މާލޭގައި ހަދަމުން އަންނަ އިމާރާތެއްގެ މައްޗަށް ދަނގަޑުތަކެއް އަރުވަނިކޮށް އޭގެ ތެރެއިން ދަނގަޑެއް ވެއްޓި، މީހެއްގެ ގަޔަށް ހެރި އޭނާ ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ.
ފުލުހުން ބުނީ ހެންވޭރުގައި ހަދަމުން އަންނަ އިމާރާތެއްގެ މައްޗަށް ދަގަނޑުތަކެއް އަރުވަނިކޮށް ހިނގި އެ ހާދިސާގައި ދަގަނޑު ހެރުނީ ބިދޭސީއެއްގެ ގަޔަށް ކަމަށެވެ. ދަނގަނޑު ހެރުނީ އެމީހާގެ މޫނަށް ކަމަށް ވެސް ބުންޏެވެ.
އޭޑީކޭގެ ސީއީއޯ އަހުމަދު އަފްއާލް "އަދަދު"އަށް ވިދާޅުވީ ދަނގަޑެއް ހެރިގެން ގެނައި މީހާއަށް އޭޑީކޭގެ ޑޮކްޓަރުންގެ ޓީމަކުން ފަރުވާދެމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް އޭނާގެ ހާލަތާ ބެހޭ ގޮތުން އޭނާ ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.
އެނގިފައިވާ ގޮތުގައި ވެއްޓުނު ދަނގަޑު ވަނީ ބިދޭސީ މީހާގެ މޫނުން ވަދެގެން އެތެރެހައްޓާ ހަމައަށް ފޯރާފަ އެވެ.












