ވިއްސާރާގައި ގެއްލުން ލިބުނު ނުވަ ރަށަކަށް 1.2 މިލިއަން ރުފިޔާ ދީފި

ތ. ތިމަރަފުށި؛ ވިއްސާރާގައި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެންމެ ގިނައިން ދީފައިވަނީ ތިމަރަފުއްޓަށް

ތ. ތިމަރަފުށި؛ ވިއްސާރާގައި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެންމެ ގިނައިން ދީފައިވަނީ ތިމަރަފުއްޓަށް

ނިމިދިޔަ ޖުލައި މަހު ރާއްޖެއަށް ވިއްސާރަކޮށް، އުދަ އެރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބުނު ނުވަ ރަށަކަށް ސަރުކާރުން ބަދަލުގެ ގޮތުގައި 1.2 މިލިއަން ރުފިޔާ ދީފި އެވެ.

ވިއްސާރައިގައި ލިބުނު ގެއްލުމުގެ ބަދަލު ދީފައި ވަނީ އެކަމަށް ހާއްސަ އިދާރާ ކަމަށްވާ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) މެދުވެރިކޮށެވެ. 1.2 މިލިއަން ރުފިޔާގެ ތެރެއިން 294،000ރ. ހަރަދުކޮށްފައި ވަނީ ޒަރޫރީ ހިފާގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުންތަކަށެވެ. އަދި، 961،000ރ. ހަރަދުކޮށްފައި ވަނީ އިންފްރާންސްޓްރަކްޗާތަކަށް ލިބުނު ގެއްލުންތަކަށެވެ.

އެންޑީއެމްއޭއިން އެހީތެރިކަން ފޯރުކޮށްދީފައި މިވަނީ ވިއްސާރާގައި ބޮޑެތި ގެއްލުންތަކެއް ލިބުނު 10 ރަށުގެ ތެރެއިން ނުވަ ރަށަށެވެ. އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ވިއްސާރާގައި، އަލުން އާރާސްތު ކުރަންޖެހޭ ފަދަ ގެއްލުންތަކެއް ހަ ގެއަކަށް ލިބިފައިވާ ކަމަށެވެ.

އެހީ ފޯރުކޮށްދިން ރަށްތައް:

  • ތ. ތިމަރަފުށި
  • ގދ. މަޑަވެލި
  • ށ. ބިލެއްފަހި
  • ސ. މަރަދޫފޭދޫ
  • ގދ. ފިޔޯރީ
  • ގދ. ރަތަފަންދޫ
  • ހދ. ހޯނޑެއްދޫ
  • ހދ. ވައިކަރަދޫ
  • ސ. މަރަދޫ

އެ ރަށްތަކުގެ ތެރެއިން ތިމަރަފުއްޓަށް ފަސް ލައްކަ ރުފިޔާއާ ގާތްކުރާ އަދަދަކަށް އެހީ ދީފައިވާއިރު، މަޑަވެއްޔަށް ތިން ލައްކަ ރުފިޔާއަށްވުރެ ގިނައިން އަދި ބިލެއްފައްސަށް ދެ ލައްކަ ރުފިޔާއަށްވުރެ ގިނައިން ދީފައި ވެއެވެ.

މި ފައިސާ ދޫކުރީ ވިއްސާރައިގައި ލިބުނު ގެއްލުންތަކުގެ އެސެސްމަންޓް ހެދުމަށްފަހު އެންޑީއެމްއޭއަށް ހުށަހެޅުމުންނެވެ. އެންމެ ގިނަ އެސެސްމަންޓް ފޯމު، 80 ފޯމު ހޯނޑެއްދުއިން ހުށަހެޅިއިރު، ރިލީފްގެ ގޮތުގައި އެންމެ ގިނައިން ފައިސާގެ އެހީ ދިން ތިމަރަފުށިން ވަނީ 70 އަށް ވުރެ ގިނަ ފޯމު ހުށަހަޅާފަ އެވެ. ހަމައެއާއެކު މަޑަވެލިން ވެސް ވަނީ 70އާ ގާތްކުރާ އަދަދަކަށް ފޯމު ހުށަހަޅާފަ އެވެ.

ވިއްސާރާގައި ލިބުނު ގެއްލުމުގެ 47 ޕަސަންޓަކީ ގޯތޮގެދޮރާއި ޒަރޫރީ ބޭނުންތަކަށް ލިބުނު ގެއްލުންތަކަށްވާއިރު، 39 ޕަސަންޓަކީ ދަނޑު ބިންތަކަށް ލިބުނު ގެއްލުމެވެ. އަދި 14 ޕަސަންޓަކީ، ވިޔަފާރިއާއި ސަރުކާރު އިމާރާތްތަކާއި، އިޖްތިމާއީ އިމާރާތްތަކަށް ލިބިފައިވާ ގެއްލުންތަކެވެ.

ދަނޑުބިންތަކަށް ލިބިފައިވާ ގެއްލުންތަކުގެ ތެރޭގައި ވިއްކުމަށް ހައްދާ މިރުސް، ފަޅޯ، ބިލެތް، ދޮންކެޔޮގެ އިތުރުން ބަނބުކޭޔޮ ވެސް ހިމެނެ އެވެ. ދަނޑުބިންތަކަށް ގެއްލުން ލިބިގެން ޑެމޭޖު އެސެސްމަންޓް ފޯމު އެންޑީއެމްއޭއަށް ފޮނުވީ މަޑަވެއްޔާއި، ހޯނޑެއްދުއާއި، ފިޔޯރީގެ އިތުރުން ތިމަރަފުށިންނެވެ.

ޒަރޫރީ ހިފާގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމަށް ބަލާއިރު، އެންމެ ގިނައިން ހަލާކުވެފައިވަނީ ގެތަކުގެ އައިސްއަލަމާރިއާއި ދޮންނަމެޝިނެވެ. އެގޮތުން، ގެއްލުން ލިބުނު ހިފާގެންގުޅޭ ތަކެތީގެ ތެރެއިން 28 ޕަސަންޓަކީ އައިސްއަލަމާރި އެވެ. އަދި 25 ޕަސަންޓަކީ ދޮންނަމެޝިނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox