42 ރަށުގެ ކައުންސިލަށް ސެކެޓްރީ ޖެނެރަލުން ހޯދަނީ

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުން---

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުން---

ތަފާތު 45 ރަށެއްގެ ކައުންސިލަށް ސެކެޓްރީ ޖެނެރަލް (އެސްޖީ) އިން ހޯދަން ސިވިލް ސާވިސް ކޮމިޝަން (ސީއެސީން) އިން އިއުލާން ކޮށްފި އެވެ.

ސީއެސްސީން ބުނީ އެ މަގާމުތަކަށް މީހުން ހޯދުމަށް އިއުލާން ކޮށްފައި ވަނީ މިހާތަނަށް އެސްޖީން ނެތް ކައުންސިލްތަކަށާއި އެސްޖީން އިސްތިއުފާ ދީފައިވާ ކައުންސިލްތަކަށް ކަމަށެވެ.

ރަށު ކައުންސިލްގެ އިދާރާތަކުގެ އެސްޖީންގެ މަގާމަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ 42 ރަށަކަށެވެ. އެ މުއްދަތު ހުޅުވާލާފައި ވަނީ މި މަހުގެ 29 އާ ހަމައަށެވެ.

މި މަގާމުގައި އެސްޖީން ދެ ރޭންކެއް ހިމެނެ އެވެ. ފުރަތަމަ ރޭންކްގެ މުސާރަ އަކީ 16،100ރ. އެވެ. ދެވަނަ ރޭންކްގެ މުސާރައަކީ 12،285ރ. އެވެ. އެސްޖީން އައްޔަން ކުރަނީ ފަސް އަހަރަށެވެ.

ރަށު ކައުންސިލްގެ އިދާރާތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހުން ހޯދާ ރަށްތައް:

  1. އިހަވަންދޫ ކައުންސިލްގެ އިދާރާ / ހއ. އިހަވަންދޫ
  2. ކެލާ ކައުންސިލްގެ އިދާރާ / ހއ. ކެލާ
  3. ވަށަފަރު ކައުންސިލްގެ އިދާރާ / ހއ. ވަށަފަރު
  4. އުތީމު ކައުންސިލްގެ އިދާރާ / ހއ. އުތީމު
  5. ނައިވާދޫ ކައުންސިލްގެ އިދާރާ / ހދ. ނައިވާދޫ
  6. ހިރިމަރަދޫ ކައުންސިލްގެ އިދާރާ / ހދ. ހިރިމަރަދޫ
  7. ކުރިނބި ކައުންސިލްގެ އިދާރާ / ހދ. ކުރިނބި
  8. ފޭދޫ ކައުންސިލްގެ އިދާރާ / ށ. ފޭދޫ
  9. ނަރުދޫ ކައުންސިލްގެ އިދާރާ / ށ. ނަރުދޫ
  10. މަރޮށީ ކައުންސިލްގެ އިދާރާ / ށ. މަރޮށި
  11. ޅައިމަގު ކައުންސިލްގެ އިދާރާ / ށ. ޅައިމަގު
  12. ހެނބަދޫ ކައުންސިލްގެ އިދާރާ / ނ. ހެނބަދޫ
  13. ފޮއްދޫ ކައުންސިލްގެ އިދާރާ / ނ. ފޮއްދޫ
  14. ވާދޫ ކައުންސިލްގެ އިދާރާ / ރ. ވާދޫ
  15. ރަސްގެތީމު ކައުންސިލްގެ އިދާރާ / ރ. ރަސްގެތީމު
  16. ހުޅުދުއްފާރު ކައުންސިލްގެ އިދާރާ / ރ. ހުޅުދުއްފާރު
  17. ރަސްމާދޫ ކައުންސިލްގެ އިދާރާ / ރ. ރަސްމާދޫ
  18. ފެހެންދޫ ކައުންސިލްގެ އިދާރާ / ބ. ފެހެންދޫ
  19. ހިތާދޫ ކައުންސިލްގެ އިދާރާ / ބ. ހިތާދޫ
  20. ކިހާދޫ ކައުންސިލްގެ އިދާރާ / ބ. ކިހާދޫ
  21. ކަމަދޫ ކައުންސިލްގެ އިދާރާ / ބ. ކަމަދޫ
  22. ކުޑަރިކިލު ކައުންސިލްގެ އިދާރާ / ބ. ކުޑަރިކިލު
  23. ކާށިދޫ ކައުންސިލްގެ އިދާރާ / ކ. ކާށިދޫ
  24. މާޅޮހު ކައުންސިލްގެ އިދާރާ / އއ. މާޅޮސް
  25. ފެންފުށީ ކައުންސިލްގެ އިދާރާ / އދ. ފެންފުށި
  26. ދިގުރަށު ކައުންސިލްގެ އިދާރާ / އދ. ދިގުރަށް
  27. ފުލިދޫ ކައުންސިލްގެ އިދާރާ / ވ. ފުލިދޫ
  28. ތިނަދޫ ކައުންސިލްގެ އިދާރާ / ވ. ތިނަދޫ
  29. ފެލިދޫ ކައުންސިލްގެ އިދާރާ / ވ. ފެލިދޫ
  30. ރަކީދޫ ކައުންސިލްގެ އިދާރާ / ވ. ރަކީދޫ
  31. ރަތްމަންދޫ ކައުންސިލްގެ އިދާރާ / މ. ރަތްމަންދޫ
  32. މުލަކު ކައުންސިލްގެ އިދާރާ / މ. މުލައް
  33. ނާލާފުށީ ކައުންސިލްގެ އިދާރާ / މ. ނާލާފުށި
  34. މަޑުއްވަރީ ކައުންސިލްގެ އިދާރާ / މ. މަޑުއްވަރީ
  35. ރިނބުދޫ ކައުންސިލްގެ އިދާރާ / ދ. ރިނބުދޫ
  36. މާއެނބޫދޫ ކައުންސިލްގެ އިދާރާ / ދ. މާއެނބޫދޫ
  37. ވިލުފުށީ ކައުންސިލްގެ އިދާރާ / ތ. ވިލުފުށި
  38. ވަންދޫ ކައުންސިލްގެ އިދާރާ / ތ. ވަންދޫ
  39. ގާދިއްފުށީ ކައުންސިލްގެ އިދާރާ / ތ. ގާދިއްފުށީ
  40. މަޑަވެލި ކައުންސިލްގެ އިދާރާ / ގދ. މަޑަވެލި
  41. ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ / ގދ. ފަރެސްމާތޮޑާ
  42. ވާދޫ ކައުންސިލްގެ އިދާރާ / ގދ. ވާދޫ

ރަށު ކައުންސިލުތަކުގެ އިތުރުން، ހަތަރު އަތޮޅެއްގެ ކައުންސިލްގެ އިދާރާތަކުގެ އެސްޖީކަމަށް ހުޅުމާލާފައި ވަނީ ވެސް މި މަހުގެ 29ގެ ނިޔަލަށެވެ. އެ މަގާމުގެ މުސާރައަކީ 21،000ރ. އެވެ.

އަތޮޅު ކައުންސިލްގެ އިދާރާތަކުގެ ސެކްރެޓަރީ ޖެނެރަލުން ހޯދާ ރަށްތައް:

  1. މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ / ނ. މަނަދޫ
  2. މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ / ރ. އުނގޫފާރު
  3. މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ / ކ. ތުލުސްދޫ
  4. ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ / ވ. ފެލިދޫ

ސެކްރެޓަރީ ޖެނެރަލްގެ މަގާމަކީ، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެ އިސް މަގާމެވެ. ކައުންސިލްގެ ލަފާގެ މަތިން، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެހާ ކަމެއް ހިންގައި ބެލެހެއްޓުމާއެކު، މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރަންޖެހެނީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox