ކޯލިޝަން އެއްބަސްވުމަށް ރައީސް ގެންދަވަނީ އަމަލުކުރައްވަމުން: މިއުވާން

ސަރުކާރު ކޯލިޝަން ހިއްސާވާ ލީޑަރުން؛ ރައީސް ދަނީ ކޯލިޝަން އެއްބަސްވުމަށް އަމަލުކުރައްވަމުން ކަމަށް މިއުވާން ވިދާޅުވި

ސަރުކާރު ކޯލިޝަން ހިއްސާވާ ލީޑަރުން؛ ރައީސް ދަނީ ކޯލިޝަން އެއްބަސްވުމަށް އަމަލުކުރައްވަމުން ކަމަށް މިއުވާން ވިދާޅުވި

ސަރުކާރު ހިންގާ ކޯލިޝަނުގެ އެއް ލީޑަރު ގާސިމް އިބްރާހީމްގެ ކަންބޮޑުވުންތަކެއް ހުރިނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ގެންދަވަނީ ކޯލިޝަން އެއްބަސްވުމަށް އަމަލުކުރައްވަމުން ކަމަށް ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ކޯލިޝަނާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ، މީގެ ކުރިން އުފެއްދި ކޯލިޝަންތަކާ ހިލާފަށް ރައީސް ސޯލިހުގެ ސަރުކާރުން ހެދި ކޯލިޝަން ދަމަހައްޓާފައިވާ ކަމަށެވެ.

"އެކަމަކު އެއްބަސްވެގެން ސޮއިކުރި ކަންކަމުގެ 10 ޕަސަންޓު ވެސް އަޅުގަނޑުމެނަށް ނުލިބޭ،" ގާސިމް ޝަކުވާ ކުރެއްވި އެވެ.

ގާސިމްގެ އެ ވާހަކައާ ގުޅިގެން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ ކޯލިޝަން އެއްބަސްވުމުގައި އެއްބަސްވެފައިވާ ކަންތައްތަކަށް ސަރުކާރުގެ ފަރާތުން އިހްތިރާމް ކުރާނެ ކަމަށާއި، ހުރިހާ ކަމެއް ވެސް ކުރިއަށްދަނީ އެކަންކަމާ އެއްގޮތަށް ކަމަށެވެ.

ހަމައެއާއެކު ކޯލިޝަން ލީޑަރުންގެ މެދުގައި މަޝްވަރާތައް ވެސް ކުރިއަށްދާކަން މިއުވާން ފާހަގަކުރެއްވި އެވެ.

ސަރުކާރު ކޯލިޝަނާ ބެހޭގޮތުން ހުރި ކަންބޮޑުވުންތައް ގާސިމް ފާހަގަކުރައްވަމުން ގާސިމް އިތުރަށް ވިދާޅުވީ ކޮންމެ ސަރުކާރެއް ވެސް ކޯލިޝަން ހަދަނީ ވެރިކަމަށް އައުމަށް ކަމަށާއި، ކަމިޔާބުވުމަށްފަހުު ދެން އޮންނަނީ ކޯލިޝަނުގެ މައި ޕާޓީގެ ވެރިކަން ކަމަށެވެ. އަދި ރަސްމީ ސިފައެއްގައި ކޯލިޝަން އުވާ ނުލާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ގާސިމް ވިދާޅުވީ ކޯލިޝަން އެއްބަސްވުމުގައި އެއްބަސްވިކަންކަމުގެ 90 ޕަސަންޓް ކަންކަން ތަންފީޒު ނުކުރެވޭ ކަމަށާއި، ތަންފީޒު ކުރެވެމުން ދަނީ 10 ޕަސަންޓު ކަންކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެއަށް ރައްދު ދެއްވާ މިއުވާން މިއަދު ވިދާޅުވީ ވަކި އިންސަންތައެއް ތަންފީޒު ނުކުރެވޭ ކަމަށް ވިދާޅުވި ނަމަވެސް އެއަށް ޖަވާބު ދެއްވަން ދަތި ކަމަށާއި، ތަންފީޒު ނުކުރެވޭ ކަމެއް ސީދާ ވިދާޅުވެދެއްވައިފިނަމަ ފަސޭހަވާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox