އައިޖީއެމްއެޗްގައި ކެންސަރު ބަލީގެ މީހުންނަށް ހާއްސަ ވޯޑެއް ހަދަން ބީއެމްއެލްއިން 3.5 މިލިޔަން ރުފިޔާ

އައިޖީއެމްއެޗްގައި އޮންކޮލޮޖީ ވޯޑެއް ހަދަން ބީއެމްއެލްއިން އެހީވުމުގެ އެމްއޯޔޫގައި އެ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހީމް ސަލީމާއި ބީއެމްއެލްގެ އެކްޓިން އެމްޑީ އައިޝަތު ނޫރައްދީން މިއަދު ސޮއިކުރައްވަނީ. ފޮޓޯ:ބީއެމްއެލް

އައިޖީއެމްއެޗްގައި އޮންކޮލޮޖީ ވޯޑެއް ހަދަން ބީއެމްއެލްއިން އެހީވުމުގެ އެމްއޯޔޫގައި އެ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހީމް ސަލީމާއި ބީއެމްއެލްގެ އެކްޓިން އެމްޑީ އައިޝަތު ނޫރައްދީން މިއަދު ސޮއިކުރައްވަނީ. ފޮޓޯ:ބީއެމްއެލް

އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ކެންސަރުބަލީގެ މީހުންނަށް ހާއްސަ ވޯޑެއް ގާއިމްކުރުމުގެ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން 3.5 މިލިޔަން ރުފިޔާ ހަދިޔާކުރަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެއްބަސް ވެއްޖެ އެވެ.

އައިޖީއެމްއެޗަށް 3.5 މިލިޔަން ރުފިޔާ ހަދިޔާކުުރުމުގެ އެމްއޯޔޫގައި ސޮއިކުރީ ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ އެމްއޯޔޫގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އާއިޝަތު ނޫރައްދީނެވެ. އައިޖީއެމްއެޗްގެ ފަރާތުން ސޮއިކުރެއްވީ އެ ސީއީއޯ ބަަންދު އިބްރާހީމް ސަލީމެވެ.

ބީއެމްއެލް އިން ބުނީ އައިޖީއެމްއެޗްގައި އޮންކޮލޮޖީ ވޯޑެއް ގާއިމްކުރަން އެހީތެރިވަނީ އެ ބޭންކަށް 40 އަހަރު ފުރޭތީ ކުރަން ނިންމާފައިވާ، މުޖުތަމައަށް ފައިދާހުރި 12 ކަމެއްގެ ތެރޭގައި ހިމަނައިގެން ކަމަށެވެ. ބީއެމްއެލްއަށް 40 އަހަރު ފުރޭނީ އަންނަ ނޮވެމްބަރު މަހު ކަމަށް ވާއިރު، ބީއެމްއެލް އިން ކުރިއަށް ގެންދާ މުޖުތަމައަށް ފައިދާހުރި ކަންތައްތައް ކޮށް ނިންމާނީ އެހައިތަނަށެވެ.

ބީއެމްއެލްގެ އެކްޓިން އެމްޑީ އާއިޝަތު ނޫރައްދީން ވިދާޅުވީ ބޭންކަށް 40 އަހަރު ފުރުން ފާހަަގަކުރަން ހިންގާ ހަރަކާތްތައް ހިންގާނީ ރާއްޖެއަށް ބޭނުންތެރި ދާއިރާތަކަކަށް ކަމަށެވެ.

"މި ޕްރޮޖެކްޓްގެ އެހީގައި ކެންސަރ ބަލި ތަހައްމަލުކުރަމުންދާ ބަލިމީހުންނަށް ހާއްސަ ވޯޑެއް ގާއިމްކުރެވިގެންދާނެ. އަދި އަޅުގަނޑުމެންގެ އުންމީދަކީ މި ވޯޑުގެ މެދުވެރިކޮށް ރައްކާތެރި އަދި ފެންވަރު ރަނގަޅު އޮންކޮލޮޖީ ހިދުމަތްތަކެއް އެކަމަށް ބޭނުންވެފައި ތިބި ފަރާތްތަކަށް ލިބިގެންދިއުން،" އޭނާ ވިދާޅުވި އެވެ.

އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހީމް "ބަންދު" ސަލީމް ވިދާޅުވީ ބީއެމްއެލްގެ އެހީގެ ސަބަބުން، އެ ހޮސްޕިޓަލްގެ ހިދުމަތްތައް އިތުރަށް ފުޅާކުރެވޭނެ ކަމަށެވެ. އެކަމަށްޓަކައި އޭނާ ބީއެމްއެލްއަށް ޝުކުރުއަދާކުރެއްވި އެވެ.

"ކެންސަރު ބަލީގެ ފަރުވާ ބޭނުންވެފައިތިބި ފަރާތްތަކަށް ފަސޭހަކަމާއެކު ލިބޭނެ ގޮތް ހޯދައިދިނުމަކީ އައިޖީއެމްއެޗްގެ މުހިންމު ލަނޑުދަނޑިއެއް،" އޭނާ ވިދާޅުވި އެވެ.

މުޖުތަމައަށް ފައިދާހުރި ކަންކަަމަށް އެހީވާން ބީއެމްއެލް އިން އަންނަނީ މިދިޔަ ޖެނުއަރީ މަހުން ފެށިގެން ހަރަކާތްތައް ހިންގަމުންނެވެ. ހިންގި ހަރަކާތްތަކަކީ:

  1. ޖުލައި: ގައުމީ ދާރުލްއާސާރު ތަރައްގީ ކުރުމަށް އެހީވުން
  2. ޖޫން: ބީއެމްއެލް ފެހި ޕްރޮޖެކްޓް
  3. މޭ: އޮންލައިންކޮށް ފަންޑްރެއިޒް ކުރެވޭ ޕްލެޓްފޯމް ކައިންޑްލީ
  4. އެޕްރީލް: ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ތަރައްގީކުރުމަށް އެހީވުން
  5. މާރިޗު: ސްމޯލް ގްރާންޓްސް
  6. ފެބުރުވަރީ: ހައުސިންގ ގްރާންޓް
  7. ޖަނަވަރީ: ބީއެމްއެލް ސްޓާރޓަޕް ގްރާންޓް

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox