އެންމެ ބޮޑު ގޮންޖެހުމަކީ ދީނަށް ފުރައްސާރަ ކުރުމާއި ދީނީ ހަރުކަށި ފިކުރުތައް: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ -- ފޮޓޯ: އަދަދު

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ -- ފޮޓޯ: އަދަދު

ދިވެހި ގައުމިއްޔަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އަދި ނުރައްކަލަކީ ދީނަށް ފުރައްސާރަ ކުރުމާއި ދީނީ ހަރުކަށި ފިކުރުތައް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ގައުމީ ދުވަހާ ގުޅިގެން "އަދަދު" ނޫހަށް ދިން ހާއްސަ އިންޓަވިއެއްގައި މިނިސްޓަރު އިމްރާން ވިދާޅުވީ ދީނަށް ފުރައްސާރަ ކުރުމާއި ހަރުކަށި ފިކުރުތަކުގެ ސަބަބުން ގެއްލުންތައް ކުރިމަތިވަމުން އަންނަ ކަމަށެވެ.

"ދީނަށް ބައެއް ފަހަރަށް ގޮންޖެހުމާއި މަލާމާތް ކުރުމާއި ފުރައްސާރަ ކުރުމުގެ މައްސަލަ އަށަގަނެ އިތުރުވަމުން ދިޔަ ދިއުން އެއީ ހަމަ ބޮޑު ގޮންޖެހުމެއް، އަނެއް ކޮޅުން ދީނުގެ ނަމުގައި ހަރުކަށި ފިކުރުތައް ގެންގުޅެ އޭގެ ސަބަބުން މުޖުތަމައުގެ އަފުރާދުންނަށް ނުރައްކަލާއި ގެއްލުން އަދި ބައެއް ފަހަރަށް ދައުލަތުގެ މުދަލާއި ވަސީލަތްތަކަށް ގެއްލުންވާ ހިސާބަށް ކަންކަން ދިއުން އެއީ އޭގެ ތެރޭގައި ހިިމެނޭ ނުރައްކާތެރި ކަމެއް،" އަދާލަތު ޕާޓީގެ ރައީސްގެ ގޮތުގައި ވެސް ހުންނެވި ދީނީ އިލްމުވެރިޔާ ޝެއިޚު އިމްރާން ވިދާޅުވި އެވެ.

ދިވެހިންނަކީ ނުވަސަތޭކައެއްހާ އަހަރު "އެއްބައިވަންތައް މުސްލިމުންތަކެއް"ގެ ގޮތުގައި ތިބި ބައެއްކަން ފާހަގަ ކުރައްވައި އިމްރާން ވިދާޅުވީ އިސްލާމީ ސައްހަ އަގީދާ އާއި ހެޔޮލަފަ އާއި ރަނގަޅު އަހުލާގާއި އާދަކާދަ ދެމެހެއްޓުމަށް އެންމެން ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ދީނާއި ދުރަށް ދާ ފަރާތްތައް ވެސް ހަމަ މަގަށް ގެނައުން މުހިންމު، ހަރުކަށި ފިކުރުތަކުން ދީން ސަލާމަތް ކުރުން ވެސް މުހިންމު،" އޭނ ވިދާޅުވި އެވެ.

ގައުމިއްޔަތަށް ކުރިމަތިވެދާނެ ހުރިހާ ގޮންޖެހުންތަކުން ވެސް ސަލާމަތް ކުރުމަށް، ހުރިހާ ދިވެހިން އެއް ވިސްނުމެއްގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ތެރޭގައި ސިޔާސީ ބައެއް ތަފާތުވުންތައް ހުންނާނެ އަދި ބައެއް ކަހަލަ މައްސަލަތަކުގައި އިޖުތިމާއީ ތަފާތުކުރުންތައް ވެސް ހުރެދާނެ، އެކަމަކު މުޅި ގައުމާ ގުޅުންހުރި ކަންކަމުގައި ގައުމީ މަސްލަހަތަށް އެންމެންގެ ވިސްނުން އެއްގޮތް ކުރަން ވާނެ،" އޭނާ ވިދާޅުވި އެވެ.

ގައުމިއްޔަތުގެ އެންމެ ބޮޑު ބޮޑު ބަހާއެއްގެ ގޮތުގައި ގަބޫލުކުރަނީ ދީނާއި ބަހާއި ތާރީހު ކަމަށާއި އެ ވިސްނުން އިސްކޮށް ގައުމިއްޔަތުގެ ސިފަތައް ދިރުވާ އާލާކުރަން އެންމެން ވެސް ވިސްނަން ޖެހޭ ކަމަށް އިމްރާން ވިދާޅުވި އެވެ.

މި އަހަރުގެ ގައުމީ ދުވަސް ރަސްމީކޮށް ފާހަގަކުރަނީ މި ދުވަސް އެ ބޭފުޅަކަށްޓަކައި ހާއްސަވާ، ޕޯޗްގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކޮށް ދެއްވި ބަތޮލު މުހައްމަދު ތަކުރުފާނުގެ އުފަން ރަށް، ހއ. އުތީމުގަ އެވެ. މި ރަށުގައި ރޭ ވެސް ބައެއް ހަރަކާތްތައް ކުރިއަށް ގެންދިޔައިރު، ގައުމީ ދުވަހުގެ ހާއްސަ ޖަލްސާ މިއަދު ހެނދުނު 9:00 ގައި އޮންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox