އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަމްބަރު ބޯޑު، ގަވާއިދާ އެއްގޮތަށް ބޭނުންކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އަންގައިފި އެވެ.
މިނިސްޓްރީން އިއްޔެ ބުނީ މިހާރު ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ނަމްބަރު ބޯޑު ހުންނަނީ "އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދު"ގާ ވާ ގޮތަށް ނޫންކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަމްބަރު ބޯޑު، ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑާ އެއްގޮތަށް ބޭނުން ކުރުމަށް މިނިސްޓްރީން ވަނީ އަންގާފަ އެވެ.
"ނަމްބަރު ބޯޑު" މިނިސްޓްރީގެ ގަވައިދުގައި ބުނާ މިންގަނޑު
"އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދު" ގައިވާގޮތުން އެ އުޅަނދު މަގުމަތީގައި ދުއްވޭނީ ރަޖިސްޓްރީ ކުރުމަށްފަހު އުޅނދުގައި ހަރުކުރުމަށް އެއްގަމު އުޅަނދުފަހަރުގެ ރަޖިސްޓްރާ ނުވަތަ ރަޖިސްޓްރާ އައްޔަންކުރާ ފަރާތަކުން ދޭ ނަމްބަރެއް ގަވާއިދުގައި ފާހަގަކޮށްފައިވާ ގޮތަށް ނަމްބަރު ހަރުކުރުމަށްފަހު އެވެ.
ރަޖިސްޓްރީކޮށްފައި ހުންނަ އުޅަނދުގައި ނަމްބަރު ޖަހާއިރު، ނަމްބަރު ބޯޑުގެ އަކުރުތައް ހުންނަން ޖެހޭނީ "އޭރިއަލް ބޯލްޑް" ފޮންޓުންނެވެ.


ނަމްބަރު ބޯޑު ހުންނަން ޖެހޭނެ ގޮތް---
އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ނަމްބަރު ބޯޑު ކަރުދާހުން ހަދައިގެން ބޭނުންކުރުމަކީ ވެސް މި ގަވާއިދުގައި ބުނާގޮތުން މަނާކަމެކެވެ.
މި ގަވާއިދުގެ ދަށުން ވިޔަފާރި އުސޫލުން ބޭނުންކުރާ އުޅަނދުތަކުގެ ނަމްބަރު ބޯޑުތައް ހުންނަންވާނީ ރީނދޫ ކުލައިގެ ބޯޑެއްގައި ކަޅުކުލައިގެ އަކުރުން ލިޔެފަ އެވެ. އަދި ކޮންސިއުލާ މިޝަންތަކުގައި ބޭނުންކުރާ އުޅަނދުތަކުގެ ނަމްބަރު ބޯޑު ހުންނަންވާނީ ނޫ ކުލައިގެ ބޯޑެއްގައި ހުދު ކުލައިން ލިޔެފަ އެވެ.

ވިޔަފާރިއަށް ބޭނުންކުރާ ނަމްބޯޑު ހުންނަން ޖެހޭނެ ގޮތް--
މި ގަވައިދުގައި ބުނާގޮގޮތުން އިންޖީނުލީ އެހެން އުޅަނދުތަކުގެ ނަމްބަރު ބޯޑު ހުންނަންވާނީ ކަޅު ކުލައިގެ ބޯޑެއްގައި ހުދު ކުލައިގެ އަކުރުން ލިޔެފަ އެވެ.













