ރައީސްގެ ވައުދެއް؛ ކަރެކްޝަންގެ މުވައްޒަފުނަށް ބޯހިޔާވަހިކަން ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދޭނަން

Sep 7, 2022, 3:51 AM
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އަހަރީ ދުވަސް ފާހަގަކުރަން ރޭ ބޭއްވި ޖަލުސާގައި ރައީސް ސޯލިހު ހޯމް މިނިސްޓަރު އިމްރާން އާއި ކަރެކްޝަނަލް ސާވިސްގެ އިސްވެރިން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އަހަރީ ދުވަސް ފާހަގަކުރަން ރޭ ބޭއްވި ޖަލުސާގައި ރައީސް ސޯލިހު ހޯމް މިނިސްޓަރު އިމްރާން އާއި ކަރެކްޝަނަލް ސާވިސްގެ އިސްވެރިން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ޖަލު އޮފިސަރުންނާއި މުވައްޒަފުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށާއި، އެކަން ހައްލުކޮށް ދިނުމަށް ފަސޭހަ އިންތިޒާމެއް ހަމަޖައްސައި ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އަހަރީ ދުވަސް ފާހަގަ ކުރަން ރޭ އިސްލާމީ މަރުކަޒުގެ މާލަމުގައި ބޭއްވި ޖަލުސާގައި ރައީސް ސޯލިހު ވިދާޅުވީ ޖަލު އޮފިސަރުންނާއި މުވައްޒަފުންގެ ޒިންމާ އާއި ވާޖިބު އަދާކުރުމަށް ވަރަށް ގިނަ ދަތިތައް ކުރިމަތިވެފައިވާކަން ފާހަގަ ކުރެއްވޭ ކަމަށެވެ.

ކަރެކްޝަނަލް ސާވިސްގެ އަހަރީ ޖަލްސާގައި ބައިވެރިވި އޮފިސަރުންނާއި މުވައްޒަފުން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ކަރެކްޝަނަލް ސާވިސްގެ އަހަރީ ޖަލްސާގައި ބައިވެރިވި އޮފިސަރުންނާއި މުވައްޒަފުން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކަރެކްޝަނަލް ސާވިސްގެ އަހަރީ ޖަލްސާގައި ބައިވެރިވި އޮފިސަރުންނާއި މުވައްޒަފުން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އޭގެ ތެރެއިން އެއް ކަމަކީ އެ މަނިކުފާނު ފާހަގަ ކުރެއްވި ގޮތުގައި، ޖަލުތަކުގެ އެކޮމަޑޭޝަންގެ ތާށިކަމާއި މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ ދަތިކަމެވެ.

އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންގެ އެ ކަންބޮޑުވުމަށް އަޅުގަނޑުމެން ހައްލެއް ހޯދައިދޭނަން. އަދި ސަރުކާރުން މިހާރު ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ލިބޭނެ ފަސޭހަ އިންތިޒާމެއް ވެސް މާތް ﷲގެ ވާގިފުޅާއެކު އަޅުގަނޑުމެން ހަމަޖައްސައިދޭނަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ޖަލު އޮފިސަރުންނާއި މުވައްޒަފުންނާ މުހާތަބު ކުރައްވައި އެ ބޭފުޅުން މަސައްކަތުގެ މުހިންމުކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ "ތިޔަ ބޭފުޅުން މުޅި މުޖުތަމައުގެ ހައްގުގައި ތިޔަ ކުރައްވަނީ ޝުކުރާއި ތައުރީފު ހައްގު ގައުމީ ހިދުމަތެއް" ކަމަށެވެ.

ތަފާތު ކުށްތައް ކުރާ މީހުން އެއްތަނެއްގައި ބެލެހެއްޓުމަކީ ދަތި އުނދަގޫ ކަމެއް ކަމަށާއި ހިތަށް ވެސް ނާރާފަދަ ނުރައްކާތެރި ކަންކަން ޖަލުގެ ބައެއް އޮފިސަރުންނާ ދިމާވެފައިވާ ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ.

ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖައްސަވައި ދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއިރު، އެ މަނިކުފާނު ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި 4،000 ފްލެޓު އިމާރާތް ކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ ފަށައިފަ އެވެ. ސަރުކާރުގެ އަމާޒަކީ އެ ފްލެޓުގެ މަސައްކަތް އަންނަ އަހަރު ނިންމުމެވެ.

އިންޑިއާގެ އެކްޒިމް ބޭންކުން ނަގާފައިވާ 227 މިލިއަން ޑޮލަރުގެ ލޯނުގެ ދަށުން ކުރިއަށް ގެންދާ އެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޑިއާގެ ދެ ކުންފުންޏަކާއެވެ.

ސަރުކާރުން ކަނޑައަޅާ އަގެއްގައި ވިއްކާ ހައުސިން ޔުނިޓު ހިމެނޭ ގޮތަށް ހުޅުމާލޭގައި ފްލެޓު އިމާރާތް ކުރަން ބައެއް ކުންފުނިތަކާ ސަރުކާރުން ހަވާލުކޮށްފައިވެ އެވެ. އަދި ބައެއް ރަށްރަށުގައި ވެސް ފްލެޓުތައް އިމާރާތް ކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox