އަނެއްކާ ވެސް ގަރާޖު ސިޓީ އުވައިލުމުގެ ބަހުސް!

މާލޭގެ މަގެއްގައި ބަޔަކު ވެހިކަލްތަކެއްގައި ދަތުރުކުރަނީ. އުޅަނދެއް ރަޖިސްޓްރީކުރާ އިރު ގަރާޖެއް އޮތްކަން ކަށަވަރުކުރާ އުސޫލު ނައްތައިލަން މަޖިލީހަށް ހުށަހެޅި ބިލެއްގެ ބަހުސް ކުރިއަށް އެބަދޭ. އަދަދު /ފައިލްފޮޓޯ

މާލޭގެ މަގެއްގައި ބަޔަކު ވެހިކަލްތަކެއްގައި ދަތުރުކުރަނީ. އުޅަނދެއް ރަޖިސްޓްރީކުރާ އިރު ގަރާޖެއް އޮތްކަން ކަށަވަރުކުރާ އުސޫލު ނައްތައިލަން މަޖިލީހަށް ހުށަހެޅި ބިލެއްގެ ބަހުސް ކުރިއަށް އެބަދޭ. އަދަދު /ފައިލްފޮޓޯ

މާލޭގައި ހަތަރު ފުރޮޅުލީ އުޅަނދެއް ރަޖިސްޓްރީ ކުރުމަށްޓަކައި، އެ އުޅަނދު ބާއްވާނެ ގަރާޖެއް އޮތްކަން ސާބިތުކޮށްދޭ ސިޓީއެއް (ގަރާޖު ސިޓީ) ހުށަހަޅަން ޖެހޭ އުސޫލު އުވައިލުމާ ބެހޭ ބަހުސް ރައްޔިތުންގެ މަޖިލީހުގައި އަނެއްކާވެސް ފަށައިފި އެވެ.

އެ އުސޫލު އުވައިލަން ގާނޫނަށް ބަދަލު ގެންނަން، މަޖިލީހަށް މީގެ ކުރިން ވެސް ބިލެއް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ. ވަކި ޕާޓީއަކަށް ނިސްބަތްނުވާ އެ މެމްބަރު ހުށަހެޅުއްވި ބިލަށް މަޖިލީހުގެ ތަަޅުމުގައި ބަހުސްކުރުމަށް ފަހު ބޭރުކޮށްލާފައި ވަނިކޮށް ހަމަ އެ ބަދަލު ގެންނަން އަނެއްކާވެސް ބިލެއް ހުށަހެޅުއްވުމުން، އެ ބިލުގެ އިބުތިދާއީ ބަހުސް ފެށީ މިއަދެވެ.

މަޖިލީހުގެ ތަޅުމަށް ބިލު ހުށަހެޅުއްވުމަށް ފަހު ބަހުސް ކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރަތަމަ ފުރުސަތުގައި ނޮޅިވަރަމް ދާއިރާގެ މެމްބަރު ނަޝީދު މިއަދު ވިދާޅުވީ "ގަރާޖުސިޓީ ވިއްކައިގެން ކައިބޮއި ހަދާ ބަޔަކު ރާއްޖޭގައި އެބަތިބި" ކަމަށެވެ.

މާލޭގެ އެންމެ ގެއެއްގެ ނަމުގައި 1700 އަށް ވުރެ ގިނަ ކާރު ރަޖިސްޓްރީކޮށްފައިވާ ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ. އެ ތުހުމަތު ކުރެއްވުމުން އެއީ ކޮން ގެއެއްކަން ހާމަކުރައްވަން ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންނެވި އެވެ. އެހެން ނަމަވެސް މެމްބަރު ވިދާޅުވީ ނަންތައް ހާމަކުރައްވާނީ ފަހުން ކަމަށެވެ.

ގަރާޖު ސިޓީ ދައްކައިގެން ރަޖިސްޓްރީ ކުރިޔަސް ކާރުތައް ހުންނަނީ މަގުތަކުގައި ކަމަށާއި ސިޓީގައި އޮންނަ ގަރާޖު ނުފެންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ކާރު އެ ގަރާޖަށް ވެއްދޭތޯ ރަޖިސްޓްރީ ކުރުމަށް ފަހު؟ އެ ކާރެއް ނުވެއްދޭނެ އެއްވެސް ގަރާޖަކަށް. މަގުތައް ފުރުނީ ތިޔަ ބުނާ ގަރާޖު ސިޓީއެއް މިހެން އޮއްވައި،" މުހައްމަދު ނަޝީދު އަބްދުﷲ ވިދާޅުވި އެެވެ.

ދެފުރޮޅުލީ އުޅަނދުތައް ރަޖިސްޓްރީކުރަން ގަރާޖެއް ދައްކަން ގަރާޖެއް ދައްކަން ނުޖެހޭ އިރު ހަތަރުފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރަން ގަރާޖެއް ދައްކަން ޖެހުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ބަހުސްގައި ބިލާ އެއްކޮޅަށް ބައެއް މެމްބަރުން ވާހަކަ ދެއްކެވި ނަމަވެސް ގިނަ މެމްބަރުން ވިދާޅުވީ އެ ބިލަށް ތާއީދުނުކުރައްވާ ކަމަށެވެ.

ބިލަށް ތާއީދުކުރައްްވާ ކަމަށް ސީދާ ވިދާޅު ނުވި ނަަމަވެސް ވިލުފުށި ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަފީފު ވިދާޅުވީ ގަރާޖުސިޓީ ހޯދަން ޖެހޭ ގޮތަށް ޓްރާންސްޕޯޓް ގަވައިދުގައި އޮންނަ އޮތުމަކީ ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ކަމަށެވެ.

"މި ގަވާއިދުގެ ސަބަބުން ކަރަޕްޝަނުން އެތައް ބައިވަރު [ފައިސާއެއް އެބަ ނަގާ]. އެއް ގަރާޖުގައި އެތައް ބައިވަރު [އުޅަނދެއް] ރަޖިސްޓްރީކޮށްފައި، ޓްރާންސްޕޯޓުގައި އެކަން ކުރަން ތިބޭ މީހުން ފައިސާ ނަގަނީ،" އަފީފު ވިދާޅުވި އެވެ.

ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ ގަރާޖު ސިޓީ ދައްކަން ޖެހޭ ގަވައިދު އުވައިލުމަކީ ހައްލެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމި ކަމަށާއި އެ ގަވައިދު އުވައިލަން ހުށަހެޅި ބިލު މިފަހަރު ވެސް މަޖިލީހަށް ބަލައިގަންނަން ފާސް ނުވާނެކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"ކުރީ ފަހަރު ވެސް ރައްޔިތުންގެ މަޖިލީހުގައި ފުޅާކޮށް ބަހުސްކުރުމަށް ފަހު ، މިއީ މިކަމަށް އޮތް ހައްލު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއަކަށް އަޅުގަނޑު ދެކޭ ގޮތުގައި އޭރުވެސް ގަބޫލެއް ނުކުރެވުނު. އަދި އަޅުގަނޑު ދެކޭ ގޮތުގައި މިފަހަރު ވެސް މިއަށް ވެގެން ދާނީ ހަަމަ އެގޮތް،" އަލީ ނިޔާޒު ވިދާޅުވި އެވެ.

ގަރާޖު ސިޓީ އުވައިލުމަކީ ހައްލެއް ނޫން ކަމަށާއި ހައްލަކީ ރަށެއްގައި އުޅަނދުފަހަރު ދުއްވޭނެ އަދަދު ކަނޑައެޅުން ކަމަށެވެ. ހުޅުމާލޭގައި އެގޮތަށް އަަދަދު ކަނޑައަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox