އަމިއްލައަށް ޝަރީއަތް ހިންގުން ދީނުގައި ހުއްދައެއް ނޫން؛ އެއީ ނުރައްކާތެރި ކަމެއް: ޕީޖީ

Sep 4, 2022, 7:23 AM
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް؛ ވިދާޅުވީ އަމިއްލައަށް ޝަރީއަތް ހިންގުން ހުއްދަ ނޫން ކަމަށް ވިދާޅުވި-- ފޮޓޯ: އަދަދު ފައިލް

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް؛ ވިދާޅުވީ އަމިއްލައަށް ޝަރީއަތް ހިންގުން ހުއްދަ ނޫން ކަމަށް ވިދާޅުވި-- ފޮޓޯ: އަދަދު ފައިލް

އެމީހަކު އަމިއްލައަށް ފެންނަ ގޮތަކަށް މަގުމަތީން އިންސާފު ކަމަށް ގަބޫލުކުރެވޭ ކަންކަން ތަންފީޒުކުރުމަކީ އިސްލާމީ ޝަރީއަތުގައި ހުއްދަ ކަމެއް ނޫން ކަަމަށާއި އެއީ ނުރައްކާތެރި ކަމެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޕީޖީ ޝަމީމްގެ ބްލޮގްގައި ހިއްސާކުރެއްވި ލިޔުމެއްގައި ވިދާޅުވީ އިންސާފު ގާއިމުކުރުމުގެ ޒިންމާއަކީ، ދައުލަތުން، ގާނޫނު ތަންފީޒުކުރާ މީހުނާ މަތިކޮށްފައިވާ ޒިންމާއެއް ކަމަށެވެ.

"އެމީހަކަށް އިންސާފުކަމަށް ގަބޫލުކުރެވޭ ކަމެއް، އަމިއްލަ އަތުން ތަންފީޒުކުރުމަކީ ނުރައްކާތެރި، ގާނޫނީ ގޮތުންނާއި ދީނީ ގޮތުން ބޮޑުވެގެންވާ މަނާކަމެކެވެ،" ޝަމީމް ލިޔުއްވާފައިވެ އެވެ.

ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަސްލަކާ ހިލާފު އެއްވެސް ގާނޫނެއް ނެހެދޭނެކަން ގާނޫނުގައި ބަޔާންކޮށްފައިވާ ކަން ފާހަގަކޮށް އިސްލާމްދީނާ ހިލާފު ގާނޫނެއްކަމަށް ކޯޓަކުން ކަނޑަނާޅާހާ ހިނދަކު، ރައްޔިތުންނަށް އޮތީ ގާނޫނުގައިވާ ގޮތުގެ މަތިން އުޅުން ކަން ފާހަގަކޮށްފައިވެ އެވެ.

"އިސްލާމީ ޖިނާއީ އަދުލުގެ ނިޒާމުގައި ވަކި ހަމަތަކެއް، އުސޫލުތަކެއް ބަޔާންކޮށްފައިވެއެވެ. އިސްލާމްދީނުގެ ހަމައަކީ ހަމައެކަނި ނަތީޖާއެއް ހާސިލުކުރުމެއް ނޫނެވެ. ނަތީޖާއަށް ވާސިލުވި ގޮތަކީވެސް މުހިންމު ކަމެކެވެ." ޝަމީމް ލިޔުއްވާފައިވެ އެވެ.

މީހަކު ކުރާކަމަށް ތިމާއަށް ގަބޫލުކުރެވޭ، ނުވަތަ މީހަކު ތުހުމަތުކުރާ ކަމެއްގެ ސަބަބުން، އެމީހަކު ދެކެ ތިމާ އަންނަ ރުޅިއަކީ، ނުވަތަ ކުރާ ނަފްރަތަކީ، ގާނޫނުތަކުގައި ކަނޑައަޅާފައިވާ ހަމަތަކުން ބޭރުން މީހުންނާމެދު އަމަލުކުރުމަކީ ވެސް ދީނީ ގޮތުންނާއި ގާނޫނީ ގޮތުން ވެސް ހުއްދަ ކަމެއް ނޫން ކަން ފާހަގަކުރައްވާފައިވެ އެވެ.

ގާނޫނުގައި އޮތް ގޮތަށް ހެކި ނުލިބިއްޖެނަމަ ވެސް ނިޒާމުގެ ތެރެއިން ފިޔަވަޅު ނޭޅޭނެ ކަމަށާއި އެ ކަން އެގޮތަށް އޮންނަނީ އެންމެންގެ ވެސް ސަލާމަތަށް ޓަކައި ކަމަށް ޝަމީމް ލިޔުއްވާފައިވެ އެވެ.

މިފަހުން "މަގުމަތިން އިންސާފު ހޯދަން" ކަމަށް ބުނެ ބައެއް ކުށްތަކުގައި ތުހުމަތުކުރެވޭ މީހުންނަށް އަނިޔާކޮށްފައިވާއިރު، ފުލުހުން ވަނީ އެކަން އެގޮތަށް ނުކުރުމަށާއި ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox