ޕާކިން ޒޯން ހަދަން މާފަންނު ސަހަރާ ހުސްކުރަން ހުއްދަ ދީފި

ޕާކިން ޒޯން ހަދަން މާފަންނު ސަހަރާ ހުސްކުރަން ހުއްދަ ދީފި

މާފަންނު ސަހަރާ ހުންނަ ސަރަހައްދުގައި ޕާކިން ޒޯނެއް ހެދުމަށް އެ ސަރަހައްދު ހުސްކުރަން މާލެ ސިޓީ ކައުންސިލަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފި އެވެ.

މާފަންނު ސަހަރާ ހުންނަ ސަރަހައްދުގައި ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް ކުރަނީ، އެ ސަހަރާ ހުންނަ މަޖީދީ މަގުގައި ޕާކް ކުރުން މަނާކޮށްފައިވާތީ އެވެ. އެއީ މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށެވެ.

އެހެންވެ ޕާކް ކުރާނެ އިތުރު ޖާގަތަކެއް ހެދުމަށް ޓަކައި، ސަރުކާރުން ވަނީ މާފަންނު ސަހަރާ ހުސްކުރުމަށް ނިންމައި, އެކަން މާލެ ސިޓީ ކައުންސިލަށް އަންގާފަ އެވެ. އެއީ މީހުން ވަޅުލާފައިވާ ސަހަރާއެއް ކަމުން, މަސައްކަތް ފެށުމުގެ ކުރިން ސިޓީ ކައުންސިލުން އިސްލާމިކް މިނިސްޓްރީގެ ލަފަޔަކަށް އެދުނެވެ.

އޭގެ ޖަވާބުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް މިނިސްޓްރީން ފޮނުވި ސިޓީއެއްގައި ވަނީ އެ ތަން ސާފުކޮށް ކޮންނަމުންދާއިރު ފެންނަ ގަބުރުތަކުގެ މިނިކަށިތައް ވަކިވަކިން ސާފުކޮށް ހުދު ފޮތިން ފަހާފައިވާ އުރައަކަށް އެޅުމަށް އަންގައިފަ އެވެ.

އަދި ގަބުރު ފެންނަ ސަރަހައްދު ކޮނުމުގައި ބޭނުން ކުރަން ޖެހޭނީ އުދަލި ކަމަށާއި އެކްސްކަވޭޓަރު ފަދަ އާލާތްތައް ބޭނުން ނުކުރެވޭނެ ކަމަށް ވެސް މިިނިސްޓްރީން ފޮނުވާފައިވާ ސިޓީގައިވެ އެވެ.

އިސްލާމިކް މިނިސްޓްރީން މި ހުއްދަ ސިޓީ ކައުންސިލަށް ވަނީ މިދިޔަ މަހުގެ ހަތްވަނަ ދުވަހު ދީފަ އެވެ. ނަމަވެސް އެ ތަން ސާފުކުރުމުގެ މަސައްކަތް އަދި ނުފަށަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox