އަމީނީ މަގު ހެދޭނީ އޮފިއެލޭ ގަސްތައް ކަނޑައިގެން ކަމަށް މީމު ޒަވިޔަނި ވިދާޅުވެއްޖެ

އަމީނީ މަގުގެ މަސައްކަތަށް ގަސްތައް ކަނޑާފައ: ޒާހިރު ވިދާޅުވީ އޮފިއެލޭ ގަސް މާލޭގެ މަގުތަކަށް ކަމުނުދާ ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އަމީނީ މަގުގެ މަސައްކަތަށް ގަސްތައް ކަނޑާފައ: ޒާހިރު ވިދާޅުވީ އޮފިއެލޭ ގަސް މާލޭގެ މަގުތަކަށް ކަމުނުދާ ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އަމީނީ މަގު ތަރައްގީ ކުރުމަށް އެ މަގުގައި ހުރި އޮފިއެލޭ ގަސްތައް ކަނޑަން ޖެހޭނެ ކަމަށް ތިމާވެށީގެ ތަޖުރިބާކާރު އަދި އިކޯ ކެއާގެ ފައުންޑާ މުހައްމަދު ޒާހިރު (މީމު ޒަވިޔަނި) ވިދާޅުވެއްޖެ އެވެ.

އަމީނީ މަގު ހެދުމުގެ 84 މިލިއަން ރުފިޔާގެ ޕްރޮޖެކްޓުގެ ތެރެއިން އެ މަގުގައި ހުރި ގަސްތައް ކަނޑާތީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ފާޑުކިޔުން އަމާޒުވެފައި އޮއްވާ "އަދަދު" އަށް ދެއްވި އިންޓަވިއުއެއްވައި ޒާހިރު ވިދާޅުވީ، އޮފިއެލޭ ގަހަކީ ވެލިގަނޑުގެ މަތީ ފަށަލައިގައި މޫތައް ފެތުރޭ ގަހެއްކަމުން އޭގެ ސަބަބުން އިންފްރާސްޓްރަކްޗާއަށް ގެއްލުންވާނެ ކަމަށެވެ.

"މި އެއްޗެހި (އަމީނީ މަގުގައި ހުރި އޮފިއެލޭ ގަސްތައް) ހަމަ ކަނޑަންވީ.. އަދި އަހަރެން ނަމަ ރިލޮކޭޓް ކުރާކަށް ވެސް މި ގަސްތަކެއް ނުގެންދާނަން. އޭގެން ކަނޑާލާފަ އޮފިތައް ގެންގޮސް އިންދާނީ،" ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި ވެސް ހުންނެވި ޒާހިރު ވިދާޅުވި އެވެ.

އަދި މާލޭގެ މަގުތައް ރަނގަޅަށް ހެދޭނީ މަގުގެ އަރިމަތީގައި ކާނުލައި ހޮޅިވަޅުލައިގެން ކަމަށާއި އެކަން އެގޮތަށް ކުރުމަށް ޑިޒައިނެއްގެ ދަށުން މަސައްކަތް ކުރެވޭނީ އެ މަގުގައި ހުރި ގަސްތައް ނަގައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެކަން ކުރެވޭނީ (ކާނުލައި، ހޮޅިވަޅުލޭނީ) އެފަދަ (މަތީ ފަށަލައިގައި މޫ ފެތުރޭ) ގަސްތައް ނަގައިގެން، ރީއްޗަށް ޑިޒައިން ކޮށްގެން.. އެއްބައި ބަހައްޓައިގެން އަނެއް ތަންކޮޅުން މުލެއް ނައްޓައިގެން.. އެހެނެއް ނުވާނެ މިކަމެއް," ރައީސް ނާސިރުގެ ވެރިކަމުގައި ރާއްޖެއަށް ގެނައި އޮފިއެލޭ ގަސްތައް ނަގަން ޖެހޭކަން އިތުރަށް ތަފްސީލުކޮށްދެއްވަމުން ޒާހިރު ވިދާޅުވި އެވެ.

މާލޭގެ މަގުތަކުން މިހާރު ފެންނަން ހުރި ދުވަސްވީ ގަސްތައް އިންދުނު ގޮތަށް އިޝާރަތް ކުރައްވާ ޒާހިރު ވިދާޅުވީ އެއީ އޭރު އެކި ސްކޫލުތައް ފަދަ ތަންތަނުގައި ހުރި ގަސްގަހުން އޮފިގަނޑެއް ކަނޑައިގެން ގޮސް އިންދަނީ ކަމަށެވެ. އެއީ އެއްވެސް ތަރުތީބެއް، ދިރާސާއެއް ނެތި ކުރި ކަމެއް ކަމަށްވެސް ފާހަގަކުރެއްވި އެވެ.

ޒާހިރު އިތުރަށް ވިދާޅުވީ މާލެ ފަދަ ސަރަހައްދަކަށް އެންމެ އެކަށޭނަ ގަސްތަކަކީ ވެލިގަނޑުގެ ދެ ވަނަ ފަށަލައިން އަޑިއަށް މޫ ދެމިގަންނަ އަދި ލަހުން ހެދޭ ގަސް ކަމަށެވެ.

"ތިން ގޮތަކަށް މޫ ފެތުރޭ ގަސްތައް ހުރޭ އެއީ ވެލިގަނޑުގެ މަތީ ފަށަލާގައި މޫ ފެތުރޭ ގަސްތަކާއި ދެ ވަނަ ފަށަލާގައި މޫ ފެތުރޭ ގަސްތަކާއި ދެ ވަނަ ފަށަލައިން ތިރިއަށް މޫ ފައިބައި ގަސްތަކެއް. މާލޭގެ މަގުތަކަށް އެންމެ ރަނގަޅީ ދެވަނަ ފަށަލައިން ތިރިއަށް މޫ ފައިބައި ގަސްތައް،" ޒާހިރު އިތުރަށް ވިދާޅުވި އެވެ.

އެގޮތުން މަގުތަކަށް އެންމެ އެދެވޭ އެއް ގަހަކީ ހިތި ގަސް ކަމަށްވެސް ޒާހިރު ވިދާޅުވި އެވެ. ހިތި ގަހަކީ އެ ގަސް ހުންނަ ސަރަހައްދުތަކުގައި އާންމު ބަލިތައް ފެތުރުން މަދުކޮށް މަދިރީގެ އުނދަގުލުން ވެސް އެ ސަރަހައްދެއް ހިމާޔަތް ކުރުމުގައި މުހިންމު ރޯލެއް ކުޅޭ ގަހެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ނަމަވެސް އެއް ރަށެއްގައި މުޅިން އެއް ވައްތަރެއްގެ ގަސް އިންދުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ޒާހިރު ވިދާޅުވި އެވެ. އެގޮތުން 1940 ގެ އަހަރުތަކުގައި ސިންގަޕޫރުގައި ހުރި އޮފިއެލޭ ގަސްތަކަށް ކުރިމަތިވި ބަލިމަޑުކަމެއްގެ ސަބަބުން އެ ގައުމުގެ ގިނަ ގަސްތައް މަރުވި ހާދިސާއަށް ރިއާޔަތް ކުރައްވާ ވިދާޅުވީ އެފަދަ ކާރިސާއަކުން ސަލާމަތްވުމަށް މާހިރުން ވެސް އިރުޝާދު ދެނީ އެކި ވައްތަރުގެ ގަސް އިންދުމަށް ކަމަށެވެ.

"އެހެންވީމަ ތަފާތު ގަސްތައް އިންދަންޖެހޭނީވެސް އެ ސަބަބަށްޓަކައި. އޭރުން އެކައްޗެއް ހަލާކުވިޔަސް އަނެކެއްޗެއް ހަލާކެއް ނުވާނެ. ކޮބާ މާލޭގަ ހުރި ބެރަބެދި ގަސްތައް. ހަމަ އެޕިޑަމިކެއް ޖެހިފަ ދިޔައީނު،" ގަސްތަކަށް ދިމާވާ ބަލިމަޑުކަމުގެ ވާހަކަ އިތުރަށް ތަފްސީލުކޮށްދެއްވަމުން ޒާހިރު ވިދާޅުވި އެވެ.

އަމީނީ މަގުގެ މަސައްކަތަށް ގަސްތައް ކެނޑުމުގެ މައްސަލަ ހޫނުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ މަސައްކަތްތައް ވަގުތީގޮތުން ހުއްޓާލުމުގެ އަމުރަކަށްވެސް ކޯޓުގައި އެދިފަ އެވެ. މި ކަމުގައި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) މީގެ ކުރިން "އަދަދު"އަށް ވިދާޅުވެފައިވަނީ އަމީނީ މަގުގެ މަސަތްކަތަށް ބައެއް ގަސްތައް ނަގަން ޖެހުނު ނަމަވެސް އެ މަގުގެ މަސައްކަތް ނިމޭއިރު ނަގާ ކޮންމެ ގަހަކަށް ގަހެއް އިންދޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox