ބަގީގެ ހިދުމަތް ނުދޭތީ ބިންތައް ހުސްކުރުމަށް އެންގި ސިޓީއަށް އަމަލު ނުކުރަން ވަގުތީ އަމުރެއް

Sep 3, 2022, 10:09 AM
ވިލިމާލެ މަގުމަތި: ބަގީ ހިދުމަތް ހުއްޓާލުމަށް ފޮނުވި ސިޓީއަށް އަމަލު ނުކުރަން ސިވިލް ކޯޓުން ވަނީ އަންގާފައި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ވިލިމާލެ މަގުމަތި: ބަގީ ހިދުމަތް ހުއްޓާލުމަށް ފޮނުވި ސިޓީއަށް އަމަލު ނުކުރަން ސިވިލް ކޯޓުން ވަނީ އަންގާފައި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ވިލިމާލޭގައި ބަގީގެ ހިދުމަތް ކުރިއަށްނުދާތީ ކަމަށް ބުނެ، އެ ހިދުމަތް ދިނުމަށް ހަވާލުކުރި ކުންފުނިން އެ މަސައްކަތް ހުއްޓާލައި، ދީފައިވާ ބިންތައް ހަތް ދުވަސް ތެރޭގައި ހަވާލުކުރުމަށް މާލޭ ސިޓީ ކައުންސިލުން ފޮނުވި ސިޓީއަށް އަމަލު ނުކުރަން ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.

ސިޓީ ކައުންސިލްގެ މިދިޔަ ދައުރުގައި ބަގީގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވަނީ އިމްޕްރިންޓް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ. އެހެންނަމަވެސް، އެ ކުންފުނިން ވަނީ ފަހުން އެ މަސައްކަތް 99 ހޯލްޑިންސް ކުންފުންޏަށް ބަދަލުކޮށްފަ އެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ނުދެވިގެން އުޅެނީ އެ ހިދުމަތް ދިނުމަށް ހަވާލުކުރި ކުންފުނިން އެ މަސައްކަތް ނުކުރާތީ ކަމަށް މާލޭ ސިޓީ ކައުންސިލްގެ އާންމު ޖަލްސާގައި ވިލިމާލޭ ދާއިރާގެ މެންބަރު ނަހުލާ އަލީ ވަނީ ވިދާޅުވެފަ އެވެ. ބަގީގެ ޓިކެޓު ވިއްކާ ޓާމިނަލެއް އެޅުމަށާއި، ބަގީ ޕާކު ކުރަން މާލެ ސިޓީ ކައުންސިލުން ވަނީ އެ ކުންފުންޏަށް ވިލިމާލެއިން ދެ ބިން ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންނަމަވެސް، އެ ތަނުގައި އެތަންތަން އަޅާފައި ނުވެ އެވެ.

Advertisement

މި މައްސަލައިގައި 99 ހޯލްޑިންސް އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވާ ގޮތުގައި އެ ކުންފުނިން ގެސްޓު ހައުސް ހިންގަމުން އަންނަ ބިމަކީ ޖޫން 5، 2018 ގައި ޓުރިޒަމް މިނިސްޓްރީއާ އެކު ވަކިން ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ހޯދާފައިވާ ބިމެކެވެ.

އެހެންކަމުން، "އެއްވެސް އަސާސެއް ނެތި" އެ ބިންތަކުގައިވާ ތަކެއްޗަކީ ސިޓީ ކައުންސިލްގެ ތަކެތި ކަމަށް ކަނޑައަޅައިފިނަމަ އެ ތަނަށް ކުރި ހަރަދާއި ތަނުގެ މުވައްޒަފުންގެ ވަޒީފާ ގެއްލި ކުންފުނި ބަނގުރޫޓު ވެދާނެ ކަމުގެ ބިރު އޮތް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

ސިޓީ ކައުންސިލާ އެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ހިދުމަތް ދިނުމަށްޓަކައި ކަނޑައަޅަންޖެހޭ ވެހިކަލް ދުއްވުމުގެ ރޫޓުތަކާއި ސްޓޮޕްތައް ގާއިމުކޮށްނުދޭކަން ފާހަގަކޮށް 99 ހޯލްޑިންސް އިން ވަނީ އެއްބަސްވުން ބާތިލް ކުރަން އަންގާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެފަ އެވެ.

އެހެންކަމުން، ކައުންސިލުން އަދާކުރަންޖެހޭ ޒިންމާތައް އަދާކޮށް ނިމިފައިވާ ކަމަށް ބެލެވޭނެ ހަމައެއް ނެތް ކަމަށާއި އެ ކަންކަން އެހެން ހުރި ނަމަވެސް އެ ކުންފުނިން ހިދުމަތް ދެމުން އަންނަ ކަމަށް ނިންމައިދިނުމަށް ވަނީ ސިވިލް ކޯޓުގައި އެދިފަ އެވެ.

އަދި، ގެސްޓު ހައުސް އޮޕަރޭޓު ކުރުމަށް ކައުންސިލާ އެކު ވެފައިވާ އެއްބަސްވުން ދެމެހެއްޓުމަށް އަމުރުކޮށްދިނުމަށް ވެސް އެދިފައިވެ އެވެ.

މިދިޔަ ބުދަ ދުވަހު ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ވަނީ އެ މައްސަލައިގައި ކޯޓުން ވަކި ގޮތެއް އަންގަން ދެން ކައުންސިލުން ފޮނުވާފައިވާ ސިޓީއަށް އަމަލުކުރުން ފަސްކުރުމަށެވެ. ސަބަބެއް ކަމަށް ފާހަގަކޮށްފައިވަނީ އެ ސިޓީއަށް އަމަލުކޮށްފިނަމަ ކައުންސިލަށް ލިބޭ ގެއްލުމަށް ވުރެ، ކުންފުންޏަށް ލިބޭނެ ގެއްލުން ބޮޑު ވާނެތީ އެވެ.

ގާތްގަނޑަކަށް 31 ހެކްޓަރުގެ ވިލިމާލޭގައި 2،000 އެއްހާ މީހުންގެ އާބާދީއެއް އުޅެ އެވެ. އެ ރަށުގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމުގެ ހުއްދަ އޮންނަނީ ހަމައެކަނި ފުލުހުންނާއި އެމްބިއުލާންސް ފަދަ އުޅަނދުތަކަށާއި، ޓެކްސީ ކުރާ ދެ ވޭނަކާއި ދެ ތިން ޕިކަޕަކަށެވެ. އާންމު ދަތުރުފަތުރަށް އާންމުން ބޭނުން ކުރަނީ ބަގީގެ ހިދުމަތެވެ.

މާލޭ ސިޓީ ކައުންސިލްގެ ވިސްނުން ހުރީ ބަގީ ހިދުމަތް ހުއްޓާލުމަށް ފަހު އެ ރަށުގައި ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތް ފެށުމަށެވެ.

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު 'އަދަދު' އަށް މީގެ ކުރިން ވިދާޅުވީ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެ ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ގާއިމްކުރާނީ، އެ ރަށް އެކަށީގެންވާ ފަދަ، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަމަށެވެ. މާލެ ސިޓީ ކައުންސިލުން މަސައްކަތް ކުރަމުންދަނީ ބެޓެރި ނުވަތަ ކަރަންޓު ވެހިކަލްތައް ހޯދައިގެން އެ ހިދުމަތް ގާއިމު ކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox