ދުނިޔޭގެ ގަދަ ބާރުތައް ހިމެނޭ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަންގެ ޑަޔަލޮގް ޕާޓްނަރަކަށް ރާއްޖެ

ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން ސަމިޓުގައި އެ ޖަމިއްޔާގެ މެމްބަރު ގައުމުތަކުގެ އިސްވެރިން ބައިވެރިވަޑައިގަންނަވަނީ. ---

ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން ސަމިޓުގައި އެ ޖަމިއްޔާގެ މެމްބަރު ގައުމުތަކުގެ އިސްވެރިން ބައިވެރިވަޑައިގަންނަވަނީ. ---

އިރުމަތީ އޭޝިއާ އަދި ޔޫރަޕުގެ ސަރަހައްދީ ސަލާމަތާއި ރައްކާތެރި ކަމަށް މަސައްކަތް ކުރާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ގެ ޑަޔަލޮގް ޕާޓްނަރެއްގެ ގޮތުގައި ރާއްޖެ ހަމަޖައްސައިފި އެވެ.

އުޒްބެކިސްތާނުގެ ވެރިރަށް ޓަޝްކެންޓުގައި ކުރިއަށްދިޔަ އެސްސީއޯ ގައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ވަނީ ޑަޔަލޮގް ޕާޓްނަރެއްގެ ގޮތުގައި ރާއްޖެ ހަމަޖެއްސުމަށް ވަނީ ފާސްކޮށްފަ އެވެ. އެ ޖަމާއަތުގެ ޕާޓްނަރެއްގެ ގޮތުގައި ރާއްޖެ ހަމަޖެއްސުމަށް އެންމެ ފުރަތަމަ ނިންމީ ޖުލައި މަހުގެ ފަހުކޮޅު ޓަޝްކެންޓުގައި ބޭއްވި ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގަ އެވެ.

"ރާއްޖެ އިން ދެކޭ ގޮތުގައި ޑަޔަލޮގް ޕާޓްނަރަކަށް ވުމަކީ ސަރަހައްދީ އިގްތިސާދީ ހަރަކާތްތަކުގެ އުޅުމުގެ ފުރުސަތު ވަރަށް ބޮޑަށް ތަނަވަސްވެ، މެމްބަރު ގައުމުތަކާ އެކު ގާތުން މަސައްކަތް ކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމެއް،" ފޮރިން މިނިސްޓްރީން އޮގަސްޓު މަހު ނެރު ބަޔާނެއްގައި ބުނެފައި ވެއެވެ.

ހަމައެހެންމެ، ރާއްޖޭގެ ހާރިޖީ ސިޔާސަތަށް މުހިންމު ކަންކަމުގައި އާއި ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރި ކަމަށް އެސްސީއޯގެ މެމްބަރު ގައުމުތަކާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.

ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަނަކީ ކޮބާ؟

މިއީ އިރުމަތީ ޔޫރަޕާއި އޭޝިއާގެ ގައުމުތައް ހިމެނޭ ގޮތުން ޖޫން 15، 2001 ގައި އުފެއްދި އެއްބާރުލުން ދިނުމުގެ ބައިނަލްއަގްވާމީ ޖަމާއަތެކެވެ. މިވަގުތު މި ޖަމާއަތުގެ މެމްބަރުންގެ ގޮތުގައި އަށް ގައުމު އެބައޮތެވެ. އެއީ ޗައިނާ، އިންޑިއާ، ޕާކިސްތާނު، ރަޝިއާ، ކިރިގިސްތާނު، ކަޒަކްސްތާނު، ތަޖިކިސްތާނު އަދި އުޒްބެކިސްތާނެވެ.

އޭގެ އިތުރުން، އޮބްޒާވަރުންގެ ގޮތުގައި ހަތަރު ގައުމެއް ހިމެނެ އެވެ. އެއީ، އަފްޢާނިސްތާނު، ބެލަރޫސް، އިރާނު އަދި މޮންގޯލިއާ އެވެ. މި ޖަމާއަތުގެ ފުރިހަމަ މެމްބަރަކަށް އިރާނު ހެދުމުގެ މަސައްކަތް މިދިޔަ އަހަރު ވަނީ ފަށާފަ އެވެ.

އަދި، ޕާޓްނަރުންގެ ގޮތުގައި އާމީނިއާ، އަޒަރުބައިޖާނު، ކެމްބޯޑިއާ، ނޭޕާލް، ސްރީ ލަންކާ އަދި ތުރުކީ ހިމެނެ އެވެ. ހަމައެހެންމެ، މިސްރު، ގަތަރު އަދި ސައުދީ އަރަބިއްޔާ ޕާޓްނަރުންގެ ގޮތުގައި ހަމަޖެއްސުމުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ. އެ ގައުމުތަކުގެ ތެރޭގައި ރާއްޖެ، ޔޫކްރެއިން އަދި އިޒްރޭލު ވެސް ހިމެނެ އެވެ.

މި ޖަމާއަތަކީ 2005 އިން ފެށިގެން އދ. ގެ އާންމު މަޖިލީހުގެ އޮބްޒާވަރެއް ވެސްމެ އެވެ.

އެސްސީއޯ އުފެދުނު ފަހުން މިހާތަނަށް އެ ޖަމާއަތުން މަސައްކަތްކޮށްފައި ވަނީ ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަމަށެވެ. އެގޮތުން، ސަރަހައްދީ ޓެރަރިޒަމާއި، ނަސްލީ ވަކިވެގަތުމާއި، ދީނީ ހައްދުފަހަނައެޅުމާ ދެކޮޅަށް އަންނަނީ ގައުމުތައް ގުޅިގެން މަސައްކަތް ކުރަމުންނެވެ. ހަމައެހެންމެ، ސަރަހައްދީ ކުރިއެރުމާއި ތަރައްގީއަށް ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުން ބެލި ނަމަވެސް އެސްސީއޯ އަކީ މިވަގުތު ދުނިޔޭގައި އޮތް މިފަދަ އެންމެ ބާރުގަދަ ޖަމާއަތެވެ. އަދި، އާބާދީގެ ގޮތުން ބަލާއިރު ދުނިޔޭގެ އާބާދީގެ 40 ޕަސެންޓު މި ޖަމިއްޔާއިން ހިއްސާކުރެ އެވެ. ރާއްޖެ ވެގެންދާނީ މި ޖަމާއަތުގެ ޕާޓްނަރުކަން ދޭ އެންމެ ކުޑަ ގައުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox