މަސްވެރިކަން އިންތިހާއަށް ރަނގަޅު، އެކަމަކު މަސް ނުކިރި ޝަކުވާ ބޮޑު!

މަސްވެރިންތަކެއް މަސް ބާނައިގެން އައިސް ކޫއްޑޫ ފަޅުގައި މަސް ނިރުވުމަށް އަޅާ-- ފޮޓޯ: ސާޖިން

މަސްވެރިންތަކެއް މަސް ބާނައިގެން އައިސް ކޫއްޑޫ ފަޅުގައި މަސް ނިރުވުމަށް އަޅާ-- ފޮޓޯ: ސާޖިން

މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މަސްވެރިކަން ރަނގަޅުވި ނަމަވެސް މަސް ކިރުވުން ލަސްވާ ކަމަށާއި މިފްކޯގައި ކެޕޭސިޓީ ނެތް ކަމުގެ ޝަކުވާ މަސްވެރިން ކޮށްފި އެވެ.

މަސްވެރިކަމުގެ ފަހި މޫސުން ފެށި، އެކި ހިސާބުތަކުން ދަނީ ގިނަ އަދަދަކަށް މަސް ބާނަމުންނެވެ. އެގޮތުން ބައެއް ދޯނިތަކުން 30 ޓަނު، 40 ޓަނުވެސް ދަނީ ބާނަމުންނެވެ.

މިވަގުތު މިފްކޯއަށް މަސް ކިރުމަށް އައްޑޫއަށް ގޮސް އޮތް ފަރެސްމާތޮޑާގެ މަސްވެރިއަކު ބުނީ މަސް ކިރުމަށް ކިޔުއަށް އެރީ އިއްޔެ ކަމަށެވެ. ނަމަވެސް އަދިވެސް މަސް ކިރުވިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

Advertisement

"ކިޔު ވަރަށް ދިގު. އިއްޔެ އައި ގޮތަށް މި ތިބީ. އަދި ކިރޭ ގޮތެއް ނުވޭ. މިހާރު މަސް ކިރާއިރު ވަކި ލިމިޓެއް ނެތި މަސް ނަގާތީ ފަސޭހަ، ބާނައިގެން އަންނަ ހުރިހާ މަހެއް ނަގާ،" އޭނާ ބުންޏެވެ.

މި ނޫހާ ވާހަކަ ދައްކަމުން އެހެން މަސްވެރިއަކު ބުނީ ގިނަ ދުވަސްތަކަކަށްފަހު މަސް ބޭނިގެން މަސް ކިރަން އަނެއްކާވެސް އުނދަގޫވެފައިވާ ކަމަށެވެ.

"މިހާ ދުވަހުން މަސް ބާނައިގެން އައީމަވެސް މަސްވެރިން މި ޖެހެނީ މަސް ނުކިރިގެން ނޫނީ އައިސް ނުލިބިގެން އުޅެން. އެއްކޮޅަށް ދުއްވާފަ އަނެއްކޮޅަށް ދުއްވާފަ އުޅެން،" އޭނާ ބުންޏެވެ.

"މިފްކޯއިން ބުނަނީ އިތުރު ބޯޓެއް ގަންނަން ބަލަމުންދާ ކަމަށް"

މަސްވެރިކަން އިންތިހާއަށް ރަނގަޅުވެ މިފްކޯގެ ކެޕޭސިޓީއަށް ވުރެ އިތުރަށް މަސް ބޭނުމަކީ މީގެ ކުރިންވެސް މަސްވެރިކަމުގެ މޫސުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމެވެ.

އެކަމަށް ހައްލެއް ގެނައުމަށް ބާނަމުންދާ ހުރިހާ މަސް ގަނެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތުގައި ބޭރުގެ ބޯޓެއް ގެންނަން ހަމަޖެހިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެފައި ވަނީ މިދިޔަ އޭޕްރީލް މަހު އެވެ.

އަދި މަސްވެރިކަމުގެ މޫސުން ފެށުމުގެ ކުރިން އެކަން ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މަސްވެރިކަން ރަނގަޅު ދުވަސްވަރު މަސް ނުކިރޭ މައްސަލައަށް އެކަށީގެންވާ ހައްލެއް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ސުވާލު ކުރުމުން މިފްކޯގެ އެމްޑީ އިސްމާއިލް ފައުޒީ މި ނޫހަށް ވިދާޅުވީ ސްޓޯރޭޖް ކެޕޭސިޓީ ރަނގަޅު ކުރުމަށް މެޝިނަރީއަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މީގެ އިތުރުން ކެޕޭސިޓީ އިތުރު ކުރުމަށް އަޅުގަނޑުމެން މި ދަނީ އިތުރު ބޯޓުފަހަރުވެސް ބަލަމުން. މިއީ ބާޒާރުން ޗޮކްލެޓް ގަތުން ކަހަލަ ކަމެއް ނޫން. ވަގުތު ނަގާނެ. ބަލަން ޖެހޭ ކަންކަން ބަލާ ގަންނައިރު ގަންނާނީ ރަނގަޅު އެއްޗެއް،" ފައުޒީ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ކެޕޭސިޓީގައި ހުރި ވަރަކުން މަސް ނަގަމުންދާނެ ކަމަށެވެ. އެގޮތުން ބައެއް ދޯނިތަކުން ދެ ބުރަށް މަސް ބަނައިގެން މަސް ކިރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިފްކޯއަށް މަސް ގަންނަ މިންވަރު އިތުރުކުރުމަށާއި، ފިނިކޮށްފައި މަސް ބެހެއްޓޭ ޖާގަ އިތުރުކުރުމަށް މަޝްރޫއުތަކެއް ވެސް ވަނީ ފަށައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox