ސެކްޝުއަލް އެންހޭންސްމަންޓް އަދި އިރެކްޓައިލް ޑިސްފަންކްޝަން އަށް ބޭނުންކުރާ ޑޮކްޓަރީ މާމުއިގެ ބާވަތެއް ރާއްޖޭގައި ހުއްދަ ނެތި ވިއްކަމުންދާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.
ހުއްދަ ނެތި ރާއްޖޭގައި ވިއްކަމުން ދަނީ، 'Tadalafil' އަދި 'Sildenafil' ހިމެނޭ މާމުއިގެ ބާވަތްތަކެކެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި އުފެއްދުމަކީ ރާއްޖޭގައި ބޭނުންކުރުމާއި ވިއްކުން މަނާކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އެމްއެފްޑީއޭއިން ވަނީ، ރާއްޖޭގައި ވިއްކަމުންދާ އެ މާއްދާ ހިމެނޭ މާމުއިގެ ބާވަތްތަކުގެ ފޮޓޯ ހިމެނޭ ލިސްޓެއް ވެސް އެލާޓާއެކު ހިމަނާފަ އެވެ.
އެމްއެފްޑީއޭއިން ބުނީ އެކަމާ ބެހޭ އިތުރު މައުލޫމާތު ބޭނުންނަމް އެމްއެފްޑީއޭގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅުމަށް އެދިފަ އެވެ.













