ލެވަންޑޯސްކީ ނެތްތަނަށް ބަޔާނުން ބޭނުންވީ ހާލަންޑް

Sep 5, 2022, 12:35 AM
ލެވަންޑޯސްކީ ނެތްތަނަށް ބަޔާނުން ބޭނުންވީ ހާލަންޑް

އޮސްލޯ، ނޯވޭ (ސެޕްޓެމްބަރު 5) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބަޔާން މިއުނިކުން ރޮބަޓް ލެވަންޑޯސްކީ ދޫކޮށްލަން ޖެހޭތީ އެންމެ ފުރަތަމަ އެ މަގާމަށް ގެންނަން ނިންމީ ކުރިން ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅުނު އާލިން ބްރައުޓް ހާލަންޑް ކަމަށް ހާލަންޑްގެ ބައްޕަ އަލްފް އިންޖް ހާލަންޑް ބުނެފި އެވެ.

މިދިޔަ ސީޒަން ނިމުނުތަނުން ލެވަންޑޯސްކީ ވަނީ ބަޔާން ދޫކޮށްލައި، އާ ޗެލެންޖެއް ނަގަން ބޭނުންވާކަން އެ ކްލަބްގެ ސީނިއާ މެނޭޖްމަންޓަށް އަންގައިފަ އެެވެ.

ތަކުރާރުކޮށް އެކި މީޑިއާ އިންޓަވިއުތައް ދިން ފަހުން، ބަޔާނުން ގޮތް ދޫކުރުމުން ލެވަންޑޯސްކީ އަށް އެންމެ ފަހުން 50 މިލިއަން ޑޮލަރަށް ވަނީ ބާސެލޯނާ އަށް ސޮއިކޮށްފަ އެވެ. ބާސެލޯނާއާ ގުޅުމަށް ފަހު ލެވަންޑޯސްކީ ވަނީ ބަޔާނާ މެދު އޭނާގެ ހިތް ސާފު ކަމަށް ބުނެފަ އެވެ.

ޖަރުމަނު ލީގުގައި ބަޔާންގެ އެންމެ ބޮޑު ވާދަވެރިޔާ، ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށް ހާލަންޑް މި ފަހަރު އިނގިރޭސި ޗެމްޕިއަން، މެންޗެސްޓާ ސިޓީ އަށް ބަދަލުވީ 60 މިިލިއަން ޑޮލަރަށެވެ.

ގިނަ ކްލަބްތަކެއްގެ އޮފާ ލިބިފައި އޮއްވައި، ސިޓީ އަށް ބަދަލުވާން ހާލަންޑް ނިންމި ސަބަބު އޮޅުންފިލުވައިދޭ، ޑޮކިއުމެންޓަރީއެއް މިހާރު ދައްކަމުންދާއިރު، އެ ޑޮކިއުމެންޓްރީގައި ވަނީ ބަޔާނުން ލެވަންޑޯސްކީގެ ބަދަލުގައި ހާލަންޑް ގެންދަން ބޭނުންވި ކަމަށް ހާލަންޑްގެ ބައްޕަ، އަލްފް ބުނެފަ އެވެ.

ބާސެލޯނާ އާއި ސިޓީ ކުޅުނު އެކުވެރިކަމުގެ މެޗެއްގެ ތެރެއިން ލެވަންޑޯސްކީ އާއި ހާލަންޑް ވާހަކަ ދައްކަނީ

"އެ މީހުންގެ (ބަޔާން މިއުނިކްގެ) ހުށަހެޅުމެއް ވެސް އައި، އެ މީހުން ޝައުގުވެރިކަން ވެސް ފާޅުކުރި. އަހަންނަށް އެނގޭ މިހާރު އެ މީހުން (އާންމުން ކުރިމަތީގައި) ހާލަންޑް ބޭނުންނުވާ ކަމަށް އެ ބުނަނީ ފެއިލްވީ ކަމަށް އެއްބަސްނުވަން،" އަލްފް ބުންޏެވެ.

ޑޮކިއުމެންޓްރީގައި ހާލަންޑް ވަނީ ލެވަންޑޯސްކީއާ ބެހޭގޮތުން ވެސް ވާހަކަ ދައްކައިފަ އެވެ.

ކުރިން ޑޯޓްމަންޑްގައި ވެސް ތަފާތު ދެއްކި ލެވަންޑޯސްކީއާ ބެހޭގޮތުން ހާލަންޑް ބުނީ ބަޔާނުން ލެވަންޑޯސްކީ ހިތާ ދެކޮޅަށް އޭނާ ކްލަބްގައި މަޑުކުރުވަން ކުރި މަސައްކަތަކީ ވަރަށް "އިހުތިރާމް ކުޑަ" އަމަލެއް ކަމަށެވެ.

އުމުރުން 22 އަހަރުގެ ހާލަންޑް އަންނަނީ ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީ ޓީމުގައި ތަފާތު ދައްކަމުންނެވެ. މި ސީޒަނުގައި މިހާތަނަށް އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު ހަ މެޗުން އޭނާ ވަނީ 10 ގޯލު ޖަހައިފަ އެވެ. އޭގެ ތެރޭގައި ޖެހިޖެހިގެން ދެ މެޗުގައި ހެދި ހެޓްރިކްތައް ވެސް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox