ޖަލުގައި ވެސް އަސާސީ ހައްގުތަކާއި އިންސާނީ ކަރާމާތް ނަގައިލުމަކީ ބަލައިގަންނާނެ ހަމައެއް ނޫން: ރައީސް

ރޭގެ ޖަލްސާގައި ރައީސް ސޯލިހު: އދ. އިން ވަނީ ރާއްޖޭގެ ޖަލުތަކުގެ ހާލަތު ވަރަށް ގޯސް ކަމަށް މިދިޔަ ޑިސެމްބަރު މަހު ބުނެފައި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރޭގެ ޖަލްސާގައި ރައީސް ސޯލިހު: އދ. އިން ވަނީ ރާއްޖޭގެ ޖަލުތަކުގެ ހާލަތު ވަރަށް ގޯސް ކަމަށް މިދިޔަ ޑިސެމްބަރު މަހު ބުނެފައި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ޖަލުގައި ބަންދުކޮށްފައިވާ ގައިދީންގެ އަސާސީ ހައްގުތަކާއި އިންސާނީ ކަރާމާތް ނަގައިލުމަކީ އެމަނިކުފާނު ގަބޫލުކުރައްވާނެ ހަމައެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 51 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކިތަންމެ ބޮޑު ކުށެއްގައި ނަމަވެސް ޖަލުގައި ބަންދުކޮށްފައި ހުންނަ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމަކީ "ދައުލަތުގެ ވާޖިބެއް" ކަމަށެވެ.

"އަޅުގަނޑު އަބަދުވެސް ބުނާ އެއް ވާހަކައެއް މިވަގުތުވެސް ތަކުރާރުކޮށްލާނަން. ޖަލު ބަންދުގައި ހުއްޓަސް، އެއްވެސް މީހެއްގެ އަސާސީ ހައްގުތަކާއި އިންސާނީ ކަރާމާތް ނަގައިލުމަކީ، އަޅުގަނޑުމެން ގަބޫލުކުރާ ހަމައެއް ނޫން. ކިތަންމެ ބޮޑު ކުށެއްގައިވިޔަސް، ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަހާ ހިނދަކު، އެމީހެއްގެ އަސާސީ ހައްގުތަކާއި އިންސާނީ ކަރާމާތް ރައްކާތެރިކޮށްދިނުމަކީ ދައުލަތުގެ ވާޖިބެއް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އޭގެ އިތުރުން ރައީސް ވިދާޅުވީ ގައިދީންނާމެދު އަމަލު ކުރުމަށް އދ. އިން ކަނޑައަޅާފައި "މަންޑޭލާ ރޫލްސް" ރާއްޖޭގެ ޖަލުތަކުގައި ތަންފީޒު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

"އ.ދ.ގެ "މަންޑޭލާ ރޫލްސް"ގެ މިންގަނޑަށް ޖަލުތަކުގެ ކަންތައް އިންތިޒާމު ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ވާނީ ފަށާފައި. ޖަލު އޮފިސަރުންވެސް މަންޑޭލާ ރޫލްސްގެ ހަމަތަކަށް އަހުލުވެރިކުރުމުގެ ތަމްރީނުތައް މިހާރު އަންނަނީ ހިންގަމުން،" އެމަނިކުފާނު ވިދާޅުވި އެވެ.

ޖަލުގައި އިންސާނީ ހައްގުތަކާއި ކަރާމާތް ނަގައިލުމަކީ ގަބޫލު ކުރައްވާ ހަމައެއް ނޫން ކަމަށް ރައީސް ރޭ ވިދާޅުވިއިރު، މި ސަރުކާރުގެ ދައުވަތަކަށް ޑިސެމްބަރު، 2021، ގައި ރާއްޖެ އައި އދ. ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ވަނީ ރާއްޖޭގައި މީހުން ބަންދު ކުރާ މަރުކަޒުތަކުގެ ހާލަތާމެދު އިންތިހާއަށް ކަންބޮޑުވާކަމަށް ބުނެފަ އެވެ.

"ބަންދުކޮށްފައި ތިބޭ ބައެއް މީހުންނަކީ ގޮޅިން ނުނެރޭ މީހުން. ބައެއް މީހުން ގޮޅިން ނެރެނީ މަހަކު އެއް ފަހަރު. މި މޫސުމުގައި، ގޮޅިއެއްގައި އެތައް މީހުންނަކާއެކު ތިބެންޖެހެނީ. މިއީ އިންސާފުތޯ؟،" އދ. ގެ އެ ކޮމެޓީގެ ޗެއާ ޑރ. އެލީނާ ސްޓެއިނާޓް އެއިރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވެ އެވެ.

އދ. އެ ޓީމުން ވަނީ މާލޭ ޖަލުގައި ގައިދީންނާމެދު އަމަލު ކުރާ ގޮތަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

"މާލޭ ޕްރިޒަންގައި ގައިދީން ޔާޑަށް ނެރެނީ ބޮޑު ކޮއްޓަކަށް ލައިގެން. މިތަނުގެ ވަރަށް ގިނަ ގައިދީންގެ ނިދާނެ އެނދެއް އަދި ގޮދަނޑިއެއް ނެތް. މިތަނުގެ ގައިދީންގެ އަދަދު ގިނަކަމުން ނިދަންޖެހެނީ ވަރަށް ކައިރިކައިރީގައި، ފައި ދަމާލާނެހާ ޖާގަ ވެސް ނެތި،" ވޯކިން ގްރޫޕުގެ މެމްބަރު ޕްރިޔާ ގޮޕަލާން ވިދާޅުވެފައިވެ އެވެ.

އޭގެ އިތުރުން ޖަލުގައި އިންސާނީ ހައްގުތައް ކަށަވަރު ކުރުމަށް ސަރުކާރަށް ގޮވާލައި އައްސޭރި ޖަލުގައި ތިބި 200 އަށް ވުރެ ގިނަ ގައިދީން ސޮއިކޮށް ޑިސެމްބަރު، 2021 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަނީ ޕެޓިޝަނެއް ހުށަހަޅައިފަ އެވެ.

"އަޅުގަނޑުމެން މި ތިބީ ވަރަށް ބޮޑަށް ވަރުބަލިވެ، ކެތްތެރިކަން ކޮޅުންލައި، ސިކުނޑި، ތަގައްޔަރުވެފަ. އިހުމާލުވެފައިވާ އަދި ގާނޫނާ ހިލާފްވެފައިވާ ފަރާތްތައް ގޮވައިގެން ދައުވާ ކުރަން ބޭނުން. ދިވެހިރާއްޖޭގެ ޖަލުތަކުގެ ތާރީހު އިޔާދަވާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން،" އެ ޕެޓިޝަނުގައި ގައިދީން ބުނެފައިވެ އެވެ. "ވީމާ އަޅުގަނޑުމެން މި ގޮވާލަނީ ތިރީގައިމިވާ ކަންތައްތަކާއި އދ. ގެ ވޯކިން ގްރޫޕުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ހައްލު ކުރުމަށް."

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox