ހިޔާ ފްލެޓު ސަރަހަައްދުގައި ކުޅިވަރު ކުޅޭ ތަންތަން އެޅުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުތައް: މި ފްލެޓުތަކުގައި މީހުން ދިރިއުޅެން ފެށިތާ އަހަރެއް ވާން ގާތްވެއްޖެ. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުތައް: މި ފްލެޓުތަކުގައި މީހުން ދިރިއުޅެން ފެށިތާ އަހަރެއް ވާން ގާތްވެއްޖެ. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުތަކުގައި ދިރިއުޅޭ މީހުންނަށް ކުޅިވަރު ކުޅޭނެ ވަސީލަތްތައް ގާއިމުކޮށްދިނުމުގެ މަސައްކަތުގެ ތެރެއިން ކުޅިވަރު ކުޅޭ ދަނޑުތައް އެޅުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ފަށައިފި އެވެ.

އެޗްޑީސީން މައުލޫމާތު ދީފައިވާ ގޮތުގައި މި މަސައްކަތުގެ ތެރޭގައި ހިމެނެނީ ފުޓްސަލް ދަނޑަކާއި، ހޭންޑްބޯލް ކޯޓަކާއި ބަސްކެޓްބޯޅަ ކޯޓަކާއި ދެ ވޮލީ ކޯޓާއި ބާސްކެޓްބޯޅަ ހާފްކޯޓެއް އެޅުމެވެ. މި ހުރިހާ ތަނެއް ވެސް ހުންނާނީ ހިޔާ ސަރަހައްދުގައި ހުންނަ ހުސް ބިންތަކުގަ އެވެ.

މިއީ ރައްޔިތުންގެ މަޝްވަރާގެ މަތިން އެތަނުގައި އަޅާ ތަންތަން ކަމަށް އެޗްޑީސީން ބުންޏެވެ. އެގޮތުން އެޗްޑީސީގެ އޮފިޝަލަކު "އަދަދު" ނޫހަށް ވިދާޅުވީ، މިއީ ހިޔާ ސަރަހައްދުގައި ހުރި ހުސް ބިންތައް ބޭނުންކުރާނެ ގޮތަކާ މެދު ރައްޔިތުންގެ މަޝްވަރާ ހޯދައިގެން ކުރާ މަސައްކަތެއް ކަމަށެވެ.

"އެޗްޑީސީން މަސައްކަތް ކުރަމުން މިދަނީ ހުޅުމާލޭގައި ދިރިއުޅޭ، ވަކިން ހާއްސަކޮށް ހިޔާ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް," އޭނާ ވިދާޅުވި އެވެ.

މި ޕްރޮޖެކްޓަށް ހަރަދުކުރަނީ އެޗްޑީސީގެ އާންމު އިޖްތިމާއީ ޒިންމާ (ސީއެެސްއާރު) ބަޖެޓުންނެވެ. މި ހުރިހާ މަސައްކަތްތަކަށް ހަރަދު ވާނެ ވަރެއް ނުބުނެ އެވެ.

ކުޅިވަރު ކުޅޭ ތަންތަނުގެ މަސައްކަތުގެ އިތުރުން ހިޔާ ފްލެޓުތައް ކައިރީގައި ޕާކެއް ހިމެނޭހެން ބޮޑު ހިތްފަސޭހަ މައިޒާނަކާއި އެހެނިހެން ވަސީލަތްތައް ތަރައްގީކުރުމަކީ އެޗްޑީސީގެ ޕްލޭނުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox