މަސްވެރިކަމަށް ސަރުކާރަށް ވުރެ ބޮޑު އިންވެސްޓެއް ކުރިން: ގާސިމް

ރައްޔިތުންގެ މަޖިލީހުގެ މާމިނގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް، މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ: މިއަދުގެ ޖަލްސާގައި ގާސިމް ވިދާޅުވީ މަސްވެެެރިކަމަށް އޭނާ ކުރެއްވި އިންވެސްޓްމެންޓް ސަރުކާރުން ކުރި އިންވެސްޓްމެންޓް ބޮޑުވާނެކަމަށް -- ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ މާމިނގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް، މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ: މިއަދުގެ ޖަލްސާގައި ގާސިމް ވިދާޅުވީ މަސްވެެެރިކަމަށް އޭނާ ކުރެއްވި އިންވެސްޓްމެންޓް ސަރުކާރުން ކުރި އިންވެސްޓްމެންޓް ބޮޑުވާނެކަމަށް -- ފޮޓޯ: މަޖިލީހުގެ އިދާރާ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ސަރުކާރުތަކުން އިންވެސްޓްކޮށްފައިވާ ވަރަށް ވުރެ، އެ ސިނާއަތުގައި އޭނާ ކުރައްވާފައިވާ އިންވެސްޓްމަންޓް ބޮޑުވާނެ ކަމަށް ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިނގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މަސްވެރިކަން މިދުވަސްވަރު ރަނގަޅުވެފައި ވާއިރު މަސްނުކިރޭތީ ކަންބޮޑުވުން ފާޅުކުރައްވައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ގާސިމް ވިދާޅުވީ މަސްވެރިކަމަށް އެހާ ބޮޑުކޮށް އިންވެސްޓެއް ކުރި ނަމަވެސް، އެ މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ. އެއީ ފުރަތަމަ އިންވެސްޓް ކުރި އިރު އޭރުގެ ސަރުކާރުން ގެންގުޅުނު އުސޫލުތައް ފަހުން އައި ސަރުކާރުތަކުން ދޫކޮށްލުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައީސް މައުމޫނުގެ ސަރުކާރުން ކުރެއްވި އިއުލާނާ ގުޅިގެން، ޕްރައިވެޓް ސެކްޓަރަށް [މަސްގަތުން] ދޫކޮށްލައްވައިގެން ކުރެއްވި މަސައްކަތްޕުޅުގެ ދަށުން އަޅުގަނޑު ބައިވެރިވެގެން އަޅުގަނޑު މިއީ އެކަމަށް ވަރަށް ބޮޑު އިންވެސްޓްމެންޓެއް ކޮށްފައިވާ މީހެއް. އާދެ އަޅުގަނޑު ކޮށްފައިވާ އިންވެސްޓްމެންޓަކީ ހަމަ ގައިމު ވެސް އޭރުވެސް އަދި މިހާރަށް ބެލިޔަސް ދިވެހި ސަރުކާރުން މަސްވެރިކަމަށް ކޮށްފައިވާ އިންވެސްޓްމެންޓަށް ވުރެ ބޮޑު އިންވެސްޓްމެންޓެއް،" ގާސިމް ވިދާޅުވި އެވެ.

މަސްވެރިކަމަށް އިންވެސްޓްކޮށްގެން ކުރި މަސައްކަތް ކުރިއަށް ނުދިޔައީ ވަކި ސަރުކާރަކުން ކުރިކަމަކުން ނޫން ކަމަށާއި އެހެން ނަމަވެސް އެއީ އޭރު ގެންގުޅުނު އުސޫލުތައް ދޫކޮށްލުމުގެ ނަތީޖާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"[މަސް ގަނެ އެކްސްޕޯޓްކުރުމުގެ މަސައްކަތް ރަނގަޅަށް ކުރިއަށް ނުދާ] ސަބަބަކަށް ވަނީ މަސްވެރިކަމުން، ކަޅުބިލަ މަހުން ލިބެނީ ވަރަށް ބޮޑު ގެއްލުމަކަށް ވާތީ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް އެެވިދާޅުވީ ރާއްޖޭގެ ދެކުނުގެ ވަކި ސަރަހައްދަކުން މަސް ގަތުމުގެ އެކްސްކްލޫސިވިޓީއާއެކީ މާންދޫ ފިޝަރީޒް ކޮމްޕްލެކްސް ހިންގަން، ގާސިމްގެ ވިލާ ގްރޫޕްގެ ސަބްސިޑަޔަރީ ކުންފުނި ހޮރައިޒަން ފިޝަރީޒް އިން ކުރި އިންވެސްޓްމެންޓްގެ ވާހަކަ އެވެ. މާންދޫ ހިންގަން ފެށި ފަހުން އެތަނުގެ ކެޕޭސިޓީ އިތުރުކުރަން ހޮރައިޒަން އިން 100 މިލިޔަން ޑޮލަރަށް ވުރެ ގިނަ ފައިސާ އިންވެސްޓްކޮށްފައިވާ ކަމަށް އެކުންފުނިން ކުރިން ބުނެފައި ވެ އެވެ.

މަސްގަނެ އެކްސްޕޯޓްކުރުމުގެ ވިޔަފާރިން ވަނީ ގެއްލުން ކަމަށް ވިދާޅުވެ، އޭގެ މިސާލެއްގެ ގޮތުގައި ގާސިމް ދެއްކެވީ ސަރުކާރުގެ ކުންފުނި މިފްކޯ އެވެ. މިފްކޯ އަބަދުވެސް ހިންގަމުން އަންނަނީ ގެއްލުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox