ދިވެހި ބަސް ދިވެހިންގެ ދެ ވަނަ ބަހަށް ބަދަލުވާތީ ބިދޭސީ ޓީޗަރެއްގެ ކަންބޮޑުވުން، ދިރާސާއެއް ކުރަނީ

ޑރ. ޖޮއޭން ފިންލެންޑް ސްކޫލްގެ އައުޓްސްޕީކް ޕްރޮގްރާމުގައި ވާހަކަ ދައްކަނީ: އޭނާގެ ދިރާސާގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި -- ފޮޓޯ: ސްކްރީންކެޕްޗާ

ޑރ. ޖޮއޭން ފިންލެންޑް ސްކޫލްގެ އައުޓްސްޕީކް ޕްރޮގްރާމުގައި ވާހަކަ ދައްކަނީ: އޭނާގެ ދިރާސާގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި -- ފޮޓޯ: ސްކްރީންކެޕްޗާ

ޑރ. ޖޮއޭން ޖަލްކެނަންގެ ސުވާލެއް އެބަ އޮތެވެ. ދިވެހިންނަށް ކޭކު ލިބިފައި އޭގެ ރަހަ ނުބެލޭންވީ ސަބަބަކީ ކޮބައިހެއްޔެވެ؟

އިނގިރޭސި ބަހުގެ މުދައްރިސް އަދި ބަހުގެ އެކި ދިރާސާތައް ހަދާފައިވާ ފިންލޭންޑުގެ ސިލިންޔާވީއަށް އުފަން ޑރ. ޖޮއޭން މާލޭގައި މަސައްކަތް ކުރަން ފެށީ އޯގަސްޓް، 2021 ގަ އެވެ. ފިންލޭންޑުގައި އިނގިރޭސި ބަހުން، ކިޔަވައިދޭ ސަބަބު ދަނެގަތުމަށް ޕީއެޗްޑީ ތީސިސް ބިނާ ކުރި ޑރ. ޖޮއޭންއަށް ފާހަގީ، ދިވެހީންގެ މާދަރީ ބަސް މަޑުމަޑުން ދެ ވަނަ ބަހަކަށް ބަދަލުވަމުން އަންނަކަމުގެ ނިޝާންތަކެވެ.

"މައިންބަފައިންނަށް ކިޔާ ނަން މިހާރު އިނގިރޭސިއަށް ބަދަލުވަނީ. އެ ހިސާބުން ރަތް ބޮއްކެއް ދިއްލޭ. އަހަރުމެން ކޮންމެވެސް ކަމެއް ކުރަންޖެހޭ. އޭގެ ފަހުން އަހަރެންގެ ވަށައިގެންވާ މާހައުލަށް އިތުރަށް ސަމާލުކަން ދިނިން. އަހަންނަށް ފާހަގަވި، ވިލިނގިލިން މާލެއަށް އަންނަ ފެރީގައި އުމުރުން ތިނެއް ނުވަތަ ހަތަރު އަހަރުގެ ކުދިން އެ ކުދިންގެ މައިންބަފައިންނާ ވާހަކަ ދައްކަނީ އިނގިރޭސި ބަހުން،" ފިންލޭންޑު އިންޓަނޭޝަނަލް ސްކޫލް މޯލްޑިވްސްގެ "އައުޓްސްޕީކް" ޕްރޮގްރާމުގައި ވާހަކަ ދައްކަމުން ޑރ. ޖޮއޭން ބުންޏެވެ.

ތައުލީމީ ދާއިރާގައި މަސައްކަތް ކުރެއްވުމުގައި 28 އަހަރު ހޭދަ ކުރައްވާފައިވާ ޑރ. ޖޮއޭންނަށް ފެނުނީ ދިވެހި ބަހަކީ ހަމައެކަނި ސަގާފީ ގޮތުން ބޭނުން ކުރާ ބަހަކަށް ބަދަލުވަމުންދާ މަންޒަރެވެ. އަދި ފެނުނީ ދިވެހި ބަހަށް ލިބެންޖެހޭ ހައްގު ގަދަރު މުޖްތަމައުގައި ނުލިބޭ މަންޒަރެވެ.

"ދިވެހިރާއްޖޭގެ ކުދިން، ދިވެހި ބަހުން ރަނގަޅަށް ވާހަކަ ދައްކަން ނޭނގިއްޖެޔާ ވަރަށް ކަންބޮޑުވާންޖެހޭ. ދިވެހި ބަސްވެފައި މި އޮތީ ސަގާފީ ބަސް އަދި އިހުސާސްތައް ބުނެދޭން ބޭނުން ކުރާ ބަހަކަށް. އެއާ ހިލާފަށް އިނގިރޭސި ބަސްވެފައި މި އޮތީ އެކެޑެމިޑް އަދި ޕްރޮފެޝަނަލިޒަމްއާ ގުޅިފައި އޮތް ބަހެއްގެ ގޮތުގައި. މިހެންވުމުގެ ސަބަބުން މީހުންނަށް ހީވަނީ އިނގިރޭސި ބަހާ އެއްވަރަށް ދިވެހި ބަހަށް އިހްތިރާމެއް ނޯވޭ،" ޑރ. ޖޮއޭންގެ އޭނާގެ ތަޖުރިބާގެ އަލީގައި ބުންޏެވެ.

މިހާރު މި އޮތް ގޮތަށް ކުރިމަގުގައި ކަންތައްވެއްޖެ ނަމަ އަދުގެ ކުޑަކުދިންނަށް ދިވެހި ސަގާފަތް ކުރިއަށް އޮތް ޖީލަށް ގެންގޮސްދެވިދާނެތޯ ޑރ. ޖޮއޭން ސުވާލު އުފެއްދި އެވެ.

"ދެން ފެންނާނީ ދިވެހި ބަހާއެކު އެވަރުގެ ގުޅުމެއް ނެތް ދިވެހި ޖީލެއް. ދިވެހި ބަހުގެ ހުނަރު ނެތިއްޔާ ކިހިނެއްތޯ އެމީހުންގެ މާމަ އާއި ކާފަމެންނާ ނުވަތަ މުނި މާމަ އާއި މުނި ކާފައާ ވާހަކަ ދައްކާނީ؟ އެ ކުދިންނަށް ދިވެހީންކަން ރަމްޒުކޮށްދޭ ސަގާފީ ކަންކަން ކުރިއަށް އޮތް ޖީލަށް ފޯރުކޮށްދެވިދާނެތޯ؟،" އޭނާގެ ކަންބޮޑުވުންތައް ޑރ. ޖޮއޭން ހިއްސާ ކުރި އެވެ.

އެކަމަކު، މާދަރީ ބަސް، ދެ ވަނަ ބަހަކަށްވެ ނިމިދިޔަނުދީ ސަލާމަތް ކުރެވިދާނެ ކަމަށް ޑރ. ޖޮއޭން ގަބޫލު ކުރެ އެވެ. ފިންލޭންޑަކީ އޭގެ ރަނގަޅު މިސާލެއް ކަމަށް އޭނާ ދެކެ އެވެ.

"އަދިވެހިރާއްޖޭގެ ހާލަތާއި ފިންލޭންޑުގެ ހާލަތާ ވަރަށް ތަފާތު. ފިންލޭންޑުގައި އިނގިރޭސި ދަސް ކުރަނީ މާދަރީ ބަހަށް ގެއްލުމެއް ނުލިބޭ ގޮތަށް. އެހެންވެ އަހަރެން ހިތަށް އެރީ ފިންލޭންޑުގައި އަހަރެން ކުރިން ކުރި ކަހަލަ ދިރާސާއެއް ރާއްޖޭގައި ވެސް ހަދަން،" އޭނާ ކުރަން ބޭނުންވާ މަސައްކަތް ޑރ. ޖޮއޭން ކިޔައިދިނެވެ.

އޭނާ ބުނީ ފިންލޭންޑުގެ ތައުލީމީ ނިޒާމު ފަރުމާކޮށްފައި އޮންނަނީ ދަރިވަރުންނަށް މާދަރީ ބަސް ރަނގަޅަށް ދަސްވާނެ ފަދަ ގޮތަކަށް ކަމަށެވެ. އަދި އެ ނިޒާމުގެ ތެރޭގައި ދަރިވަރަށް ބޭނުންވާ އިނގިރޭސި އިލްމު ވެސް ލިބޭނެ ކަމަށް ޑރ. ޖޮއޭން ބުންޏެވެ.

"ބައިލިންގުއަލިޒަމްގެ ދާއިރާގައި މަސައްކަތް ކުރާ މީހެއްގެ ހައިސިއްޔަތުން އަހަރެން ހިތަށް އަރަނީ، ކީއްވެހޭ ރާއްޖޭގައި ބައިލިންގުއަލް ސިސްޓަމެއް ނެތީ، ދަރިވަރުން ދިވެހި ބަސް ކިޔަވައި، ދިވެހި ބަހުން އެ ކުދިން ޓެސްޓު ހަދާ، ދިވެހި ބަހުން ދިރާސާކޮށް އަދި އެ ހުރިހާ ކަމެއް އިނގިރޭސިން ވެސް ކުރެވޭނެ ފަދަ ގާބިލްކަން އުނގަންނައިދެވޭ ފަދަ ސިސްޓަމެއް،" އޭނާގެ ހިޔާލު ދިވެހިންނަށް އަމާޒު ކުރަމުން ޑރ. ޖޮއޭން ބުންޏެވެ.

"ފިންލޭންޑު މީހުންނަށް ކޭކު ލިބިފައި، އޭގެ ރަހަ ބަލަން ވެސް ފުރުސަތު ލިބޭ. ދިވެހިންނަށް ވެސް ހަމަ އެހެން ނުވާންވީ ކީއްވެ؟"

ނޯޓު: ތިރީގައި މިވާ ލިންކަށް ގޮސްގެން ޑރ. ޖޮއޭންގެ ދިރާސާގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ.

ދި މޯލްޑިވިއަން ޕެރަޑޮކްސް: އަ ސޯޝިއާލިންގުއިސްޓިކް އޮން ދި މާސްޓާ މިތުސް އޮފް އިންގްލިޝް، ދިވެހި އެންޑް އިންގްލިޝް މީޑިއަމް އިންސްޓްރަކްޝަން އިން ދަ މޯލްޑިވްސް

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox