވެސް އެންސީއޭއިން ބުނެފައިވެ އެވެ.

އެންސީއޭއިން ބުނީ އޮލިމްޕަސް ތަރައްގީކުރުމުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް ފެށިފައިވަނީ މިދިޔަ މާޗު މަހުގެ އަށް ވަނަ ދުވަހުު ކަމަށެވެ.

މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގައި އޮލިމްޕަހުގެ ޓެރަސްއިން އިމާރާތުގެ ތެރެއަށް ފެން ލީކުވުން ހުއްޓުވުމަށްޓަކައި ޓެރަސް މަރާމާތުކޮށް، އޮލިމްޕަހުގެ އެކި ހިސާބުތަކުގައި ޝީޓު ކަނޑައިގެންދިއުމާއި، ރެނދުލުމުގެ ސަބަބުން ކޮންކްރީޓަށާއި ފާރުތަކަށް ލިބިފައިވާ ގެއްލުންތައް ވަނީ މަރާމާރުކުރެވިފަ އެވެ.

އޭގެ އިތުރުން ވެސް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އޮލިމްޕަހުން ހިދުމަތް ހޯދުން ފަސޭހަކުރުމަށް އެތަނުގެ ހޯލަށާއި ގޯތިތެރެއަށް ފުރޮޅުލީ ގޮނޑީގައި ވަދެނުކުމެ އުޅުމަށް ހާއްސަ ރޭމްޕް އެކްސެސް ވެސް މިހާރު ގާއިމުކޮށްފައިވެ އެވެ.

އޮލިމްޕަސް މަރާމާތުކުރުމުގެ މަސައްކަތަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox